Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ޢަދަން އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއް ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް

17 އޮކްޓޯބަރު 2026 | ހޮނިހިރު 07:31

ޔަމަނުގެ ޢަދަން އެއާޕޯޓާއި ކައިރީގައިވާ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހޫޘީން ދިން މިސައިލް ހަމަލާތަކެއްގައި، ފަސިންޖަރުން އުފުލާ ބޯޓެއް ކައިރިއަށް ދެ މިސައިލް ވެއްޓިއްޖެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމަށް ޔަމަނު ސަރުކާރުން ވަނީ ބުނެފައި. މި ހަމަލާތައް ދީފައި ވަނީ ސަރުކާރުގެ ފައުޖުތަކުން ހޫޘީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަރަކާތެއް ފަށާފައިވާ ދަނޑިވަޅެއްގައި

ނިއުސް ޓީމް
ނިއުސް ޓީމް | 17 އޮކްޓޯބަރު 2026 | ހޮނިހިރު 07:31
ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރު ގާއިމުވެފައިވާ ޢަދަނުގައި ހުންނަ، ޢަދަން އިންޓަނޭޝަނަލް އެއާޕޯޓް

ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރު ގާއިމުވެފައިވާ ޢަދަނުގައި ހުންނަ، ޢަދަން އިންޓަނޭޝަނަލް އެއާޕޯޓް | އޭއެފްޕީ

ޔަމަނުގެ ޢަދަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން މިޞްރުގެ ޤާހިރާއަށް ދަތުރުކުރުމަށް ތައްޔާރުވަމުންދިޔަ ފަސިންޖަރުން އުފުލާ ބޯޓެއް ކައިރިއަށް، ހޫޘީ ޖަމާއަތުން ފޮނުވާލި ދެ މިސައިލް ވެއްޓިފައިވާ ކަމަށް ޔަމަނުގެ މައުލޫމާތާ ބެހޭ ވަޒީރު ހާމަކުރައްވައިފި އެވެ.

ވަޒީރު މުޢައްމަރު އަލް-އިރްޔާނީ ވިދާޅުވީ، 612 ނަންބަރު ފްލައިޓު ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް، ހޫޘީން އެއާޕޯޓަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލި ކަމަށެވެ. މި މިސައިލްތައް ވެއްޓުނީ މަތިންދާބޯޓާ ގާތްގަނޑަކަށް 500 މީޓަރު ދުރަށް، އަދި ރަންވޭގެ މެދާ 100 މީޓަރު ދުރަށް ކަން އޭނާ ހާމަކުރެއްވި އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.

Advertisement - worldAdvertisement

"[މި ހަމަލާއަކީ] ހަމައެކަނި މަދަނީ އެއާޕޯޓަކަށް ދިން ހަމަލާއެއް ނޫން. މިއީ، ފަސިންޖަރުންނާއި ފަޅުވެރިންގެ ފުރާނައަށާއި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް އޮތް ސީދާ ނުރައްކަލެއް. އަދި، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޔަމަނުގެ މައުލޫމާތާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ، ޢަދަން އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައިވާ ބަދްރު ކޭމްޕްގެ ވަށައިގެންވާ ސަރަހައްދަށް ހޫޘީން އަނެއްކާ ވެސް ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ. މަސްދަރުތަކުން ބުނީ، ޢަދަނުން ތިން ގޮވުމެއްގެ އަޑު އިވުނު ކަމަށާއި، އަލް-ބުރައިޤާ ޑިސްޓްރިކްޓުގައި ހުންނަ ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުގެ މައި މަރުކަޒަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

އެ މަސްދަރުތަކުން ބުނި ގޮތުގައި، ދެ މިސައިލް އަމާޒުވީ ޢަދަން އިންޓަނޭޝަނަލް އެއާޕޯޓާ އިންވެގެން އޮންނަ ބަދްރު ކޭމްޕްގެ އަސްކަރީ ވައިގެ ބަނދަރުގެ ރަންވޭއަށެވެ. އަދި، ތިންވަނަ މިސައިލް އަމާޒުވީ އަލް-ބުރައިޤާގައި ހުންނަ އިއްތިހާދުގެ ކޭމްޕަށް ކަމަށް އެ ފަރާތްތަކުން ހާމަކުރި އެވެ. މި ހަމަލާތަކާ ގުޅިގެން މުދަލަށް ލިބުނު ގެއްލުމުގެ ތަފުސީލު އަދި ސާފުވާ ގޮތެއް ނުވެ އެވެ.

މި ހަމަލާތަކާ ގުޅިގެން ވަކިން ނެރުނު ރިޕޯޓެއްގައި، ހޫޘީންގެ ބާރުގެ ދަށުގައިވާ ސަބާ ނޫސް އޭޖެންސީން މަސްދަރަކާ ހަވާލާދީ ބުނީ، ބަދްރު ކޭމްޕްގެ އެތެރޭގައި ހުރި އަސްކަރީ މައި މަރުކަޒަކަށާއި ހަތިޔާރު ގުދަންތަކަކަށް އަމާޒުކޮށް އެ ޖަމާއަތުން ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައި މި ވަނީ، ބުރާސްފަތި ދުވަހު ޢަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރު އަލް-މަޢާޝީޤު ގަނޑުވަރަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް އަމާޒުވިތާ އެއް ދުވަސް ފަހުންނެވެ. އެ ހަމަލާގައި ފަސް މީހުން މަރުވެ، އިތުރު 16 މީހުން ޒަޚަމުވި ކަމަށް ޔަމަނުގެ ސިއްހަތާ ބެހޭ ވަަޒީރު ޤާސިމް މުޙައިބަޙު ވިދާޅުވި އެވެ.

ވެރިރަށް ޞަންޢާ ހިމެނޭހެން، ހޫޘީން އަތްގަދަކޮށްފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށް ޓަކައި ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން 'ޑޯން އޮފް ޔެމެން' ގެ ނަމުގައި ވަރުގަދަ އަސްކަރީ ހަރަކާތެއް ފަށާފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫޘީން ޞަންޢާއާއި އިތުރު ޕްރޮވިންސްތައް ހިފުމާ ގުޅިގެންނެވެ. އެއާއެކު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް އެހީތެރިވުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އިއްތިހާދުން ޖެހިގެން އައި އަހަރު އެ ޤައުމުގެ ހަނގުރާމައިގެ ތެރެއަށް ވަދެގަތެވެ. އެންމެ ފަހުގެ ކުރިމަތިލުންތައް ފެށުނީ 2022 ވަނަ އަހަރު ހަމަޖެހުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅުމަށްފަހު، ޖުލައި މަހުގެ ތެރޭގަ އެވެ. ހަމަމިއާއެކު، ސައުދީ އަރަބިއްޔާގެ ހަކަތައާއި ވައިގެ ދަތުރުފަތުރާ ގުޅޭ މަރުކަޒުތަކަށް ވެސް ހޫޘީން މީގެ ކުރިން އަމާޒުކޮށްފައިވެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީޞަންޢާއަދަން އެއާޕޯޓު

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ސައުދީން މަރުހަބާ ކިޔައިފި

17 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ސައުދީން މަރުހަބާ ކިޔައިފި
16 އޮކްޓޯބަރު 2026

ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނަކާއި މަދީނާ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓާލައިފި

16 އޮކްޓޯބަރު 2026
ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނަކާއި މަދީނާ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓާލައިފި
14 އޮކްޓޯބަރު 2026

ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް ނުރައްކާތެރި ހަމަލާއެއް، މަސްރަހު އިތުރަށް ގޯސްވަނީ!

14 އޮކްޓޯބަރު 2026
ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް ނުރައްކާތެރި ހަމަލާއެއް، މަސްރަހު އިތުރަށް ގޯސްވަނީ!
14 އޮކްޓޯބަރު 2026

ރިޔާޟަށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި ހަތަރުު މީހުންނަށް އަނިޔާވެ، 15 ގެއަކަށް ގެއްލުންވެއްޖެ

14 އޮކްޓޯބަރު 2026
ރިޔާޟަށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި ހަތަރުު މީހުންނަށް އަނިޔާވެ، 15 ގެއަކަށް ގެއްލުންވެއްޖެ
13 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ސައުދީ އަރަބިއްޔާ އެ ކަމަކަށް ތައްޔާރު!

13 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ސައުދީ އަރަބިއްޔާ އެ ކަމަކަށް ތައްޔާރު!
13 އޮކްޓޯބަރު 2026

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026
ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!
13 އޮކްޓޯބަރު 2026

ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި

13 އޮކްޓޯބަރު 2026
ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި
13 އޮކްޓޯބަރު 2026

ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!

13 އޮކްޓޯބަރު 2026
ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!
12 އޮކްޓޯބަރު 2026

ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!

12 އޮކްޓޯބަރު 2026
ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް