Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ގަތުލުއާންމު

ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި

5 އޮކްޓޯބަރު 2026 | ހޯމަ 04:57

ދުނިޔޭގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ފަލަސްތީނުގެ ތައުލީމާބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ތައުލީމީ ދާއިރާއަށް ދެމުންދާ ހަމަލާތަކާއި މުދައްރިސުން ހައްޔަރުކުރުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވަނީ ގޮވާލާފައި. މީގެ އިތުރުން، ފަލަސްތީނުގެ ޓެކްސް ފައިސާ އިސްރާއީލުން ހިފެހެއްޓުމުގެ ސަބަބުން މުދައްރިސުންގެ މުސާރަ ނުލިބި، މާލީ އަދި ނަފްސާނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން އެ ވުޒާރާއިން ފާހަގަކޮށްފައިވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 5 އޮކްޓޯބަރު 2026 | ހޯމަ 04:57
ފަލަސްތީނުގެ މުދައްރިސެއް މަދަރުސާއެއްގައި ކުލާހެއް ނަގައިދެނީ

ފަލަސްތީނުގެ މުދައްރިސެއް މަދަރުސާއެއްގައި ކުލާހެއް ނަގައިދެނީ | އަނަދޮލު އޭޖެންސީ

2023 އޮކްޓޫބަރުގައި އިސްރާއީލުން ޣައްޒާގައި ގަތުލުއާންމެއް ފެށި ފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައި، 3,300 އަށްވުރެ ގިނަ މުދައްރިސުން ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ތައުލީމާބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ވުޒާރާއިން ބުނީ، އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ތައުލީމު ދޭ ފަރާތްތަކުން ތައުލީމު އުނގެނުމުގެ ހައްގު ހިމާޔަތްކުރުމަށް ޓަކައި ކުރަމުންދަނީ "ދިރިހުރުމަށް ޓަކައި ކުރާ ހަގީގީ ހަނގުރާމައެއް" ކަމަށެވެ.

Advertisement - worldAdvertisement

ޣައްޒާގައި އިސްރާއީލުން ފަށާފައިވާ ގަތުލުއާންމަށްފަހު، ޣައްޒާއާއި ހުޅަނގު އައްސޭރީގެ ތައުލީމީ ދާއިރާއަށް "ޝާމިލް ގަތުލުއާންމެއް" ކުރިމަތިވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ. މީގެ އިތުރުން، 170 އަށްވުރެ ގިނަ މުދައްރިސުން "އިންތިހާއަށް ދަތި ހާލަތްތަކުގައި" އަދިވެސް ހައްޔަރުކޮށްފައި ތިބި ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.

އެތައް ސަތޭކަ ޗެކްޕޮއިންޓްތަކެއްގައި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ހުރަސްތަކާއި ކުރިމަތިކުރުވާ ފުރައްސާރަތަކުގެ ސަބަބުން މުދައްރިސުންގެ ދުވަހީ ތަކުލީފުތައް އިތުރުވެފައިވާ ކަމަށާއި، ޚާއްސަކޮށް އަލް-ޚަލީލްގެ ދެކުނުން އޮންނަ މަސާފިރް ޔައްތާއާއި، މެދުތެރޭ ހުޅަނގު އައްސޭރީގެ އަލް-މުޣައްޔިރް އަވަށާއި، އުރުދުން ވާދީގެ އިތުރުން އޭރިއާ ސީ ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި މިކަން ބޮޑު ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.

1995 ވަނަ އަހަރުގެ އޮސްލޯގެ ދެވަނަ އެއްބަސްވުމުގެ ދަށުން، ވަގުތީ އިންތިޒާމެއްގެ ގޮތުގައި ހުޅަނގު އައްސޭރި ވަނީ އޭރިއާ އޭ، ބީ، އަދި ސީ އަށް ބަހާލާފައި އެވެ. އޭރިއާ އޭ އޮންނަނީ ފަލަސްތީނުގެ މަދަނީ އަދި ސަލާމަތީ ބާރުގެ ދަށުގައި އެވެ. އޭރިއާ ބީ އޮންނަނީ ފަލަސްތީނުގެ މަދަނީ އިދާރާގެ ދަށުގައި ނަމަވެސް ސަލާމަތީ ކަންކަން ބަލަހައްޓަނީ އިސްރާއީލުންނެވެ. ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް %60 ހިއްސާކުރާ އޭރިއާ ސީ، އޮތީ އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ.

މީގެ އިތުރުން، އިސްރާއީލުން ފަލަސްތީނުގެ ޓެކްސް އާމްދަނީ ހިފަހައްޓަމުން ދިއުމާއެކު، ފަލަސްތީނުގެ މުދައްރިސުންނަށް ކުރިމަތިވަމުންދާ އަނިޔާތަކާ ގުޅިގެން މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި، އެ މީހުންގެ މާއްދީ އަދި ނަފްސާނީ ހަމަޖެހުމަށް ބުރޫއަރާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެ އެވެ. 'ކްލިއަރެންސް ރެވެނިއު' ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ފައިސާއަކީ، 1994 ވަނަ އަހަރުގެ ޕެރިސް ޕްރޮޓޮކޯލްގެ ދަށުން ފަލަސްތީނު އިދާރީ ސަރުކާރުގެ ނަމުގައި އިމްޕޯޓުކުރާ މުދަލުން އިސްރާއީލުން ނަގާ ޓެކްސް ފައިސާ އެވެ.

2019 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ވަނީ މި އާމްދަނީން ބައެއް އުނިކުރަން ފަށާފައި އެވެ. އަދި، ފަހުން މި ފައިސާ ފަލަސްތީނާ ހަވާލުކުރުން ހުއްޓާލުމުގެ ސަބަބުން ފަލަސްތީނު ސަރުކާރުގެ މާލީ ކާރިސާ އިތުރަށް ގޯސްވެ، ސަރުކާރު މުވައްޒަފުންގެ މުސާރަ ފުރިހަމައަށް ދިނުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ފަލަސްތީނުގެ އާންމު އާމްދަނީގެ ގާތްގަނޑަކަށް %56 ހިއްސާކުރަނީ ކްލިއަރެންސް ރެވެނިއު ކަމަށްވާއިރު، މި ފައިސާ ހިފެހެއްޓުމަކީ މުސާރަ ދިނުމަށާއި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ސަރުކާރުގެ ޒިންމާތައް އަދާކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

މީގެ އިތުރުން، މި އަމަލުތައް ހުއްޓުވުމަށާއި، ދަރިވަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ބައިނަލްއަގްވާމީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައާއި، އދ. އާއި، ތައުލީމީ އަދި އިންސާނީ ހައްގުތަކާބެހޭ ޖަމުއިއްޔާތަކަށް ފަލަސްތީނުގެ ތައުލީމާބެހޭ ވުޒާރާއިން ވަނީ ގޮވާލާފަ އެވެ.

ހަމަމިއާއެކު، ހައްޔަރުކޮށްފައިވާ މުދައްރިސުން މިނިވަންކުރުމަށާއި، ހިފަހައްޓާފައިވާ މާލީ ހައްގުތައް ދޫކޮށްލުމަށް ބާރުއެޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޔޫނިއަންތަކަށް ވެސް ވުޒާރާއިން ވަނީ ގޮވާލާފަ އެވެ. މިއީ، މުދައްރިސުންނަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޣައްޒާވެސްޓް ބޭންކްއޮސްލޯ އެއްބަސްވުންޕެރިސް ޕްރޮޓޮކޯލްމުދައްރިސުންގެ ދުވަހުފަލަސްތީނުއިސްރާއީލް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

5

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2026

ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ

03 އޮކްޓޯބަރު 2026
ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކުރަން އިސްރާއީލުން ހުރަސްއަޅާތީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ: ޑަބްލިޔުއެޗްއޯ
03 އޮކްޓޯބަރު 2026

އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ

03 އޮކްޓޯބަރު 2026
އިސްރާއީލްގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއެޅިފައި: އަލްބަނޭޒޭ
03 އޮކްޓޯބަރު 2026

އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު

03 އޮކްޓޯބަރު 2026
އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު
03 އޮކްޓޯބަރު 2026

މި އަހަރު އިސްރާއީލުގެ ޓެރެރިސްޓުންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން ޝަހީދުކޮށްލި މީހުންގެ އަދަދު 30 އަށް!

03 އޮކްޓޯބަރު 2026
މި އަހަރު އިސްރާއީލުގެ ޓެރެރިސްޓުންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން ޝަހީދުކޮށްލި މީހުންގެ އަދަދު 30 އަށް!
01 އޮކްޓޯބަރު 2026

ފަލަސްތީނުގެ ބިންތައް ފޭރުމާއި އިސްރާއީލުގެ އާބާދީ ފުޅާކުރުމާ ދެކޮޅަށް އެމެރިކާގެ ހައުސްއަށް ބިލެއް ހުށަހަޅަނީ

01 އޮކްޓޯބަރު 2026
ފަލަސްތީނުގެ ބިންތައް ފޭރުމާއި އިސްރާއީލުގެ އާބާދީ ފުޅާކުރުމާ ދެކޮޅަށް އެމެރިކާގެ ހައުސްއަށް ބިލެއް ހުށަހަޅަނީ
01 އޮކްޓޯބަރު 2026

ފްލައިދުބާއީއިން އިސްރާއީލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

01 އޮކްޓޯބަރު 2026
ފްލައިދުބާއީއިން އިސްރާއީލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި
01 އޮކްޓޯބަރު 2026

17 ދުވަހުގެ މަސައްކަތަށް ފަހު ޣައްޒާގެ އިމާރާތެއްގެ ދަށުން 105 މީހެއްގެ ހަށިތައް ހޯދައިފި

01 އޮކްޓޯބަރު 2026
17 ދުވަހުގެ މަސައްކަތަށް ފަހު ޣައްޒާގެ އިމާރާތެއްގެ ދަށުން 105 މީހެއްގެ ހަށިތައް ހޯދައިފި
01 އޮކްޓޯބަރު 2026

'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު

01 އޮކްޓޯބަރު 2026
'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު
30 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިން ހިންގަމުންދާ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

30 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިން ހިންގަމުންދާ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
30 ސެޕްޓެމްބަރު 2026

ނަތަންޔާހޫއަކީ "ހަނގުރާމައިގެ ކުށްވެރިއެއް"، ދޯހާއިން މެދުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ: ޝައިޚް މުޙައްމަދު

30 ސެޕްޓެމްބަރު 2026
ނަތަންޔާހޫއަކީ "ހަނގުރާމައިގެ ކުށްވެރިއެއް"، ދޯހާއިން މެދުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ: ޝައިޚް މުޙައްމަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް