Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު ޕާކިސްތާނުގެ ވެރިރަށާ ދިމާލަށް މިސްރާބު ޖަހައިފި

5 އޮކްޓޯބަރު 2026 | ހޯމަ 12:12

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން އިސްލާމްއާބާދަށް ކުރާ ދަތުރާ ގުޅިގެން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވެރިރަށަށް ވަންނަ މަގުތައް ބަންދުކޮށް ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައި. ސަރުކާރާއި ޕީ.ޓީ.އައި އާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވެފައިވާއިރު، މި ހަރަކާތުގެ ސަބަބުން ހަމަނުޖެހުމެއް ހިނގައިފާނެ ކަމުގެ ބިރު އޮތުމުން ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން

ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2026 | ހޯމަ 12:12

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި، އެމަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދަށް މިސްރާބު ޖަހާފައި | އެކްސް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި، އެމަނިކުފާނަށް ތާއީދުކުރާ 5،000 އަށްވުރެ ގިނަ މީހުން ހިމެނޭ ގާފިލާއަކުން ވެރިރަށް އިސްލާމްއާބާދަށް ކުރާ މަލްޓި-ޑޭ މާރޗް ނުވަތަ ދިގު ދަތުރު އާދީއްތަ ދުވަހު ފަށައިފި އެވެ. މި ހަރަކާތް ފަށާފައިވަނީ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) ޕާޓީއާއި ސަރުކާރާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

ކުރިމަތިލުމަކަށް މަގުފަހިވަމުންދާ މި ހަރަކާތުގެ ސަބަބުން، ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ޕާކިސްތާނުގެ ސިޔާސީ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ.

Advertisement - worldAdvertisement

ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ކަމަށްވާ އިމްރާން ޚާން 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނެވީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއްގައި ކަމަށް އެމަނިކުފާނުގެ ޕާޓީން ބުނެ އެވެ.

އިމްރާން ޚާން ޖަލުގައި ހުންނެވި ނަމަވެސް، އެމަނިކުފާނަށް އޮތް ތާއީދު ކުޑަނުވުމުގެ ސަބަބުން، ޕާކިސްތާނުގެ ހަލަބޮލި ސިޔާސީ މައިދާނުގައި އެމަނިކުފާނަކީ އަދިވެސް އެންމެ ނުފޫޒުގަދަ އެއް ޝަޚްސިއްޔަތެވެ.

ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާންގެ ސަރުކާރު 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އިތުބާރު ނެތްކަމުގެ ވޯޓަކުން ވައްޓާލާފައިވަނީ އެމެރިކާގެ އެދުމުގެ މަތިން ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއިން އަޑީގައި އޮވެގެން ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވަ އެވެ.

ޝެހްބާޒް ޝަރީފް އަލުން ވެރިކަމަށް ވަޑައިގަތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އިންތިޚާބަށްފަހުގަ އެވެ. ނަމަވެސް އެ އިންތިޚާބަކީ ޕީ.ޓީ.އައި އަށް ކާމިޔާބުވިޔަނުދިނުމަށް އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް އެ ޕާޓީން ބުނާއިރު، ސަރުކާރާއި އަސްކަރިއްޔާއިން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ޓްރަކްތަކާއި ބަސްތަކާއި ކާރުތަކުގައި ކުރިއަށްދާ މި މުޒާހަރާގެ ބައިވެރިން ދަތުރު ފަށާފައިވަނީ ޕީ.ޓީ.އައިގެ ކޮންޓްރޯލް އޮންނަ ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގެ ލައްކީ މަރުވަތު ޑިސްޓްރިކްޓުންނެވެ.

މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ވެރިރަށަށް ދިއުމުގެ މަގުމަތީގައި މަޑުކުރާނެ ތަންތަން ކަނޑައަޅާފަ އެވެ. މި ދަތުރުގެ އިސް ސަފުގައި ހުންނެވީ އެ ޕްރޮވިންސްގެ ޗީފް މިނިސްޓަރު އަދި އިމްރާން ޚާންގެ ވަފާތެރި ސަޕޯޓަރެއް ކަމަށްވާ ސުހައިލް އަފްރީދީ އެވެ.

އިމްރާން ޚާންގެ ފޮޓޯ ޖަހާފައިވާ، ޚާއްސަކޮށް ފަރުމާކޮށްފައިވާ ކޮންޓޭނަރު ޓްރަކެއްގެ މަތީގައި ހުންނަވައި ވާހަކަދައްކަވަމުން ޗީފް މިނިސްޓަރު ވިދާޅުވީ، އެމީހުންގެ ޑިމާންޑްތައް ވެރިރަށުގެ ހިތާ ހަމައަށް ގެންދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

މި ހަރަކާތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އިސްލާމްއާބާދަށް ވަންނަ މަގުތަކާއި ސިޓީގެ އެކި ސަރަހައްދުތަކުގައި ޝިޕިންގ ކޮންޓޭނަރު ބޭނުންކޮށްގެން ބޮޑެތި ހުރަސްތައް ކުރިމަތިކޮށްފަ އެވެ.

މި މާރޗް ފަސްކުރުމާ ގުޅޭގޮތުން އިމްރާން ޚާންގެ ޕީ.ޓީ.އައި ޕާޓީއާއި ފެޑަރަލް ސަރުކާރާ ދެމެދު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އެއްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ޕާޓީގެ ޗެއާމަން ގޯހަރު ޚާން ވިދާޅުވީ ދެ ބުރުގެ މަޝްވަރާއަށް ފަހުވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.

އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ވަނީ މަޝްވަރާތައް ނާކާމިޔާބުވީ އަފްރީދީގެ ސަބަބުން ކަމަށް ބުނެ އޭނާއަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ހަރަކާތުގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އޭގެ ޒިންމާ އުފުލަންޖެހޭނީ އަފްރީދީ ކަމަށްވެސް މިނިސްޓަރު އިންޒާރު ދެއްވި އެވެ.

ޝަރީފްގެ ސަރުކާރުން މި މާރޗް ފަސްކުރުމަށް އެދުނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ) އިން ދޭ ހަމަލާތައް އިތުރުވެފައިވާތީ އެވެ. ސަރުކާރުން ވަނީ ޕީ.ޓީ.އައި އިން އެ ޖަމާއަތަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ އެތައް ލައްކަ ބަޔަކާއެކު ވެރިރަށަށް ވަންނާނެ ކަމަށް ބުނެފަ އެވެ.

އިމްރާން ޚާން މިނިވަންކުރުމުގެ އިތުރުން، އެމަނިކުފާނު ހޮސްޕިޓަލަށް ބަދަލުކުރުމަށާއި އާއިލާއަށް ޒިޔާރަތްކުރުމުގެ ހައްގު ދިނުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ އިމްރާން ޚާންގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި، ގަވާއިދުން މީހުންނާ ބައްދަލުކުރެވޭ ކަމަށެވެ. އެކަމަކު އެފަދަ ބައްދަލުވުންތައް ސިޔާސީ ބޭނުމަށް ބޭނުން ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި މާރޗް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 27 ގައެވެ. ނަމަވެސް ޚައިބަރް ޕަޚްތޫންޚުވާ އިން އިސްލާމްއާބާދަށް ވަންނަ މައި މަގެއް ކަމަށްވާ އަތޮކް ބްރިޖް ހިމެނޭހެން މައިގަނޑު މަގުތައް ބަންދުކުރުމާ ގުޅޭގޮތުން ޕާޓީގެ ލީޑަރުން ކަންބޮޑުވުން ފާޅުކުރުމުން އެ ފަހަރު ވަނީ ފަސްކޮށްފަ އެވެ.

މީގެ ކުރިން އިމްރާން ޚާންގެ ސަޕޯޓަރުން ބޭއްވި މުޒާހަރާތައް ވަނީ ހަމަނުޖެހުމަށް ބަދަލުވެފަ އެވެ. އެގޮތުން 2024 ވަނަ އަހަރު ބޭއްވި މުޒާހަރާއެއްގައި ސަލާމަތީ ބާރުތަކުގެ މީހުންނާއި އާންމުންގެ ބައެއް މީހުން ވަނީ މަރުވެފަ އެވެ.

އިމްރާން ޚާންޕާކިސްތާންޝެހްބާޒް ޝަރީފް ޕާކިސްތާން ތަހްރީކް އޭ އިންސާފް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ

05 އޮކްޓޯބަރު 2026
އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
29 ސެޕްޓެމްބަރު 2026

ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟

29 ސެޕްޓެމްބަރު 2026
ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟
29 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ވެރިރަށް ޝިޕިންގ ކޮންޓޭނަރުތަކުން ބަންދުކޮށްލައިފި

29 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ވެރިރަށް ޝިޕިންގ ކޮންޓޭނަރުތަކުން ބަންދުކޮށްލައިފި
27 ސެޕްޓެމްބަރު 2026

2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ

27 ސެޕްޓެމްބަރު 2026
2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ
27 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށްފަހު އެމްބިއުލާންސަކަށް ބަޑިޖަހައި 12 މީހުން މަރާލައިފި

27 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށްފަހު އެމްބިއުލާންސަކަށް ބަޑިޖަހައި 12 މީހުން މަރާލައިފި
25 ސެޕްޓެމްބަރު 2026

މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

25 ސެޕްޓެމްބަރު 2026
މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
22 ސެޕްޓެމްބަރު 2026

ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!

22 ސެޕްޓެމްބަރު 2026
ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!
19 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

19 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް