Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ޔަމަނުގެ މައުރިބަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް، ދެކުނުގެ ކަހްބޫބުގައި ދިން ހަމަލާ ސިފައިން ހުއްޓުވައިފި

20 އޮކްޓޯބަރު 2026 | އަންގާރަ 03:12

ޔަމަނުގެ ލަޙްޖު ޕްރޮވިންސަށް ހޫޘީން ދިން ވަރުގަދަ ހަމަލާތަކެއް ސަރުކާރު ސިފައިން ނާކާމިޔާބުކޮށްލާފައިވާއިރު، މި ކުރިމަތިލުންތަކުގައި ހޫޘީންގެ ބައެއް ހަނގުރާމަވެރިން މަރުވެ ގިނަ އަދަދެއްގެ އަސްކަރީ ވަސީލަތްތައް ވަނީ ހަލާކުވެފައި. އދ. މެދުވެރިވެގެން ވެފައިވާ އެއްބަސްވުން އުވި، ހަމަލާތައް އަލުން ވަރުގަދަވެފައި ވަނީ ތެލާއި ގޭސް އުފައްދާ މައުރިބު ސިޓީއަށް އަމާޒުކޮށް ހޫޘީން ފުލުފުލުގައި މިސައިލް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި

ނިއުސް ޓީމް
ނިއުސް ޓީމް | 20 އޮކްޓޯބަރު 2026 | އަންގާރަ 03:12
ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރާ ދެކޮޅަށް، ހޫތީން އާ ހަމަލާތަކެއް ދޭން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި.

ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރާ ދެކޮޅަށް، ހޫތީން އާ ހަމަލާތަކެއް ދޭން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި. | އޭޕީ

ޔަމަނުގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ މައުރިބު ސިޓީއަށް ހޯމަ ދުވަހުގެ ރޭ ދަންވަރު ހޫޘީ ޖަމާއަތުން ހަތަރު ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށާއި، އެ ޤައުމުގެ ދެކުނުގައި ހޫޘީން ދިން ވަކި ހަމަލާއެއް ސިފައިން ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުންނާއި އަސްކަރީ އޮފިޝަލުން ހާމަކޮށްފި އެވެ. ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ، އާބާދީ ބޮޑު އެ ސިޓީއަށް އަމާޒުކޮށް އެ މިސައިލްތައް ފޮނުވާލާފައިވާ ކަމަށް، މައުރިބުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް، އެ ހަމަލާގައި އެއްވެސް މީހަކު މަރުވި ނުވަތަ ޒަޚަމުވި ކަމެއް އަދި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ތަފުސީލެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މި ފަހަރުގެ ހަމަލާ ދީފައި މި ވަނީ، ލިބިދާނެ ގެއްލުންތަކުގެ މަޢުލޫމާތު ހާމަކުރުމެއް ނެތި، މައުރިބަށް ހޫޘީން އަށް ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް އެ ސަރަހައްދުގެ އިދާރާތަކުން ރިޕޯޓުކުރިތާ އެއް ދުވަސް ފަހުންނެވެ. އަދި، އާންމުން ދިރިއުޅޭ އަވަށްތަކަށް އަމާޒުކޮށް ނުވަ ބެލިސްޓިކް މިސައިލާއި އިތުރު ހަތް ޕްރޮޖެކްޓައިލް ނުވަތަ މިސައިލް ބޭނުންކޮށްގެން ހޫޘީން ހަމަލާއެއް ދީފައިވާ ކަމަށް އޮކްޓޫބަރު 15 ވަނަ ދުވަހު ވެސް އެ ޕްރޮވިންސުން ވަނީ ރިޕޯޓުކޮށްފަ އެވެ. ސަރުކާރުގެ ބާރު އޮންނަ އަދި ތެލާއި ގޭސް އުފައްދާ މައި މަރުކަޒެއް ކަމަށްވާ މައުރިބަކީ ގެދޮރު ގެއްލިފައިވާ 2.2 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

Advertisement - worldAdvertisement

މީގެ އިތުރުން، ޔަމަނުގެ ދެކުނުގައިވާ ލަޙްޖު ޕްރޮވިންސުގެ ހުޅަނގު ފަރާތުގައި އޮންނަ ކަހްބޫބު ސަރަހައްދަށް ހޫޘީން ދިން ހަމަލާއެއް ސަރުކާރުގެ ސިފައިން ހޯމަ ދުވަހު ނާކާމިޔާބުކޮށްލާފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުންޏެވެ. ހޫޘީ ހަނގުރާމަވެރިން ފުލުފުލުގައި ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެކި ބާވަތުގެ ހަތިޔާރު ބޭނުންކޮށްގެން އެތައް ގަޑިއިރެއް ވަންދެން ކުރިމަތިލުންތައް ހިނގި ކަމަށް ސިފައިންނާ ގުޅިފައިވާ ސަދަން ޖަޔަންޓްސް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުގެ އެހީތެރިކަމާއެކު، ސަރުކާރުގެ ސިފައިން ވަނީ ހަމަލާދިން ހޫޘީ ހަނގުރާމަވެރިން ފަހަތަށް ޖައްސައި، އެ ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް މަރާލައި ޒަޚަމުކޮށް، އަސްކަރީ ވަސީލަތްތައް ހަލާކުކޮށްލާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް، އެ ބްރިގޭޑުން ގެއްލުންވި މީހުންގެ އަދަދުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ހޫޘީން 2014 ވަނަ އަހަރު ވެރިރަށް ޞަންޢާ އަދި ގިނަ ޕްރޮވިންސެއް ހިފި ފަހުން ޔަމަން ވަނީ ހަނގުރާމައިގެ ތެރެއަށް ވެއްޓިފަ އެވެ. އަދި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް ތާއީދުކޮށް، ޖެހިގެން އައި އަހަރު ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. އެންމެ ފަހުގެ މި ކުރިމަތިލުންތައް ފެށިފައި ވަނީ، އދ. މެދުވެރިވެގެން 2022 ވަނަ އަހަރު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޖުލައި މަހު އުވިގެން ދިއުމާ ގުޅިގެންނެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީޞަންޢާސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން

18 އޮކްޓޯބަރު 2026
ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން
18 އޮކްޓޯބަރު 2026

ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް

18 އޮކްޓޯބަރު 2026
ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް
17 އޮކްޓޯބަރު 2026

ހޫޘީންގެ ބާރުތައް ބަލިކަށިކޮށް، ވެރިރަށް ސަންޢާ ހިފުމުގެ އަމާޒުގައި ޔަމަނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

17 އޮކްޓޯބަރު 2026
ހޫޘީންގެ ބާރުތައް ބަލިކަށިކޮށް، ވެރިރަށް ސަންޢާ ހިފުމުގެ އަމާޒުގައި ޔަމަނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
17 އޮކްޓޯބަރު 2026

ޢަދަން އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއް ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް

17 އޮކްޓޯބަރު 2026
ޢަދަން އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއް ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް
17 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ސައުދީން މަރުހަބާ ކިޔައިފި

17 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ސައުދީން މަރުހަބާ ކިޔައިފި
16 އޮކްޓޯބަރު 2026

ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނަކާއި މަދީނާ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓާލައިފި

16 އޮކްޓޯބަރު 2026
ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނަކާއި މަދީނާ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓާލައިފި
14 އޮކްޓޯބަރު 2026

ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް ނުރައްކާތެރި ހަމަލާއެއް، މަސްރަހު އިތުރަށް ގޯސްވަނީ!

14 އޮކްޓޯބަރު 2026
ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް ނުރައްކާތެރި ހަމަލާއެއް، މަސްރަހު އިތުރަށް ގޯސްވަނީ!
14 އޮކްޓޯބަރު 2026

ރިޔާޟަށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި ހަތަރުު މީހުންނަށް އަނިޔާވެ، 15 ގެއަކަށް ގެއްލުންވެއްޖެ

14 އޮކްޓޯބަރު 2026
ރިޔާޟަށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި ހަތަރުު މީހުންނަށް އަނިޔާވެ، 15 ގެއަކަށް ގެއްލުންވެއްޖެ
13 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ސައުދީ އަރަބިއްޔާ އެ ކަމަކަށް ތައްޔާރު!

13 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ސައުދީ އަރަބިއްޔާ އެ ކަމަކަށް ތައްޔާރު!
13 އޮކްޓޯބަރު 2026

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026
ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް