Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓް

ހިޔާ ފްލެޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާން ކޮށްފައި، ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީ އަށް

ސޯޝަލް ހައުސިން ގެ ގޮތުގައި ދޫކޮށްފައިވާ ފުލެޓް ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބޮޑު އަގުގައި ފްލެޓުތައް ކުއްޔަށް ދަނީ ކުރަމުން. އަދި ކުލި ނުދައްކާ އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާ މެދު ފިޔަވަޅެއް އަޅާފައިނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 10:16
ހިޔާ ފްލެޓް ބޭރުގައި ކުލި ކުޑަ ކުރުމަށް ގޮވާލާ ބެނާރ ދަމާފައި

ހިޔާ ފްލެޓް ބޭރުގައި ކުލި ކުޑަ ކުރުމަށް ގޮވާލާ ބެނާރ ދަމާފައި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޕަރޓްމަންޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާން ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އަށް އަމާޒު ވެއްޖެ އެވެ. 

ދެކޮޓަރީގެ ފްލެޓު 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރާ ކަމަށް ކުރި އިއުލާން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަދި ސޯޝަލް ހައުސިން ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ފާޅުކަން ބޮޑު ގޮތެއްގައި ކުއްޔަށް ދޫކުރަމުންދާ ކަމަށް އެމީހުން ބުނެފައިވެ އެވެ. އަދި ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް މިއަދާ ހަމައަށް އެޅި އެއްވެސް ފިޔަވަޅެއް ފެންނަން ނެތް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހިޔާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ ބޮޑު ވެފައިވާއިރު، އެފްލެޓުތަކުގެ ކުލި ނުދައްކާ މީހުން ދިރިއުޅޭ މައްސަލަ ވެސް ބޮޑުވެފައި އޮތް އިރު ދާދި ފަހުން ރައީސް މުއިއްޒު ވަނީ ކުލި ނުދައްކާ މީހުންގެ ޖުރިމަނާ ވެސް މާފު ކޮށްދީފަ އެވެ.

މީގެ ކުރިން ވެސް ހިޔާ ފްލެޓުގެ ބައެއް ފްލެޓުތަކުގެ ބައެއް އެޕަރޓްމަންޓްތައް ވަނީ 12،000 ރުފިޔާ އަށް އަދި 8000 ރުފިޔާއަށް ކުއްޔަށް ދޫކޮށްފަ އެވެ. އަދި ބައެއް ފްލެޓުތައް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

11 މެއި 2023 ގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި މެއިންޓެނެންސް ފީއަށް 1000 ރުފިޔާ ދައްކަންޖެހެ އެވެ.

25 ބުރީގެ 16 ޓަވަރުގެ ފްލެޓުތަކުގެ ކުއްޔަށް މީގެ ކުރިން މަހަކަށް ދެއްކީ 7،500 ރުފިޔާ އަދި މެއިންޓެނެސް ފީއަށް 1،000 ރުފިޔާ އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ހިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިން މައްސަލަ އޭސީސީ އަށް

ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިން މައްސަލަ އޭސީސީ އަށް

23 ޑިސެމްބަރު 2025
"ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިނީ ދުރާލާ ވަކި ބަޔަކަށް މައުލޫމާތު ދިނުމަށް ފަހު"

"ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިނީ ދުރާލާ ވަކި ބަޔަކަށް މައުލޫމާތު ދިނުމަށް ފަހު"

20 ޑިސެމްބަރު 2025
ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް!

ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް!

20 ޑިސެމްބަރު 2025
ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތް ތައާރަފު ކޮށްފި

ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތް ތައާރަފު ކޮށްފި

16 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު