Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޯހިޔާވަހިކަން

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިސަރުކާރުން ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މަޑުޖައްސައި ރައްޔިތުންގެ ހައްގުތަކަށް ހުރަސް އަޅަމުންދާ ކަމަށް ބުނެފައި. އުތުރުތިލަފަޅު ޔޫނިއަނުގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި އޮތް ފަޅުތައް ތަރައްގީ ކުރުމުގެ ބަދަލުގައި މާދުރުގައި އޮންނަ ފުށިދިއްގަރުފަޅު ރަސްމާލެ ނަމުގައި ތަރައްގީ ކުރުން ނުވިސްނޭ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 08:28
ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ފަހި ޔޫނިއަން އަދި އުތުރުތިލަފަޅު ޔޫނިއަން އިން އަނެއްކާ ވެސް ގޮވާލައިފި އެވެ. 

ސޯޝިއަލް ހައުސިންގ ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ފަހި ޔޫނިއަނާއި ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވީ ކުރީ ސަރުކާރުގައި ބޯހިޔާވަހިކަން ކަށަވަރުވި އާއްމު ރައްޔިތުންގެ ބޯހިޔާވަހި ކަމަށް މިސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވެވަޑައިގެންނެވި ވައުދާ ހިލާފު ވެފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިޝާރަތް ކުރައްވައި ސޮބާހު ވިދާޅުވީ އުތުރުތިލަފަޅާއި، ހުޅުމާލެ ފޭސް-3 އަދި ގިރާވަރުފަޅު ތަރައްގީކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. 

ނަމަވެސް މިމަޝްރޫއުތައް މަޑު ޖެއްސުމަށްފަހު މާލެއާ މާދުރުގައި އޮތް ފުށިދިއްގަރުފަޅު ހިއްކައި، ރަސްމާލެ ނަމުގައި އެތަން ތަރައްގީ ކުރާ ކުރުން ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އުތުރުތިލަފަޅާ ހުޅުމާލެ ފޭސް-3  ގިރާވަރުފަޅާ މިތަންތަނުން 14300 ގޯތި ދިނުމުގެ ކެޕޭސިޓީ އެބަހުރި. އަނެއްކާ މިދެންނެވި ތަންތަނަކީ މާލެ އާ އެއްކޮށް ހުޅުމާލެ ގުޅާލެވިފައި މިއޮންނަހެން ފާލަމަކުން ނުވަތަ ބްރިޖަކުން ގުޅާލެވޭނެ. މިސަރަހައްދުގައި ވަރަށް ފަސޭހައިން މީހުންނަށް ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ވެސް ފަސޭހައިން ކުރެވެން އޮތް ތަންތަން މިއީ. ދެން ހުރި ފަޅުތަކަށް ބަލާ ކަމަށްވަންޏާ އަދި މުސްތަގުބަލުގައި މިކަން ފުޅާވެގެން ދާ ދިއުމުގައި ވެސް ރައްޔިތުން ބޯހިޔާވަހިކަމަށް ހިއްކާ ގުޅާލެވޭނެ އެތައް ބައިވަރުފަޅުތަކެއް މިދިމާލުގައި އޮއްވާ ވާދޫ ކަނޑު ހުރަސްކޮށްފައި ގަދަ ކަނޑެއްގެ ވާހަކަ އަޅުގަނޑުމެން މިދަންނަވަނީ. އެކަހެރިކޮށް މާދުރުގައި އޮންނަތަނަކަށް ދިވެހި ރައްޔިތުން ގެންގޮސް އަޅާލަން ވެެގެން މިސަރުކާރުން ވިސްނުން މިގެންގުޅޭ ސަބަބު އަޅުގަނޑުމެންނަށް ނޭނގޭ.
އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު

ސޮބާހު ވިދާޅުވީ ކުރީ ސަރުކާރުގައި ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައިވާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށާއި، އެ ރައްޔިތުންނަށް ގޯތި ލިބުނު ސަރަހައްދުތައް ތަރައްގީ ކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެ ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް މުޅިން އައު މަޝްރޫއެއް ނުވަތަ އައު ހުވަފެނެއް ދެއްކުމުގެ ބޭނުމެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފަހި ޔޫނިއަންއުތުރުތިލަފަޅުބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: ޔޫނިއަން

ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ބިން ތަކުގައި ލަގްޒަރީ އެޕަރޓްމަންޓުތައް އަޅަން ނިންމުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: ޔޫނިއަން

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބިގެން: ރައީސް މުއިއްޒު

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބިގެން: ރައީސް މުއިއްޒު

04 ޖެނުއަރީ 2026
ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

04 ޖެނުއަރީ 2026
 ރައީސް މުއިއްޒުގެ  މަތިވެރިކަން ދެއްކުމަށް ބޭއްވި ޑްރޯން ޝޯ އަށް، ރައްޔިތުންގެ ފައިސާ އިން 1.5 މިލިއަން ރުފިޔާ އިސްރާފު ކޮށްފި

ރައީސް މުއިއްޒުގެ މަތިވެރިކަން ދެއްކުމަށް ބޭއްވި ޑްރޯން ޝޯ އަށް، ރައްޔިތުންގެ ފައިސާ އިން 1.5 މިލިއަން ރުފިޔާ އިސްރާފު ކޮށްފި

03 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު