Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: ޔޫނިއަން

7 ޖެނުއަރީ 2026 | ބުދަ 12:45

ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމްގެ 7،000 ފްލެޓާއި ދެވަނަ ސްކީމްގެ 8،000 ފްލެޓަށް އެލޮކޭޓް ކުރި ބިން ލަގްޒަރީ އެޕަރޓްމަންޓަށް ބަދަލު ކުރުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ޔޫނިއަނުން ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2026 | ބުދަ 12:45
ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމައި، ވިއްކަން އިއުލާން ކުރި ކުރުން ބަލައި ނުގަންނާނެ ކަމަށް ފަހި ޔޫނިއަން އަދި އުތުރުތިލަފަޅު ޔޫނިއަން އިން ބުނެފި އެވެ. 

ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަން ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވީ ގެދޮރުވެރިޔާގެ ދެވަނަ ސްކީމްގައި ހުޅުމާލެއިން 8،000 ފްލެޓު ކުރިމަތިލި 21،348 އާއިލާގެ ފޯމްތައް އިވިލުއޭޓްކޮށް ފްލެޓު ލިބިފައިވާ ފަރާތްތައް ކަނޑައަޅަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ބޯހިޔާވަހިކަމަށް ރައްޔިތުން ކުރަމުންދާ އާދޭހަށް މިސަރުކާރުން އިހުތިރާމް ނުކުރާ ކަމަށާއި، އެމަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގަން ނިންމާފައިވާ ބިން ތަކުގައި މިސަރުކާރުން ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމާފައިވާކަން ފާހަގަކުރައްވައި އިބްރާހިމް ނޫރައްދީން ވިދާޅުވީ އެއީ ރައްޔިތުން ކުރާ އާދޭސް ބޮލާލާ ޖެހުން ކަމަށާއި، އެކަމުގެ ސަބަބުން އާއްމު ރައްޔިތު މީހާ އިތުރަށް ނިކަމެތިވާނެ ކަމަށެވެ. މިފަހުން ދޫކުރި 4،000 ހައުސިން ޔުނިޓަށް ވެސް އެޑްވާންސް ފައިސާ ދައްކަން ޖެހުމުން އެފައިސާ ނުދެއްކިގެން ވެސް ރައްޔިތުން ވަރަށް ދަތީގައި އުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

މިސަރުކާރުން ނިންމާފައިވަނީ ކުރީ ސަރުކާރުގެ ފުރަތަމަ ސްކީމްގެ 7000 ފްލެޓާއި ދެވަނަ ސްކީމްގެ 8،000 ފްލެޓު އެޅުމަށް އެލޮކޭޓް ކޮށްފައި ހުރި ހުރިހާ ބިންތަކެއް ލަގްޒަރީ އެޕަރޓްމަންޓް އެޅުމުގެ ގޮތުން ވިއްކާލުމަށް. އެއްގޮތަކަށް ވެސް އަޅުގަނޑުމެން ޔޫނިއަންތަކުން ބަލައިގަންނާނެ ކަމެއް ނޫ
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން 

އެއްވެސް މީހެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އިބްރާހިމް ނޫރައްދީން ވިދާޅުވީ ގެދޮރުވެރިޔާ 4،000 ފްލެޓުތަކުން ފްލެޓު ލިބިފައިވާ ބައެއް މީހުންގެ އަތުން އެއްވެސް މައްސަލައެއް ކުރިމަތިނުވެ، ފްލެޓު އަތުލާފައިވާ ކަމަށެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފްލެޓުތައް ނުހިފަހައްޓައި ދޫކޮށްލުމަށް އޭނާ ގޮވާލެއްވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ޝަރުތު ހަމާވާ ކަމަށް ނިންމައި، ނެރިފައިވާ ފްލެޓު ލިސްޓުގައި ހިމެނޭ އެއްވެސް މީހަކަށް އަލުން ފްލެޓަށް  ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށާއި، ގެދޮރުވެރިޔާގެ 4،000 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ސްކީމުގައި ޝަރުތު ހަމަވެ، ފްލެޓު ލިބިފައިނުވާ 9،763 މީހުންގެ ފޯމުތަކަށް އިހުތިރާމް ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. 

ފަހި ޔޫނިއަންއުތުރުތިލަފަޅު ޔޫނިއަންގެދޮރުވެރިޔާ ސްކީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

07 ޖެނުއަރީ 2026
ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި
04 ޖެނުއަރީ 2026

ގޮދޮރުވެރިޔާގެ ފްލެޓުތަކަށް އެފްޑީސީން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑަނީ

04 ޖެނުއަރީ 2026
ގޮދޮރުވެރިޔާގެ ފްލެޓުތަކަށް އެފްޑީސީން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑަނީ
01 ޖެނުއަރީ 2026

ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

01 ޖެނުއަރީ 2026
ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު
19 ޑިސެމްބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

19 ޑިސެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި
19 ޑިސެމްބަރު 2025

"ފަހި ފްލެޓްތަކުގެ އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް!"

19 ޑިސެމްބަރު 2025
"ފަހި ފްލެޓްތަކުގެ އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް!"
08 އޮކްޓޯބަރު 2025

ފްލެޓް ލިބުނު ފަރާތްތަކާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އޮއްވައި، ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ނިންމަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން

08 އޮކްޓޯބަރު 2025
ފްލެޓް ލިބުނު ފަރާތްތަކާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އޮއްވައި، ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ނިންމަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން
27 ސެޕްޓެމްބަރު 2025

ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި

27 ސެޕްޓެމްބަރު 2025
ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި
25 ސެޕްޓެމްބަރު 2025

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ!!

25 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ!!
25 ސެޕްޓެމްބަރު 2025

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން

25 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން
10 ޖުލައި 2025

ސިވިލް ސާރވިސްގެ ވަޒީފާ އެއްގައި ދުވަހަކު ނޫޅޭ މީހަކު، އެތަނުގެ ރެކޯޑްތަކުގެ މައްޗަށް ކަމަށް ބުނެ ފްލެޓް ކަޓުވާލައިފި

10 ޖުލައި 2025
ސިވިލް ސާރވިސްގެ ވަޒީފާ އެއްގައި ދުވަހަކު ނޫޅޭ މީހަކު، އެތަނުގެ ރެކޯޑްތަކުގެ މައްޗަށް ކަމަށް ބުނެ ފްލެޓް ކަޓުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް