Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް

8 އޮކްޓޯބަރު 2026 | ބުރާސްފަތި 12:54

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކާ ޚިލާފަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް ބޭރުގެ ކުންފުންޏަކަށް އެ ބިމުގެ ބޮޑު ބައެއް ދިގު މުއްދަތަށް ދިނުމަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މި މަޝްރޫއުގެ ދަށުން މާލެއާއި ރަސްމާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލުމަށް ވިދާޅުވި ވާހަކަފުޅަކީ ވެސް ހަގީގަތާ ޚިލާފު އޮޅުވާލުމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 12:54
ރައީސް މުއިއްޒު، ރަސްމާލެ ހިއްކާ ސަރަހައްދަށް ޒިޔާރަތްކުރެއްވުން

ރައީސް މުއިއްޒު، ރަސްމާލެ ހިއްކާ ސަރަހައްދަށް ޒިޔާރަތްކުރެއްވުން | ރާއްޖެއެމްވީ

ހަނދާނަށް އަންނަނީ ޕީއެންސީއިން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ޓިކެޓް ހަވާލުކުރުމުގެ ދުވަސްވަރުމަތިންނެވެ. ޔާމީން އަށް ދީފައި އޮތް ޓިކެޓަށް ޔާމީނަށް ވާދަނުކުރެވޭނޭ ކަމަށް ޔަގީންކޮށްގެން ޑރ. މުއިއްޒު މަސައްކަތް ކުރެއްވި ދުވަސްވަރެވެ. ސިޓީ ކައުންސިލުން ޕީޕީއެމް މީހުންނަށް ވަޒީފާތައް ދީގެން ބާރުތައް ނަގަމުން އައެވެ. ހީލަތްތެރިކަމާއެކު ޓިކެޓް ހޯދުމުގެ ކަންކަން ކުަރމުންދިޔަކަން ފަޅާއެރުމުން މަޖްބޫރުން ނަމަވެސް ޗެނަލް 13 ގައި ޔާމީން ނޫން މީހަކަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެ އުޅުއްވި އުޅުއްވުމެވެ. ޓިކެޓް ހޯއްދެވުމަށް ފަހުވަގުތު ޖެއްސެވި މަޅި އެވެ.

މި އޮޅުވާލުންތަކާއެކު ހޯއްދެވި ޓިކެޓްގައި ވެރިކަމަށް ވަޑައިގަތުމަށް ވެސް ރައްޔިތުންނަށް އޮޅުވާލެއްވި އެވެ. އޭގެ ތެރެއިން ވެސް އަރާހުރި އޮޅުވާލުމަކީ ހާމަކުރައްވާނެ ކަމާއި ފޮރުވާނެ އެއްޗެއް ނުބާއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ. ގޮތް ނޭނގޭ އަދި އަޑި ނޭނގޭ ޑީލްތައް ބޭރު މީހުންނާއެކު ނުހައްދަވާނެ ކަމަށް ވިދާޅުވެ އޮޅުވާލެއްވި އަޅުވާލުންތަކެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުގެ އޮޅުވާލުންތައް ރަމްޒުކޮށްދޭ އެއްކަމަކީ މަޝްހޫރު ރަސްމާލެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޮވެންބަރު 18، 2023 ގައި މާފަންނު ގަޑިބުރު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެއް ވާހަކަފުޅަކީ، އެ ދުވަހުން ފެށިގެން 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރު ފަޅުގައި ބިން ހިއްކުމުގެ މަޝްރޫއެއް ފަށްޓަވާނެ ވާހަކަފުޅެވެ. އެ ވާހަކަފުޅަށް ބަރާބަރު 30 ދުވަސް ފުރުނު ދުވަހު، ޑިސެމްބަރު 18، 2023 ގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް އެމަނިކުފާނު ފައްޓަވައިދެއްވި އެވެ.

އެއީ، ރަސްމާލެއާ ބެހޭ ގޮތުން މިހާތަނަށް ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުން، ވިދާޅުވި ގޮތަށް ކުރެއްވުނު ހަމައެކަނި ކަންތަކެވެ. އޭގެ އިތުރުން، ރަސްމާލެއާ ބެހޭ ގޮތުން ވިދާޅުވި ކަންކަން ގޮސްފައި ހުރީ އެ ވިދާޅުވި މަގަކުން ނޫނެވެ. އެހެންވެ، ސިޔާސީ ބައެއް ބޭފުޅުންނަށް އެ ކަންކަން ސިފަކުރެއްވެނީ، އޮޅުވައިލުމެއްގެ ގޮތުގަ އެވެ.

އޮޅުވައިލުމުގެ ތެރެއިން އެއް ކަމަކަށް އެ މަނިކުފާނު ވިދާޅުވީ، ރަސްމާލެ ހިއްކުމަށް އެންމެ ލޯ ލާރިއެއް ވެސް ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ރާއްޖެ ގެނައި އެންމެ ބޮޑު ކޮންނަބޯޓު ގެނެސް ރަސްމާލެ ހިއްކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެންނެވެ.

ދެ ވަނަ ކަމަކަށް ވިދާޅުވީ، ރަސްމާލެ ހިއްކަން ފަށާތާ 8 މަސް ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކައި ނިންމަވާނެ ކަމަށެވެ. ނަމަވެސް، ވެރިކަމަށް ތިން އަހަރު ވެގެންދާއިރު އެވަރާ ގާތަށް ވެސް އެ ފަޅުން ހިކިފަސް ތަނެއް ފެންމައްޗަށް އަރާފައި ނުވާތީ، އަނެއްކާ ވެސް އޮޅުވައިލުމުގެ ތުހުމަތުގެ އަޑު ގަދަވި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށްޓެވިއިރު އޮތީ، އެމްޑީޕީގެ މެޖޯރިޓީއާ އެކު ކުރީގެ މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓެވެ. އެކަމަށް އިޝާރާތް ކުރައްވައި، މަޖިލީހުގެ ކޮންޓްރޯލް ލިބެންދެން ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ، ކުރީގެ މަޖިލީހުން ބަޖެޓް ފާސްކޮށްފައި އޮތީ ރައީސް މުއިއްޒުގެ ސަރުކާރަށް "ޖެއްސުން" ކުރުމަށް ކަމަށެވެ.

އެކަމަކު ހަގީގަތަކީ، އޭރު އިންތިޚާބުވެ ހުވައިނުކޮށް އޮތް ވެރިކަން ހިންގާ ޕާޓީގެ ވެސް ލަފަޔާއެކު ތައްޔާރުކޮށްދިން ބަޖެޓް ހުސްކޮށް ނިންމާލި އިރު، ބަޖެޓްގެ ބޮޑު އިންސައްތައެއް ރަސްމާލެ ހިއްކުމަށް ޚަރަދުކުރި އެވެ. އެވެސް އޮޅުވާލުމެއް ކަމަށް އަޑު ފެތުރުނެވެ. ނެތް ބަޖެޓުން، ބަޖެޓުގައި ނުހިމެނޭ ކަމަކަށް 400 މިލިއަނެއްހާ ރުފިޔާ ހޭދަކުރެއްވި ކަމަށް އަޑު އެރި އެވެ.

މުއިއްޒު ވިދާޅުވީ "ރަސްމާލެ" މަޝްރޫއާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އެކަމަކު ފެނިގެން މިދިޔައީ ރަސްމާލޭ ބިމުގެ ދެ ބައިކުޅަ އެއްބައި ބޭރު ބަޔަކަށް "ވިއްކާލި" ތަނެވެ. ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ރައްޔިތުންގެ ފައިސާ އިން ވެލިއަޅައި ހިއްކި ތަނަކުން، ތަނާއި ވަންހަކޮޅު ވެސް ނުޖެހޭ ބޭރު ބަޔަކަށް ދޭން ނިންމީ އެވެ. އެ ވެސް ވިދާޅުވި ގޮތާ ދިމާ އިދިކޮޅަށެވެ.

"އެތަނުން ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއް ނޫން، ދެން އެ ތަނުން ހިކިގެން ދާނީކީއެއް. އެހެންވީމާ، ރަސްމާލޭގެ 1100 ހެކްޓަރުގެ ބިން، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިއްކުމުގެ މަސައްކަތް، އެޗްޑީސީ އާއި މިޑް ފްރީ ޒޯނާ ދެ ކޮމްޕެނީ ގުޅިގެން މިހާރު އެވަނީ ފެށިފައި. ކުރިއަށް އޮތް އަށް މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ހިއްކައި ނިންމާނަން،" 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެން ވިދާޅުވިތާ ބަރާބަރު 679 ވަނަ ދުވަހެވެ. އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީގައި ދިވެހި މީޑިއާތަކަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް ސިއްރުން ބޭއްވި ރަސްމިއްޔާތެއްގައި، ޔަހޫދީންނަށް ޚަރަދުކުރާ އަބޫ ދާބީގެ މަހުޖަނު މުހައްމަދު އަލައްބާރު އާއީ ރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދު ﷲ މުއްތަލިބާއި ސޮއިކުރެއްވި އެއްބަސްވުމަކުން، ރަސްމާލޭގެ ދެ ބައިކުޅަ އެއްބައި ބިން އެ ދިނީ އީގަލް ހިލްސް ކުންފުންޏަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމާއި، ސޮއި ކުރި ކަން ވެސް ދިވެހި ސަރުކާރުން އޮތީ ސިއްރުކޮށްފަ އެވެ. އެކަން ފަޅާއެރީ ޔޫއޭއީގެ ބައެއް ނޫސްތަކުގައި އެ ޚަބަރު ޖެހުމުންނެވެ. މިއީ "ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން" ކަމަށް ވިދާޅުވެ ދިވެހި ދިދަޔާ މުޚާތަބު ކުރެއްވި ރައީސްގެ އަމަލުތައް ހުރި ގޮތެވެ.

ދެން ތިލަވާން ފެށީ، ދިވެހި މީޑިއާތަކާއި ރާއްޖޭގެ ސިޔާސީ ވެރިން، ރަސްމާލެ މަޝްރޫއާ ބެހޭ ގޮތުން ހޯދި ސިއްރުތަކެވެ. ނަތީޖާއަކަށްވީ، އެ މަޝްރޫއުގެ ދިފާއުގައި ފަހަރަކު ވަޒީރަކު ދައުލަތުގެ މީޑިއާގައާއި ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައްކަން މަޖުބޫރުވުމެވެ.

އެންމެ ވެލި ފުކެއް ވެސް ބޭރު ބަޔަކަށް، ހިލޭ ވެސް ނުވަތަ ކުއްޔަށް ވިޔަސް ނުދޭނެ ކަމަށް ބުނި، ރަސްމާލޭގެ ދެ ބައިކުޅަ އެއްބައި އެ ދިނީ ހަމަ ބޭރު ބަޔަކަށެވެ. އަހަރަށް ދެ އަހަރަކަށް ނޫނެވެ. އެއްބަސްވުމުގެ ހަގީގަތަށް ބަލާއިރު 99 އަހަރުގެ ނަމުގައި މުޅި އުމުރަށެވެ. އޮނަސައްތަ އަހަރު ނިމެން ދާއިރު، މި އެއްބަސްވުމުގައި ސޮއިކުރި އެކަކު ވެސް ދުނިޔޭގައި ހުންނާނެހެން ހިޔެއް ނުވެ އެވެ. ވީއިރު، އެ ބިން އަލުން އަނބުރާ ދިވެހިންނަށް ލިބިދާނެތޯ ސުވާލު ނުއުފެދޭ ހެއްޔެވެ.

އީގަލް ހިލްސް އަށް ރަސްމާލޭގެ ބިން ދިނީ ކުއްޔަށް ކަމަށް ސަރުކާރުން ބުންޏަސް އެކަން ސާބިތެއް ނުކޮށްދެ އެވެ. ދިން އަގެއް، އެ ބިން އަގުކުރި ގޮތެއް، ކުއްޔަށް ދިން ނަމަ އެ ފައިސާ ދައުލަތަށް ދައްކަން އެއްބަސްވި ގޮތެއް، ރަސްމާލެ ތަރައްގީ ނުކުރެވިއްޖެ ހާލަތެއްގައި އެ ބިމަށް ވާނެ ގޮތެއް، މިއިން އެއްކަމެއް ވެސް ސަރުކާރުން ނުބުނެ އެވެ. އެހެންވީމާ، މިއީ ބޮޑު އޮޅުވާލުމެއް ކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ދެން އޮތީ، ރަސްމާލެ އާއި މާލެއާ ދެމެދުގެ ދަތުރުފަތުރުގެ އިންތިޒާމުތަކެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރަސްމާލެއާ މާލެއާ ދެމެދު ގާއިމުކުރާނީ ރާޅުތަކުގެ އުނދަގޫ ކުޑަވާ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކެއް ކަމަށެވެ. އެހެން ވިދާޅުވެފައި ނިދިކުރައްވައި ހޭފުޅުލެއްވި ފަހުން، އެއަށް ވުރެ މޮޅު ގޮތެއް ވިސްނިވަޑައިގަތެވެ.

މާލޭ ސިޓީގެ ކައުންސިލަރުން ހުވާކުރެއްވުމަށް، ޖެނުއަރީ 22، 2024 ގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަސްމާލެ އާއި މާލެ ގުޅުވާލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމަށާއި، އެ ޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނާނެ ކަމަށެވެ. އެ ޓަނަލް އެޅުމަށްޓަކައި އެކަމުގެ ގާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި، ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ހަގީގަތަކީ، އެ ޓެކްނޮލޮޖީއެއް އަދި ދުނިޔެއަކު ނެތެވެ. އެހެންކަމުން މިއީ ވެސް އޮޅުވާލުމެއް ކަމަށް ބައެއް މީހުން ބުނެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ބުނާ ޓަނަލަކާ ބެހޭ ގޮތުން ސަރުކާރުގެ މަތި ފަޑީގައި މަޝްވަރާތަކެއް ވެސް ނުކުރެވެ އެވެ.

ދިވެހިންގެ ބޯހިޔާވަހިކަމަށް ހިއްކި ރަސްމާލެއާ ބެހޭ ގޮތުން، މިހާތަނަށް ރަނގަޅު އެއްޗެއް މީހަކަށް އޮޅުމެއް ނުފިލި އެވެ. އެއިން ކަމެއް ހާމައެއް ނުކުރައްވަ އެވެ. ހަގީގަތް ފެނޭތޯ ހޯދި ވަރަކަށް ފެންނަނީ ބޮޑެތި އޮޅުވާލުމެވެ. ދިވެހިންގެ ފައިސާ އިން އެތައް ބިލިއަން ރުފިޔާއެއް ހޭދަކޮށްގެން ހިއްކާ ބިމެއް އޮނަސައްތަ އަހަރަށް ބަޔަކަށް ދޫކޮށްލަން އެއްބަސްވުމުގައި ސޮއިކުރި އިރު، ބަންޑާރަ ނައިބު އެ ވިދާޅުވީ އެކަމަށް ބޭނުންވާ ޤާނޫނެއް ވެސް އަދި ނެތް ކަމަށެވެ.

ކޮންމެއަކަސް މުޅިން ވެސް އޮޅުވާލުމެވެ. ކުރިން ވިދާޅުވި ވާހަކަތަކާ ސީދާ ދިމާ އިދިކޮޅަށެވެ. ރަސްމާލެއަކީ އޭގެ ދިރިހުރި މިސާލެކެވެ.

ޑރ. މުހައްމަދު މުއިއްޒުރަސްމާލެ އީގަލް ހިލްސް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު

08 އޮކްޓޯބަރު 2026
500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު
08 އޮކްޓޯބަރު 2026

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް

08 އޮކްޓޯބަރު 2026
ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް
07 އޮކްޓޯބަރު 2026

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!

07 އޮކްޓޯބަރު 2026
އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!
07 އޮކްޓޯބަރު 2026

ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި

07 އޮކްޓޯބަރު 2026
ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި
07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
06 އޮކްޓޯބަރު 2026

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

06 އޮކްޓޯބަރު 2026
އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު
05 އޮކްޓޯބަރު 2026

ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި

05 އޮކްޓޯބަރު 2026
ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި
05 އޮކްޓޯބަރު 2026

"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން

05 އޮކްޓޯބަރު 2026
"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން
05 އޮކްޓޯބަރު 2026

މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު

05 އޮކްޓޯބަރު 2026
މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު
05 އޮކްޓޯބަރު 2026

އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް

05 އޮކްޓޯބަރު 2026
އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް