Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯޝަލް ހައުސިންގ

ސޯޝަލް ހައުސިންގގެ ކުލީގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގާއިމުކުރަން ޖެހޭ: ފަހި ޔޫނިއަން

11 އޮކްޓޯބަރު 2026 | އާދީއްތަ 08:20

ސޯޝަލް ހައުސިންގގެ އެކި މަޝްރޫއުތަކުގެ ކުލީގައި ހުރި ބޮޑެތި ތަފާތުތައް ނައްތާލައި، ހުރިހާ ފްލެޓެއްގެ ކުލި ކުޑަކޮށް ހަމަހަމަކަން ގާއިމުކޮށްދިނުމަށް ފަހި ޔޫނިއަނުން ސަރުކާރަށް ވަނީ ގޮވާލާފައި. ހިޔާ ފްލެޓާއި އާ ފްލެޓްތަކުގެ ކުލީގެ ފަރަގު ބޮޑުކަން ފާހަގަކުރައްވައި، އެ ޔޫނިއަންގެ ރައީސް ވިދާޅުވީ ހުރިހާ މަޝްރޫއެއްގައި ވެސް އުޅެނީ ނިކަމެތި ރައްޔިތުން ކަމަށްވާތީ، ވަކި އުސޫލެއްގެ ދަށުން ހުރިހާ ފަރާތްތަކަށް ލުއި ލިބެންޖެހޭ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2026 | އާދީއްތަ 08:20
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ސޯޝަލް ހައުސިންގގެ ކުލީގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގާއިމުކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވީ، ސޯޝަލް ހައުސިންގގެ ދަށުން ދޫކޮށްފައިވާ އެކި ފްލެޓްތަކުގެ ކުލީގައި ހުރި ތަފާތުތައް ނައްތާލައި، ހުރިހާ ފްލެޓެއްގެ ކުލި ވެސް ކުޑަކޮށް ހަމަހަމަކަން ގާއިމް ކޮށްދޭން ޖެހޭ ކަމަށާއި، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ނޫރައްދީން ވިދާޅުވީ ހިޔާ ފްލެޓާއި އެހެނިހެން ސޯޝަލް ހައުސިންގ ފްލެޓްތަކަކީ އަޅާކިޔަން ބޭނުންވާ ތަންތަން ނޫން ކަމަށާއި، ނަމަވެސް ކަންކަން ހިނގަމުންދާ ގޮތުން އެފަދަ އަޅާކިޔުންތައް އުފެދެމުންދާ ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގެ އިތުރުން އެހެން ފްލެޓްތަކުގައި ވެސް ދިރިއުޅެނީ ހާލުގައި އުޅޭ ނިކަމެތި ރައްޔިތުންކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކަށް ވެސް ކުލީގެ ލުއި ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަކީ ކަންބޮޑުވުމެއް ނޫން ކަމަށާއި އެއީ އުފާކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ފްލެޓްތަކުގައި ހުރި ތަފާތުކުރުންތައް ނިމުމަކަށް ގެނެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަހަމަކަން ގާއިމުކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނޫރައްދީން ވިދާޅުވި އެވެ.

އެވާ ގޮތަކީ އެއްވެސް ސޯޝަލް ހައުސިންގ، މިވެސް ސޯޝަލް ހައުސިންގ. އަޅުގަނޑުމެންނަށް ރަނގަޅީ އެ ތަނަށްވެސް ހަމަ މި ކުލި ކުޑަ ކުރިކުރި ނޫން ގޮސްފައި އެއްވެސް އެއްޗެއް ދައްކަން ނުޖެހުން. ހިޔާ ފްލެޓު ވެސް. ހަމައެއާއެއްކޮށް މިތާނގައިވެސް ހަމަ ވަރަށް ދަތި ނިކަމެތި ހާލުގައި އުޅޭ ހަމަ ރައްޔިތުން މި އެއްވެސް ރައްޔިތުން މިވެސް ރައްޔިތުން. ހަމަ މި ތަނުގައިވެސް ކުލި ކުޑަ ކޮށްދެއްވަންވީނު. އެހެންވީމާ އަޅުގަނޑުމެން އަނެއްހެން ހިޔާ ފްލެޓުގެ ކުލި ކުޑަވެފައިހުރި ހުރުމާ ގުޅިގެން ކަންބޮޑުވަނީކީއެއް ނޫން. އަޅުގަނޑުމެން ހަމަ ވަރަށް އުފާކުރާ ކަމެއް އެއީ. އެހެންވީމާ ހަމަ މި ތަފާތުކުރުން އެބަޖެހޭ ނިމުމަކަށް ގެނެސްފައި ރައީސުލްޖުމްހޫރިއްޔާ ހަމަހަމަކަން ގާއިމްކޮށްދެއްވަން. 
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން

ހަމައެއާއެކު، ސޯޝަލް ހައުސިންގގެ ކަންކަން ކުރިއަށް ގެންދާއިރު، ޓެކްނިކަލީ ރަނގަޅަށް ދިރާސާކޮށް، ވަކި އުސޫލެއްގެ ތެރެއިން ކަންކަން ނިންމުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކަމެއް ކުރަން ބޭނުންވާއިރަށް، ކުއްލިއަކަށް އުސޫލުތައް ހަދައި ތަންފީޒު ނުކުރެވޭނެ ކަމަށް ނޫރައްދީން ވިދާޅުވި އެވެ. 

ގެދޮރުވެރިޔާ ހައުސިންގް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔަށް ބަލާއިރު، ދެ ކޮޓަރީގެ ފްލެޓަށް ޖުމްލަ ދައްކަން ޖެހެނީ 8000 ރުފިޔާ އެވެ. އަދި 3 ކޮޓަރީގެ ފްލެޓަށް ދައްކަން ޖެހެނީ ޖުމްލަ 10500 ރުފިޔާ އެވެ. މީގެ އިތުރުން ހިޔާ ފްލެޓުތަކަށް ކުއްޔަށް ދައްކަން ޖެހެނީ ޖުމްލަ 4,984.21 ރުފިޔާ އެވެ. ކުލީ ބޮޑު ފަރަގެއް އުޅޭ ކަމަށް އާއްމު ރައްޔިތުން ބުނާއިރު، ހިޔާ ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ ބޮޑެވެ. އަދި ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފުލެޓުތަކަށް 50 ޕަސެންޓު މީހުން އެޗްޑީސީއަށް ކުލި ނުދައްކާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިމަހުގެ ތެރޭގައި ވެސް ވިދާޅުވެފައިވެ އެވެ.

ފަހި ޔޫނިއަންއިބްރާހިމް ނޫރައްދީންހިޔާ ފްލެޓްސޯޝަލް ހައުސިންގ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
31 މެއި 2026

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ
01 އެޕްރީލު 2026

4000 ހައުސިންގ ޔުނިޓޫގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސް ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި

01 އެޕްރީލު 2026
4000 ހައުސިންގ ޔުނިޓޫގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސް ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި
27 ފެބުރުއަރީ 2026

ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ކުނި މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ވަނީ ދޫކޮށްލާފައި: ނޫރައްދީން

27 ފެބުރުއަރީ 2026
ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ކުނި މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ވަނީ ދޫކޮށްލާފައި: ނޫރައްދީން
08 ޖެނުއަރީ 2026

ފްލެޓުތަކާ ގުޅޭ ޝަކުވާ އެފްޑީސީ އަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ: ޔޫނިއަން

08 ޖެނުއަރީ 2026
ފްލެޓުތަކާ ގުޅޭ ޝަކުވާ އެފްޑީސީ އަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ: ޔޫނިއަން
07 ޖެނުއަރީ 2026

ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: ޔޫނިއަން

07 ޖެނުއަރީ 2026
ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: ޔޫނިއަން
07 ޖެނުއަރީ 2026

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

07 ޖެނުއަރީ 2026
ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި
26 ޑިސެމްބަރު 2025

ގޯސްވަނީ ސޯޝަލް ހައުސިން ފްލެޓްތައް ބިދޭސީންނަށް ދިނުމުން އެކަނި؟ އެޗްޑީސީ އަށް ވެސް އޮޅިއްޖެ!

26 ޑިސެމްބަރު 2025
ގޯސްވަނީ ސޯޝަލް ހައުސިން ފްލެޓްތައް ބިދޭސީންނަށް ދިނުމުން އެކަނި؟ އެޗްޑީސީ އަށް ވެސް އޮޅިއްޖެ!
25 ޑިސެމްބަރު 2025

ހިޔާ ފްލެޓު ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް އަމާޒުވެފައިވަނިކޮށް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ފްލެޓުތައް ހުސް ކުރުމަށް މުހުތަލެއް ދީފި

25 ޑިސެމްބަރު 2025
ހިޔާ ފްލެޓު ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް އަމާޒުވެފައިވަނިކޮށް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ފްލެޓުތައް ހުސް ކުރުމަށް މުހުތަލެއް ދީފި
24 ޑިސެމްބަރު 2025

ހިޔާ ފްލެޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާން ކޮށްފައި، ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީ އަށް

24 ޑިސެމްބަރު 2025
ހިޔާ ފްލެޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާން ކޮށްފައި، ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް