Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހައުސިން ބިދޭސީން މައްސަލަ

ގޯސްވަނީ ސޯޝަލް ހައުސިން ފްލެޓްތައް ބިދޭސީންނަށް ދިނުމުން އެކަނި؟ އެޗްޑީސީ އަށް ވެސް އޮޅިއްޖެ!

26 ޑިސެމްބަރު 2025 | ހުކުރު 14:55

ހުޅުމާލެ އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބަލައި ފިޔަވަޅު އެޅުމާގުޅޭ އުސޫލެއް އެޗްޑީސީ އިން ހާމަ ކުރި އިރު އެ ތަނަކީ ސޯސަލް ހައުސިންގ އެއްވެސް ޔުނިޓަކީ ދޭސީއަކަސް ބިދޭސީއަކަށްވެސް ކުއްޔަށްދެވޭނެ ތަނެއް ނޫންކަން އެޗްޑީސީ އަށް ނޭނގުނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޑިސެމްބަރު 2025 | ހުކުރު 14:55
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހުޅުމާލެ އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބަލައި ފިޔަވަޅު އެޅުމާގުޅޭ އުސޫލެއް އެޗްޑީސީ އިން ހާމަ ކުރީ ބުދަ ދުވަހު އެވެ. ހުޅުމާލޭގައި ތަރައްޤީކޮށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ޤަވާއިދާއި ޚިލާފަށް ބިދޭސީންނަށް ދެމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެ އެ ކޯޕަރޭޝަނުން މި ވަނީ ބައެއް ކަންކަން އާއްމުން ގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

އޭގައިވާ ކަންކަމަށް ބަލާލާނަމެވެ. ސޯޝަލް ހައުސިން ޔުނިޓުތަކު ގެ ތެރެއިން އެއްވެސް ޔުނިޓެއް އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ނަމަ 3 ޖެނުއަރީ 2026 ގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އަންގަން ވާނެ ކަމަށް އެ ކޯޕަރޭޝަނުން މިވަނީ ބުނެފަ އެވެ. އަދި އެ ކޯޕަރޭޝަނާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް އާއްމުންނަށް މި ވަނީ އަންގާފަ އެވެ. 

އަދި 3 ޖެނުއަރީ 2026 ގެ ފަހުން ހުޅުމާލެ އިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައި ވާ ނަމަ، އެ ކޯޕަރޭޝަނާއި އެކު ވެފައިވާ ފްލެޓް އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު ވެސް އެ ކޯޕަރޭޝަނުން ދީފައިވެ އެވެ. 

ހެއްވާކަމަކީ ހުޅުމާލެ އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބަލައި ފިޔަވަޅު އެޅުމާގުޅޭ އުސޫލެއް އެޗްޑީސީ އިން ހާމަ ކުރި އިރު އެ ތަނަކީ ސޯސަލް ހައުސިންގ އެއްވެސް ޔުނިޓަކީ ދޭސީއަކަސް ބިދޭސީއަކަށްވެސް ކުއްޔަށްދެވޭނެ ތަނެއް ނޫންކަން އެޗްޑީސީ އަށް ނޭނގުނެވެ. 

މިކަން މިހެން އެންގުމުން އާއްމުން ގެ ކުރިމަތީގައި ވެސް އެޗްޑީސީ ވަނީ ބޮޑު ޖޯކަކަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ބިދޭސީންނަށް ސޯޝަލް ހައުސިން ކުއްޔަށް ނުދޭން އަންގާ އުސޫލެއް ނެރުނު އިރު އެޗްޑީސީން އެކުލަވާލި އެއްބަސްވުމުގައި އެއްވެސް ބަޔަކަށް އެތަން ކުއްޔަށް ދެވޭނެ މަގު ފަހިވެފައި ނެތްކަން ނޭނގުނީތޯ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. މީސްމީޑިއާގައި އާއްމުން ބަންޑުން ކުރި ޝުއޫރުތަކުން އެކަން ވަރަށް ބޮޑަށް ސާފު ވެ އެވެ.

"ތިބޭފުޅުން އަމިއްލައަށް ހެދި އެގްރިމަންޓާ ޚިލާފު އިއުލާނެއް ކުރަން ހިތަށް އެރީތީ ތަނުގެ ފެންވަރާއި މުސާރަ ހަލާލު މިންވަރު ވަޒަންކުރެވިއްޖެ އެވެ. އެހެނީ، ސޯސަލް ހައުސިންގ އެއްވެސް ޔުނިޓަކީ ދޭސީއަކަސް ބިދޭސީއަކަށްވެސް ކުއްޔަށްދެވޭނެ ތަނެއް ނޫނެވެ. އެހެންވީމާ، މިކަމުގެ މަޤްޞަދާމެދު" މިއީ އާއްމު މީހަކު މީސްމީޑިއާގައި ލިޔުނު މެސެޖެކެވެ.

އެއީ ތެދެކެވެ. އެތައް ބަޔަކު ރީޗެކްކުރުމަށް ފަހު ސަރުކާރު ހިއްސާވާ ކުންފުންޏަކުން ބޮޑު އުސޫލެއް ނެރުނު އިރު އެކަމުގެ ވާނުވާ ވެސް އޮޅުންފިލާފައި ހުރި ހެނެއް ނުވެ އެވެ. މިކަހަލަ ދެކޮޅު ނުޖެހޭ ކަންކަން ކުރުމުން ވެއްޓެނީ ކުންފުނީ ގެ އަގެވެ. އަދި މިފަދަ އުސޫލުތައް ނެރުނު ނަމަވެސް ތަންފީޒު ކުރުމުގައި ފަހަތުފަޔަށް ބުރަވާކަން އާއްމުން ވަނީ ފާހަގަކޮށްފަ އެވެ.

"އަބަދުވެސް ބަލަނީ! ބަލަބަލާ ތިބެނީ އެއްވެސް ކަމެއް ނުވޭ!" މިއީ އިތުރު އާއްމު މީހެއް ގެ މެސެޖެވެ.  

ދެން އޮތްކަމަކީ ބިދޭސީންނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކަ އެވެ. އެއްވެސް މީހަކަށް ކުއްޔަށް ދިނުމުގެ ހުއްދަ ނެތް ތަނެއް ބިދޭސީ އަކަށް ކުއްޔަށް ދިނުމުން އިތުރަށް ކުށްވެރިވާ އުސޫލެއް އޮވެގެން ނުވާނެ އެވެ. އެކަން ވާނީ ނަސްލީ ތަފާތު ކުރުމަށެވެ.

އެކަމަކު މިއީ ވިސްނާލުން މުހިންމު ކަމެކެވެ. ގޯސްވަނީ ސޯޝަލް ހައުސިން ފްލެޓްތައް ބިދޭސީންނަށް ދިނުމުން އެކަނިތޯއެވެ؟ އެޗްޑީސީ އަށް ވެސް އެކަން އޮޅިއްޖެ އެވެ. ވާނީ ވެސް އެހެންތާ އެވެ. ތަންތަނުގައި ތިބި ދުވަސްވީ މުވައްޒަފުންނާއި އިދާރީ އޮނިގަނޑާއި ތަނުގެ ހިންގުން އެނގޭ މީހުން އެއް ފަރާތްކޮށްގެން ސިޔާސީ މުވައްޒަފުން ގެ ބާރުގައި ހިންގާ ސަރުކާރަކަށް މި ނޫން ވަރެއް ހަމަ ނުވާނެ އެވެ. އުސޫލެއް ހެދިޔަސް، ބަޔާނެއް ނެރުނަސް ފަޟީހަތް ނުވާނެ ގޮތަކަށް ކަމެއް ކުރެވޭތަނެއް ނާދެ އެވެ.

ހުޅުލެއެޗްޑީސީސޯޝަލް ހައުސިންގބިދޭސީކުއްޔަށް ދިނުންނަސްލީ ތަފާތުކުރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް: ޑރ.ޝަމްހީދު

23 ޑިސެމްބަރު 2025
ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް: ޑރ.ޝަމްހީދު
21 ޑިސެމްބަރު 2025

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު
21 ޑިސެމްބަރު 2025

ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

21 ޑިސެމްބަރު 2025
ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
20 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް
19 ޑިސެމްބަރު 2025

ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

19 ޑިސެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން
19 ޑިސެމްބަރު 2025

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް
18 ޑިސެމްބަރު 2025

ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

18 ޑިސެމްބަރު 2025
ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި
18 ޑިސެމްބަރު 2025

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ބަލާ ފާސްކުރުމަކީ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް: ޝަމްހީދު

18 ޑިސެމްބަރު 2025
 ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ބަލާ ފާސްކުރުމަކީ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް: ޝަމްހީދު
18 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް