Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުލިކުޑަކުރަން ގޮވާލުން

4000 ހައުސިންގ ޔުނިޓޫގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސް ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި

1 އެޕްރީލު 2026 | ބުދަ 10:58

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ 4000 ފުލެޓުގެ ކުލި ކުރީގެ ސަރުކާރުން ކަނޑައެޅި އަގަށް ކުޑަކޮށްދިނުމަށާއި، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފި. މީގެ އިތުރުން، މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށާއި، މި ފުލެޓްތަކުގެ އެއްބަސްވުންތައް ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށްދިނުމަށް ވެސް އެ ޔޫނިއަނުން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން، އެހެނިހެން ސޯޝަލް ހައުސިންގ މަޝްރޫޢުތަކެކޭ އެއްފަދައިން މި ފުލެޓްތަކުގެ ކުލި ކުޑަކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެ ފަރާތުން އެދޭ.

މަޚްތޫމް
މަޚްތޫމް | 1 އެޕްރީލު 2026 | ބުދަ 10:58
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ ޓަވަރުތައް.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ ޓަވަރުތައް. | އެފްޑީސީ

ނިމިދިޔަ ސަރުކާރުން އަޅާފައިވާ 4000 ހައުސިންގ ޔުނިޓްގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސްކުރުމަށް ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފި އެވެ.

ފަހި ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހިނގަމުންދާ ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ދެ ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީއާއި އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއަށް ކަމަށެވެ. އަދި ތިން ކޮޓަރީގެ ފުލެޓެއްގެ އަގު މެއިންޓަނަންސްފީއާއި އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއަށް ކަމަށް ވެސް ނޫސްބަޔާނުގައި ބުންޏެވެ.

Advertisement - newsAdvertisement

ނަމަވެސް ނިމިދިޔަ ސަރުކާރުން އަޅާފައިވާ 4000 ފުލެޓުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސް ފީ އާއި އެކު 6000 ރުފިޔާއަށާއި، ތިން ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސް ފީ އާއި އެކު 8000 ރުފިޔާއަށް ކަމަށް ފަހި ޔޫނިއަނުން ބުނެ އެވެ. އެހެންކަމުން ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ ކުލިއަށް ބަދަލުކޮށްދެއްވުމަށް އެދި ސަރުކާރަށް ގޮވާލާކަމަށް ނޫސްބަޔާނުގައި ބުންޏެވެ.

ފަހި ޔޫނިއަނުން އިތުރަށް ގޮވާލީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުއްޔަށްދޭ އެޕާޓްމަންޓްތަކަށް ނަގާފައިވާ ޑައުން ޕޭމަންޓް އުނިކޮށްދިނުމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ދަތިހާލަތަށް ރިއާޔަތްކޮށް، މިފުލެޓްތައް ލިބުނު ރައްޔިތުން އެތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހިފައި ވުމާއި ގުޅިގެން މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގުރޭސް ޕީރިއަޑު އިތުރު ހަ މަހަށް ނުވަތަ އެއް އަހަރަށް ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް ވެސް ބުންޏެވެ.

މިސަރުކާރުން ފުލެޓްތަކަށް ދޫކޮށްފައިވަނީ ކުލީގެ އެއްބަސްވުމެއް ކަމުން ފުލެޓް ލިބުނުފަރާތާއި އެފަރާތްތަކުގެ އާއިލާތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހައްދަވައިދެވެން ނެތްކަމަށް މާލެ ސިޓީކައުންސިލުން ވަނީ އަންގާފައި ކަމަށް ފަހި ޔޫނިއަނުން ފާހަގަކުރި އެވެ. އެހެންކަމުން އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓްތަކެކޭ އެއްފަދައިން މި 4000 ފުލެޓްގެ އެއްބަސްވުން ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށްދެއްވުމަށް އެދި ގޮވާލާކަމަށް ވެސް ނޫސްބަޔާނުގައި ބުންޏެވެ.

ފަހި ޔޫނިއަނުން ފާހަގަކުރި ގޮތުގައި މިހާތަނަށް ރާއްޖޭގައި ދޫކުރެވިފައިވާ ހައުސިން ސްކީމްތަކަކީ ސޯޝަލް ހައުސިންގ ޔުނިޓްގެ ގޮތުގައި ދޫކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. އަދި ރާއްޖޭގައި އެންމެ ފަހުން ދޫކުރެވުނު ސޯޝަލް ހައުސިންގ ސްކީމްކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލުކޮށްފައިވާ އުސޫލަކީ ފުލެޓް އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއްކަމުގައިވާކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ހުޅުމާލެ ފޭސް އެކެއްގެ ފުލެޓްތަކާއި، ހިޔާ ފުލެޓް، ވިނަރެސް ފުލެޓްގެ އިތުރުން މުޅިރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލި ކުޑަކުރެއްވި ފަދައިން މި 4000 ފުލެޓްގެ ކުލިވެސް ކުޑަކޮށްދެއްވުމަށް ގޮވާލާފައިވެ އެވެ.

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރައްޔިތުންނަށް އިތުރު ބުރައެއް އަދި ތަކުލީފެއް އުފުލަން ނުޖެހޭނެ ގޮތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު މި 4000 ފުލެޓް ލިބިފައިވާ އާއިލާތަކަށް ވެސް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރާކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.

ފަހި ޔޫނިއަންޑރ. މުޙައްމަދު މުޢިއްޒުފަހި ދިރިއުޅުން ކޯޕަރޭޝަންހިޔާ މަޝްރޫއުހުޅުމާލެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2026

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

31 މާރިޗު 2026
އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު
31 މާރިޗު 2026

ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި

31 މާރިޗު 2026
ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
30 މާރިޗު 2026

މޫދަށާއި ގޮނޑުދޮށަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ގަވާއިދެއް ހަދަނީ

30 މާރިޗު 2026
މޫދަށާއި ގޮނޑުދޮށަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ގަވާއިދެއް ހަދަނީ
30 މާރިޗު 2026

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

30 މާރިޗު 2026
ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!
30 މާރިޗު 2026

ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ

30 މާރިޗު 2026
ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ
29 މާރިޗު 2026

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

29 މާރިޗު 2026
އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު
29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް