Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަހި ދިރިއުޅުމުގެ ފްލެޓްތައް

ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ކުނި މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ވަނީ ދޫކޮށްލާފައި: ނޫރައްދީން

ފަހި ދިރުއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ދޯދިޔާވުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާކަމަށް ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ. މެއިންޓެނަންސް ފީ ނެގި ނަމަވެސް ފްލެޓްތަކުގެ މަރާމާތާއި ކުނީގެ މައްސަލަތަކަށް ޒިންމާވާނެ ފަރާތެއް ނެތްކަން ފާހަގަކުރައްވައި، އޭނާ ވަނީ ކަމާބެހޭ އިދާރާތަކުގެ އިހުމާލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެޕާޓްމެންޓްތަކުގެ ފާހަނާ އިން ފެން ލީކުވުމާއި، ކުނި އެޅުމަށް ބަހައްޓާފައި ހުންނަ ޑަސްބިންތައް ކުޑަވުމުގެ ސަބަބުން، ކުނިތައް އެއަށް ނޭޅި މައްސަލަ އާއި، ހަފްތާއެއް ވަންދެން ކޮތަޅުތައް އުކާނުލައި ހުންނަ ކަމާއި، މިކަންކަމުން ސިއްހީ ނުރައްކަލަކަށް މަގުފަހިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 27 ފެބުރުއަރީ 2026 | ހުކުރު 05:30
ފަހި ޔޫނިއަން އާއި ބޯހިޔާވަހިކަމުގެ ހައްގު ހޯދަން މަސައްކަތް ކުރާ އެހެނިހެން ޔޫނިއަތަކުގެ ފަރާތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ފަހި ޔޫނިއަން އާއި ބޯހިޔާވަހިކަމުގެ ހައްގު ހޯދަން މަސައްކަތް ކުރާ އެހެނިހެން ޔޫނިއަތަކުގެ ފަރާތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

"ފަހި ދިރިއުޅުން" ފްލެޓްތަކުގައި ބަދިގޭގައި އުފެދޭ ކުނި ކަމާއި ބެހޭ ފަރާތްތަކަށް މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ދޫކޮށްލާފައިވާ ކަމަށް ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

ފަހިދިރުއުޅުން ފްލެޓްތަކުގައި އާއްމުންނަށް އެތައް ދަތިތަކެއް ދިމާވަމުން ދާއިރު އެކަންކަމާ މެދު ޒިންމާ ނަގާނެ ބައެއް ނެތް ކަމަށް ނޫރައްދީން ފާހަގަކުރެއްވި އެވެ. އެގޮތުން ކުނީގެ މައްސަލަތަކުގައި ޝަކުވާ ކުރި ނަމަވެސް އެކަމަށް އެޓެންޑް ވާނެ ފަރާތެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފްލެޓްތަކުގެ ބަދިގޭގައި އުފެދޭ ކުނި އެޅުމަށް ބަހައްޓާފައި ވަނީ އެކަމަށް އެކަށީގެން ނުވާ ވަރުގެ ކުޑަ ޑަސްބިން އެއް ކަމަށް ނޫރައްދީން ވަނީ ވިދާޅުވެފަ އެވެ. ކޮންމެ ޓަވަރެއްގައި 128 އެޕާޓްމެންޓް ހުރި އިރު، އެ ގޭބީސީތަކަށް ކުނި އެޅުމަށް ހަމަޖައްސައިދީފައިވާ ޑަސްބިން ކުޑަވުމުން ޑަސްބިން ފުރި އެކަމުގެ ސަބަބުން އިތުރު މައްސަލަތައް ދިމާ ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮތަޅުތައް ފުރިގެން ފައިބާ ކުނި އެތަނުގައި އެބަ ހުރޭ ހަފްތާ ދެހަފްތާ ވާ އިރު ވެސް، ފުޅަ ހުންނަނީ އެތަނުގައި." އެނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ފްލެޓްތައް އާއްމުންނަށް ފޯރުކޮށްދިނުމުގެ، ފުރަތަމަ ދުވަހުން ފެށިގެން މެއިންޓެނަންސް ފީ އެއް ނެގި ނަމަވެސް އެ ފީއާއި އެއްގޮތަށް ޚިދުމަތެއް ފޯރުކޮށް ނުދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމާއި މެދު ޒިންމާ ނަގާނެ ފަރާތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މެއިންޓެނަންްސްގެ ޝަކުވާތައް ކުރުމުން ކިއު ތަރުތީބުން އެކަން ބަލަމުންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނަމުންދާ ކަމަށާއި އެ މަރުހަލާ ކުރިއަށް ދަނީ ވަރަށް ލަސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާހަނާތަކުން ލީކުވުން ފަދަ ޝަކުވާތައް ވަރަށް ބޮޑު. ދީފައި ހުންނަ ނަމްބަރުތަކުން ޖަވާބެއް ނުދޭ. ރިކުއެސްޓް ކުރާށޭ ބުނަނީ. އެ ކިއު ޖެހެނީ ކޮން އިރަކުން ކަމެއް ނޭނގޭ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނި ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައްޔިތުން މާޔޫސްކުރުވާފައިވާ ކަމަށެވެ.


އިބްރާހިމް ނޫރައްދީންފަހި ޔޫނިއަންރާއްޖެ ޓީވީފަލަސުރުހީ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި
12 ފެބުރުއަރީ 2026

ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

12 ފެބުރުއަރީ 2026
ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި
21 ޖެނުއަރީ 2026

ހާލު ކިހިނެއް: މި ސަރުކާރުން ދުވާފަރުގައި 16 ޕްރޮޖެކްޓެއްގެ ބިންގާ އެޅީ ރައްޔިތުން ގުނބޯ ހައްދަން

21 ޖެނުއަރީ 2026
ހާލު ކިހިނެއް: މި ސަރުކާރުން ދުވާފަރުގައި 16 ޕްރޮޖެކްޓެއްގެ ބިންގާ އެޅީ ރައްޔިތުން ގުނބޯ ހައްދަން
19 ޖެނުއަރީ 2026

ވެރި އަކަަށް ހުންނަ މީހާ ގޯސްވީމައި އާއްމުން ވޯޓުން އެކަން ދައްކާނެ، ވަަޒީފާ ބަހައިގެން އެކަން ބަދަލެއް ނުވާނެ: ޝިފާޒް

19 ޖެނުއަރީ 2026
ވެރި އަކަަށް ހުންނަ މީހާ ގޯސްވީމައި އާއްމުން ވޯޓުން އެކަން ދައްކާނެ، ވަަޒީފާ ބަހައިގެން އެކަން ބަދަލެއް ނުވާނެ: ޝިފާޒް
18 ޖެނުއަރީ 2026

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

18 ޖެނުއަރީ 2026
ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު