Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާންގެ ހައްޔަރު

ޕާކިސްތާނުގެ ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާނުކޮށް، އިމްރާން ޚާންގެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2026 | ހޯމަ 09:37

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕީޓީއައިގެ އިސް ބޭފުޅުންތަކެއް ސަރުކާރުން ހައްޔަރުކޮށްފި. މި ފިޔަވަޅު އެޅީ ހަނގުރާމަވެރިން ހުއްޓުވުމަށް ޕްރޮވިންސް ސަރުކާރު ނުކުޅެދުމުން ކަމަށް މަރުކަޒީ ސަރުކާރުން ބުނި ނަމަވެސް، ޕީޓީއައި އިން ތުހުމަތުކުރަނީ މިއީ ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ ހިނގާލުން ހުއްޓުވުމަށް ކުރި ކަމެއްގެ ގޮތުގައި. މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 12 އޮކްޓޯބަރު 2026 | ހޯމަ 09:37
ޕާކިސްތާންގެ ޚައިބަރް ޕަޚްތުންޚާގެ ޗީފް މިނިސްޓަރު ހައްޔަރުކުރުމަށް ޕާކިސްތާނުގެ ސަލާމަތީ ބާރުން ހިންގި އޮޕަރޭޝަނުގައި މަގުަތައް ބަންދުކުރުމަށް ބޭނުންކޮށްފައިވާ ކޮންޓޭނަރުތައް ކައިރީގައި އާންމުންގެ ބަޔަކު ހަރަކާތްތެރި ވަނީ

ޕާކިސްތާންގެ ޚައިބަރް ޕަޚްތުންޚާގެ ޗީފް މިނިސްޓަރު ހައްޔަރުކުރުމަށް ޕާކިސްތާނުގެ ސަލާމަތީ ބާރުން ހިންގި އޮޕަރޭޝަނުގައި މަގުަތައް ބަންދުކުރުމަށް ބޭނުންކޮށްފައިވާ ކޮންޓޭނަރުތައް ކައިރީގައި އާންމުންގެ ބަޔަކު ހަރަކާތްތެރި ވަނީ | ރޮއިޓަރސް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ ސިޔާސީ ބޭފުޅުންތަކެއް ހައްޔަރުކޮށްފި އެވެ. އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޕްރޮވިންސެއްގެ ސަރުކާރު ސަސްޕެންޑު ކުރުމަށްފަހުކަމަށް، މަރުކަޒީ ސަރުކާރުން ހޯމަ ދުވަހު ބުންޏެވެ.

އާދީއްތަ ދުވަހު ޕާކިސްތާނުގެ ރައީސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚާ ޕްރޮވިންސްގެ ސަރުކާރު ސަސްޕެންޑު ކުރައްވާފަ އެވެ. އެ ޕްރޮވިންސްގެ ސަރުކާރު ހިންގަވަމުން ގެންދެވީ އިމްރާން ޚާންގެ އަރިސް ބޭފުޅެއް ކަމަށްވާ ސުހައިލް އަފްރީދީ އެވެ.

Advertisement - worldAdvertisement

މަރުކަޒީ ސަރުކާރުން ބުނީ، އަފްޣާނިސްތާނާ އިންވެގެން އޮންނަ އެ ޕްރޮވިންސްގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ މައްސަލަ ހައްލުކުރުމުގައި ޕްރޮވިންސްގެ ސަރުކާރު ނުކުޅެދުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހުނީ ކަމަށެވެ. ނަމަވެސް، އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީން (ޕީޓީއައި) ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. އެ ޕާޓީން ބުނީ، އެ ފިޔަވަޅު އެޅީ، ޚާން މިނިވަންކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ވެރިރަށް އިސްލާމްއާބާދަށް ހިނގާލުމެއް ބޭއްވުމަށް އޭނާގެ ސަޕޯޓަރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޕްރޮވިންސްގެ ސަރުކާރު ސަސްޕެންޑު ކުރުމާ ގުޅިގެން، އުމުރުފުޅުން 74 އަހަރުގެ ކުރީގެ ކްރިކެޓް ތަރިއާއި އެ ޤައުމުގެ ބާރުގަދަ އަސްކަރިއްޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ބޮޑު ހިނގާލުމަކަށް ގޮވާލާފައި ވަނިކޮށް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި މި ވަނީ، ޚާން މިނިވަންކުރުމަށާއި އޭނާއަށް ބޭސްފަރުވާގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލައި އިސްލާމްއާބާދަށް ހިނގާލުމެއް ބޭއްވުމުގެ މަގުސަދުގައި އޭނާގެ ސަޕޯޓަރުން އެ ޕްރޮވިންސްގައި އެތައް ދުވަހެއް ވަންދެން އެއްވުންތައް ބޭއްވިތާ ހަފުތާއެއް ފަހުންނެވެ.

"ޗީފް މިނިސްޓަރާއި އޭނާގެ ކެބިނެޓްގެ ބައެއް މެމްބަރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހައްޔަރުކޮށްފައިވާކަން އަޅުގަނޑަށް ކަށަވަރުކޮށްދެވިދާނެ،" ވަޒީރު ތަލާލް ޗައުދަރީ ވިދާޅުވި އެވެ. އޭގެ ތެރެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ޝަރީއަތް ކުރަންޖެހޭ ފަދަ މައްސަލައެއް އޮތްނަމަ ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށާއި، ނަމަވެސް އެ ނޫން ފަރާތްތައް ދޫކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޓީއައިގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހު ޚައިބަރު ޕަޚްތުންޚާ ޕްރޮވިންސްގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝާވަރުގައި ހުންނަ ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ ގެކޮޅުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަންޒަރު ފެނުނު ފަރާތްތަކާއި އޮފިޝަލުން ބުނީ، ފުލުހުންނާއި ޕެރަމިލިޓަރީ ފޯސްތަކުން ޝިޕިންގ ކޮންޓެއިނަރުތައް ބޭނުންކޮށްގެން ޗީފް މިނިސްޓަރުގެ ގެކޮޅާއި އެ ސަރަހައްދުގައި ހުރި އެހެނިހެން މުހިންމު ތަންތަން ބަންދުކޮށް، ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. އިމްރާން ޚާންގެ އަރިސް ބޭފުޅެއް ކަމަށްވާ ޝައުކަތު ޔޫސުފްޒާއީ ވަނީ ޕީޓީއައިގެ އިސް މެންބަރުން ހައްޔަރުކުރުން ކުށްވެރިކުރައްވައި، އެ ބޭފުޅުން މިނިވަންކުރުމަށް ގޮވާލައްވާފަ އެވެ. ރޭވިފައިވާ ހިނގާލުމުގެ ކުރިން ޚާންގެ ތިން އުޚުތުންނާއި އޭނާގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން އެ ޕާޓީން ބޭއްވި އެންމެ ފަހުގެ މުޒާހަރާ ނިމިގެން ދިޔައީ ސަލާމަތީ ބާރުތަކާއެކު ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަކުންނެވެ. އަދި, 2023 ވަނަ އަހަރު ޚާން ހައްޔަރުކުރުމާ ގުޅިގެން މުޅި ޤައުމުގައި ހަމަނުޖެހުންތައް އުފެދި، އޭނާގެ ސަޕޯޓަރުން ވަނީ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.

ހަނގުރާމަވެރިންގެ މައްސަލައިގައި މަޝްވަރާތައް ފޭލުވުން

ޕާކިސްތާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތެއްގައި ޕްރޮވިންސްތަކުގެ އިދާރާތަކުގެ ބާރުތައް މަރުކަޒީ ސަރުކާރަށް ނެގިދާނެ އެވެ. ރައީސް އާސިފް ޢަލީ ޒަރުދާރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމާ ގުޅިގެން، ޕްރޮވިންސްގެ ހިންގުން ގަވަރުނަރަކާ ހަވާލުކުރެވޭނެ ކަމަށް ޤާނޫނީ ވަޒީރު އާޒަމް ނަޒީރު ތަރާރު ވިދާޅުވި އެވެ. ފާއިތުވި މަސްތަކުގައި އެ ޕްރޮވިންސްގައި ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހަނގުރާމަވެރިން ހުއްޓުވުމުގައި ޚާންގެ ޕީޓީއައި ނުކުޅެދިފައިވާ ކަމަށް މަރުކަޒީ ސަރުކާރާއި އަސްކަރިއްޔާއިން ތުހުމަތުކުރެ އެވެ. ނަމަވެސް، އެ ޕާޓީން އެ ތުހުމަތުތައް ދޮގުކުރެ އެވެ. ފާއިތުވި މަހު ހިނގާލުމަށް ގޮވާލި ފަހުން، ސަރުކާރާއި ޕީޓީއައިއިން ވަނީ އެތައް ބުރެއްގެ މަތިން މަޝްވަރާތައް ބާއްވާފަ އެވެ.

ހިނގާލުން ބޭއްވުމުގެ ހުއްދަ ދިނުން ހިމެނޭ ގޮތަށް ޕީޓީއައިގެ ހުރިހާ ޑިމާންޑެއް ޤަބޫލުކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވަޒީރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެދުނީ ހަމައެކަނި އެއް ކަމަކަށ: އެއީ ހަނގުރާމަވެރިންގެ އަމަލުތައް ފާޅުގައި ކުށްވެރިކޮށް، އެ ފަރާތްތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެ ޕާޓީން އަޅުގަނޑުމެންނާ ގުޅުމަށް،" އޭނާ ވިދާޅުވި އެވެ. އެ ކަމަށް އެ ޕާޓީން އެއްބަސްނުވި ކަމަށާއި، މަޝްވަރާތައް ފޭލުވީ އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓަރސް

އިމްރާން ޚާންޕާކިސްތާންޕާކިސްތާން ތަހްރީކް އޭ އިންސާފްއިސްލާމްއާބާދުއާސިފް އަލީ ޒަރުދާރީ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު ޕާކިސްތާނުގެ ވެރިރަށާ ދިމާލަށް މިސްރާބު ޖަހައިފި

05 އޮކްޓޯބަރު 2026
އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު ޕާކިސްތާނުގެ ވެރިރަށާ ދިމާލަށް މިސްރާބު ޖަހައިފި
05 އޮކްޓޯބަރު 2026

އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ

05 އޮކްޓޯބަރު 2026
އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
29 ސެޕްޓެމްބަރު 2026

ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟

29 ސެޕްޓެމްބަރު 2026
ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟
29 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ވެރިރަށް ޝިޕިންގ ކޮންޓޭނަރުތަކުން ބަންދުކޮށްލައިފި

29 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ވެރިރަށް ޝިޕިންގ ކޮންޓޭނަރުތަކުން ބަންދުކޮށްލައިފި
27 ސެޕްޓެމްބަރު 2026

2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ

27 ސެޕްޓެމްބަރު 2026
2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ
27 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށްފަހު އެމްބިއުލާންސަކަށް ބަޑިޖަހައި 12 މީހުން މަރާލައިފި

27 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށްފަހު އެމްބިއުލާންސަކަށް ބަޑިޖަހައި 12 މީހުން މަރާލައިފި
25 ސެޕްޓެމްބަރު 2026

މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

25 ސެޕްޓެމްބަރު 2026
މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
22 ސެޕްޓެމްބަރު 2026

ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!

22 ސެޕްޓެމްބަރު 2026
ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް