Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު

ރަށްރަށުގެ ތަރައްގީއަށް ކޮންމެ އަހަރަކު ފައިސާ ބަޖެޓް ކުރި ނަމަވެސް މި ފައިސާ ހުންނަނީ ކޮންމެ އަހަރެއް ނިމޭއިރު ކޮންމެވެސް ވިޔާނުދާ ކަމަކަށް ހަރަދުކޮށްފައި: މެންބަރު ޝަމްހީދު

11 އޮކްޓޯބަރު 2026 | އާދީއްތަ 12:37

ރާއްޖޭގެ އެތެރޭގެ އިގުތިސާދު ހިންގުމުގެ އެއްވެސް ސިޔާސަތެއް މި ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފާޑުވިދާޅުވެއްޖެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓުކުރާ ފައިސާ ބޭރުގެ ކުންފުނިތަކަށް ހޭދަކުރާތީ، ރާއްޖޭގެ އިގުތިސާދުގައި ފައިސާ އެނބުރޭނެ ގޮތެއް ނެތްކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 11 އޮކްޓޯބަރު 2026 | އާދީއްތަ 12:37
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު | ރާއްޖެ އެމްވީ

ރަށްރަށުގެ ތަރައްގީއަށް ކޮންމެ އަހަރަކު ފައިސާ ބަޖެޓް ކުރި ނަމަވެސް މި ފައިސާ ހުންނަނީ ކޮންމެ އަހަރެއް ނިމޭއިރު ކޮންމެވެސް ވިޔާނުދާ ކަމަކަށް ހަރަދުކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އެތެރޭގެ އިގުތިސާދު ހިންގުމުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށެވެ. އަދި ފައިސާ ހަރަދުކުރުމުގައި ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ ބޭރުގެ ކުންފުންޏަކަށް ކަމަށް ނަމަވެސް އެއީ ކިހިނެއް ވެގެން ކަމެއް ނޭނގޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނިމިދިޔަ 2 އަހަރުގެ ބަޖެޓް ބަލާލުމުން ވެސް ފެންނަނީ އަހަރު ނިމޭއިރު ކޮންމެވެސް ވިޔާނުދާ ކަމަކަށް ހަރަދުކޮށްފައިވާ މަންޒަރު ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

މިދިޔަ 2 ބެޖްޓު އަޅުގަނޑުމެން ބަލާލާއިރު، އަޅުގަނޑުމެންނަށް މިފެނުނީ ރައްޔިތުންގެ ތަރައްގީއަށް ކޮންމެ އަހަރަކު ފައިސާ މި ޖައްސަވަނީ އެންގޭތޯ އަހަރު ނިމޭއިރު މި ފައިސާތައް މިހުންނަނީ ކޮންމެވެސް މިކަހަލަ ވިޔާނުދާ ކަމަކަށް ނޭނގުމުގައި ހަރަދުކޮށް ނިންމާފައި. މިއަހަރު ވެސް ބަޖެޓްގައި ޖެއްސެވި 8 ބިލިއަނެއް ކަންނޭނގެ ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް، މިދިޔަ އަހަރު 12 ބިލިއަން. އެ 12 ބިލިއަން ތެރެއިން ވެސް ހައުސިންގ އަޅަން 3 ބިލިއަންނާއި މިހުރިހާ އެއްޗެއް ވެސް ހަރަދު ކުރީ ކޮންމެވެސް ތަނަކުން ސޮފްޓްވެޔަރ އެއް ގަންނަން އަނެއް ތަނަކުން ގައު އަޅާ ކުންފުންޏެއް ހަދައިގެން ހަމަ ބޭރުން ކޮންމެވެސް މުދަލެއް ގެންނަން 
ޑރ. އަހުމަދު ޝަމްހީދު 

ޝަމްހީދު ވިދާޅުވީ މިއަހަރު ވެސް ޕީއެސްއައިޕީއަށް ކަނޑައެޅި ބަޖެޓުގެ 4 ބިލިއަން ރުފިޔާ އަދި ހޭދަނުކުރާ ކަމަށެވެ. އަދި މި ގައުމު މިގޮތަށް ހިންގާހާ ހިނދަކު ދިވެހިރާއްޖޭގެ އެތެރޭގެ އިގުތިސާދު ވެސް އަދި ޑޮލަރުގެ މައްސަލަ ވެސް ހައްލު ނުވާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގައި ފަހަގެ ތާރީހުގައި ބަޖެޓް ކުރަނީ ރާއްޖެއަށް ލިބޭ އާމްދަނީ އަދި ރިކަރަންޓް ހަރަދު ގާތްގަނޑަކަށް އެއް އަދަދަކަށް ކަމަށާއި އެހެންވީމަ ފަހުގެ ތާރީހުގައި ލޯނު ދައްކަނީ ލޯނު ނަގައިގެން ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖެ ހިންގަނީ ޑެފެސިޓް ބަޖެޓެއްގައިކަން މެންބަރު ޝަމްހީދު ފާހަގަކުރެއްވި އެވެ. އަދި މި މައްސަލަ މިއަދު މާބޮޑަށް ބޮޑުވެފައި މިވަނީ މިސަރުކާރުގެ ސިޔާސަތުތަކާއެކު ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މުސްތަގުބަލުގައި ލިބެން ހުރި ފައިސާ ވެސް އަޅުގަނޑުމެންނަށް ޑިސްކައުންޓް ރޭޓެއްގައި އަޅުގަނޑުމެން ހޯދާފައި އެހުރީ އޭގެ ތެރޭގައި ރިސޯޓުތައް 99 އަހަރަށް އެކްސްޓެންޝަންގައި ލިބެން ޖެހޭ 5 މިލިއަން ޑޮލަރު އަޅުގަނޑުމެން މިއަދު ޑޮލަރެއް ބޭނުންވީމަ މިހަދާ ގޮތަކީ ޑިސްކައުންޓް އަޅުވާލަނީ
ޑރ. އަހުމަދު ޝަމްހީދު 

މިއަދު ފެނިގެން ދަނީ ދައުލަތަށް ނަފާއެއް ނުލިބޭ އިންވެސްޓްމަންޓެއް ކުރާ މަންޒަރު ކަމަށާއި، ކޮންމެވެސް ވަރަކަށް ނަފާއެއް ލިބޭ އިންވެސްޓްމަންޓެއް ކުރަންވެއްޖެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އިގުތިސާދުގެ ތެރޭގައި ފައިސާ އެނބުރާނެ އެއްވެސް ގޮތެއް މިސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ނެތް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

ޑރ. އަހްމަދު ޝަމްހީދުރާއްޖޭގެ އިގުތިސާދު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

10 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު
07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދަލުގެ ގާނޫނު މިހާރު އޮތްގޮތުން ތަންފީޒު ނުކުރެވޭނެ: ޝަމްހީދު

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދަލުގެ ގާނޫނު މިހާރު އޮތްގޮތުން ތަންފީޒު ނުކުރެވޭނެ: ޝަމްހީދު
06 އޮކްޓޯބަރު 2026

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި

06 އޮކްޓޯބަރު 2026
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި
23 ސެޕްޓެމްބަރު 2026

ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ "ރަސްމާލެ"، އެތަން ކުއްޔަށް ދިނުމާ ދެކޮޅުހަދަން ޖެހޭ: ޝަމްހީދު

23 ސެޕްޓެމްބަރު 2026
ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ "ރަސްމާލެ"، އެތަން ކުއްޔަށް ދިނުމާ ދެކޮޅުހަދަން ޖެހޭ: ޝަމްހީދު
23 ސެޕްޓެމްބަރު 2026

މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު

23 ސެޕްޓެމްބަރު 2026
މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު
23 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް ތިބީ ގައުމު ސަލާމަތްކުރަން މަސައްކަތްކުރަން ތައްޔާރަށް، ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވާނެހެން ހިއެއް ނުވޭ: ޝަމްހީދު

23 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް ތިބީ ގައުމު ސަލާމަތްކުރަން މަސައްކަތްކުރަން ތައްޔާރަށް، ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވާނެހެން ހިއެއް ނުވޭ: ޝަމްހީދު
21 ސެޕްޓެމްބަރު 2026

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް

21 ސެޕްޓެމްބަރު 2026
ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް
15 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ. ޝަމްހީދު ވާދަކުރައްވަނީ

15 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ. ޝަމްހީދު ވާދަކުރައްވަނީ
03 ސެޕްޓެމްބަރު 2026

ސަރުކާރުގެ ވެރިން ބޭނުންވަނީ ބާރުތައް ނުހައްގުން ހޯދައި، ރޫހާނީ ލީޑަރުންގެ ގޮތުގައި ތިބެން: ޝަމްހީދު

03 ސެޕްޓެމްބަރު 2026
ސަރުކާރުގެ ވެރިން ބޭނުންވަނީ ބާރުތައް ނުހައްގުން ހޯދައި، ރޫހާނީ ލީޑަރުންގެ ގޮތުގައި ތިބެން: ޝަމްހީދު
27 އޯގަސްޓު 2026

ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި: މެންބަރު ޝަމްހީދު

27 އޯގަސްޓު 2026
ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް