Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު އަލައްބާރު

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

8 އޮކްޓޯބަރު 2026 | ބުރާސްފަތި 19:22

ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރު ޔަހޫދީންގެ ދީނީ ކައިވެންޏެއްގައި ބައިވެރިވެ ދުއާކުރި މައްސަލަ ހޫނުވެ، ރަސްމާލެ މަޝްރޫއު އޭނާއާ ހަވާލުކުރުމުން އާންމުންނާއި ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ފަލަސްތީނުގެ ހައްގުތަކަށް އުނިކަންލިބޭ މިފަދަ ފަރާތްތަކަށް ރާއްޖެއިން ފުރުސަތު ދިނުމަކީ އިސްލާމީ އުންމަތަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ. އެހެންކަމުން، ގައުމީ ސަލާމަތަށްޓަކައި މި ނިންމުން ބަދަލުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 19:22
އިމާރާތް ކުރުމުގެ ދާއިރާގައި މަޝްހޫރު ޔޫއޭއީގެ އީމާރު ޕްރޮޕަޓީޒްގެ ބާނީ، ވިޔަފާވެރިޔާ މުޙައްމަދު އަލައްބާރު ވަނީ ކައިވެނިކުރި ދެމަފިރިންނަށް ހެޔޮދުއާ ކުރުމުގެ ގޮތުން ކިޔަވާ ހަތް ދުއާގެ ތެރެއިން ދުއާއެއް އަރަބި ބަހުން ކިޔަވައިދެއްވާފައި

އިމާރާތް ކުރުމުގެ ދާއިރާގައި މަޝްހޫރު ޔޫއޭއީގެ އީމާރު ޕްރޮޕަޓީޒްގެ ބާނީ، ވިޔަފާވެރިޔާ މުޙައްމަދު އަލައްބާރު ވަނީ ކައިވެނިކުރި ދެމަފިރިންނަށް ހެޔޮދުއާ ކުރުމުގެ ގޮތުން ކިޔަވާ ހަތް ދުއާގެ ތެރެއިން ދުއާއެއް އަރަބި ބަހުން ކިޔަވައިދެއްވާފައި | -

އަބޫދާބީގައި 2022 ވަނަ އަހަރު ބޭއްވި ޔަހޫދީންގެ ކައިވެނި ހަފުލާއެއްގައި، އެ ޤައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރު ދުޢާކުރި މައްސަލައިގައި އަނެއްކާވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފި އެވެ. 

ހިލްޓަން ޔަސް އައިލެންޑްގައި ބޭއްވި މި ހަފުލާގައި ދުނިޔޭގެ ފަނަރަ ގައުމަކުން 1500 މެހުމާނުން ބައިވެރިވި އެވެ. މި ކައިވެންޏަކީ ޔޫއޭއީގެ ފުރަތަމަ ރައްބީ އުމުރުން 29 އަހަރުގެ ލެވީ ޑަޗްމަން އާއި މޮރޮކޯގެ ނަސްލަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ލިއާ ހަދާދުގެ ކައިވެންޏެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތު ބާއްވާފައިވަނީ ދެހާސް ވިހި ވަނަ އަހަރު ބަހްރޭނާއި މޮރޮކޯ ވެސް ހިމެނޭ ގޮތަށް ޔަހޫދީ ޒަޔަނިސްޓުންނާއެކު ސޮއިކުރެވުނު އަބްރަހަމް އެކޯޑްސްއަށްފަހު ޔޫއޭއީ އާއި އިސްރާއީލާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމުކުރިތާ ދެ އަހަރު ފުރުނު ތަނާ އެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ވެސް މުސްލިމުންގެ މެދުގައި އެންމެ ބޮޑު ނުރުހުމަކާއި ފާޑުކިޔުމެއް އަމާޒުވީ ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މިފަހުން ރަސްމާލޭގެ ބިން 99 އަހަރަށް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު އެ ހަފުލާގައި ބައިވެރިވެ ޗުއްޕާގެ ދަށުގައި ހުރެ އެ ދެމަފިރިންނަށް އަރަބި ބަހުން ހެޔޮދުޢާ ކޮށްދިނުމުންނެވެ.

ބޭރުގެ ރައްބީންނާއި ޔޫއޭއީގައި އުޅޭ ޔަހޫދީ ޖަމާއަތުގެ އިސްވެރިން ވަނީ އެ ރަސްމިއްޔާތުގެ ދުޢާތަކާ ބަރަކާތުގެ ކިޔުންތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ވަނީ އެ ދެމަފިރިންނަށްޓަކައި ކިޔާ ހަތް ދުޢާގެ ތެރެއިން އެއް ދުޢާ ޢަރަބި ބަހުން ކިޔައިދީފަ އެވެ.

ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންގެ ލޭ އޮހޮރުވަމުންދާ ޒަޔަނިސްޓުންގެ ފިކުރަށް ހިތްވަރު ލިބޭ ގޮތަށް އަރަބި އިސްލާމީ ގައުމެއްގެ ވިޔަފާރިވެރިއަކު މިފަދަ ބޮޑު ދީނީ ހަފުލާއެއްގައި ބައިވެރިވެ ދުޢާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އޭރު ވެސް ވަނީ އަޑުއުފުލާފަ އެވެ.

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅިގެން، ރާއްޖޭގެ ސޯޝަލް މީޑިއާގައި މި ވާހަކަ އަނެއްކާ ވެސް ވަނީ ދެކެވެން ފަށާފަ އެވެ. މިގޮތުން، އެ އެއްބަސްވުމުގެ ހަގީގަތް ހޯދުމަށާއި، އަލައްބާރާ ގުޅޭގޮތުން ފެންމަތިވަމުންދާ ވާހަކަތަކާ މެދު އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ދީނީ އިލްމުވެރިން ވެސް މިކަމާ ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އެ ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރަމުން ބުނެފައިވަނީ މިއީ ނުހަނު ކަންބޮޑުވާންޖެހޭ، ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އަލައްބާރަކީ ޔަހޫދީންގެ ދީނީ އަދި އިޖުތިމާއީ ހަފުލާތަކުގައި ބައިވެރިވެ، ޔަހޫދީންގެ ބޮޑު ކައިވެނީގެ ހަފުލާއެއްގައި އެމީހުންގެ ދުޢާތައް އަރަބި ބަހުން ކިޔައިދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ ފަރާތެއް ކަމަށެވެ.

މިފަދަ ފަރާތަކަށް ރަސްމާލެ މަޝްރޫއުން ބޮޑެތި ފުރުސަތުތަކެއް ދިނުމަކީ، އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް ކަމަށެވެ. އަދި އެއީ އިސްލާމީ އުންމަތަށާއި ފަލަސްތީނުގެ ހައްޤުތަކަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމުން، މި ނިންމުން ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށެވެ.

މިފަދަ ކަންކަމުގެ ސަބަބުން، އަނިޔާ ލިބެމުންދާ މައުސޫމު ފަލަސްތީނު ރައްޔިތުންގެ ބަދު ދުޢާ ދިވެހި ރައްޔިތުންނަށް އަމާޒުވެ، އެ ޤައުމުގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދާ ފަދަ ހިތްދަތި ހާލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. މިފަދަ ފުރުސަތުތައް ފަހިވެގެން ހިނގައްޖެނަމަ، ރެޒިޑެންސީ ވިސާގެ ދަށުން މި ޤައުމުގައި ޔަހޫދީން ވަޒަންވެރިވެ، ދިވެހި ރައްޔިތުންނަށް ވެސް ޣައްޒާގެ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ހާލު ޖެހުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް ވެސް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

2022 ވަނަ އަހަރު ބޭއްވި މި ހަފުލާގައި ޔޫއޭއީގައި ހިމެނޭ ކްރިސްޓިއަން ކެތޮލިކް އަދި ބުދިސްޓުން ފަދަ އެކި ދީންތަކުގެ 20 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވި އެވެ. އަދި ޖަޕާން ދެކުނު ކޮރެއާ އަދި ފިންލޭންޑް ފަދަ ގައުމުތަކުގެ 20 އަށްވުރެ ގިނަ އިއްޒަތްތެރި ޑިޕްލޮމެޓުން ހާޒިރުވި އެވެ. ކައިވެނީގެ އުފާ ފާޅުކުރުންތައް ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ އެވެ.

ޔޫއޭއީ ސަރުކާރުން މިފަދަ ހަރަކާތްތައް ސިފަކުރަނީ ދީނީ ހަމަޖެހުމާއި އެކުވެރިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ނަމަވެސް، އިސްލާމީ އުންމަތުގެ ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އިސްރާއީލާއެކު ގުޅުން ބަދަހިކޮށް ފަލަސްތީނުގެ މައްސަލަ ފަސްއަޅައި ފޮރުވުމަށް ހިންގާ ނުރައްކާތެރި ސިޔާސީ އަދި ސަގާފީ މަސައްކަތެކެވެ. އަދި އަލައްބާރު ފަދަ ނުފޫޒުގަދަ އަރަބިން މިފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ މުޅި މުސްލިމް އުންމަތަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެ އެވެ.

މުޙައްމަދު އަލައްބާރުޔޫއޭއީ-އިޒްރާއިލްރަސްމާލެ އީގަލް ހިލްސް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް

08 އޮކްޓޯބަރު 2026
"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް
08 އޮކްޓޯބަރު 2026

500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު

08 އޮކްޓޯބަރު 2026
500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު
08 އޮކްޓޯބަރު 2026

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް

08 އޮކްޓޯބަރު 2026
ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް
07 އޮކްޓޯބަރު 2026

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!

07 އޮކްޓޯބަރު 2026
އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!
07 އޮކްޓޯބަރު 2026

ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި

07 އޮކްޓޯބަރު 2026
ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި
07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
06 އޮކްޓޯބަރު 2026

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

06 އޮކްޓޯބަރު 2026
އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު
05 އޮކްޓޯބަރު 2026

ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި

05 އޮކްޓޯބަރު 2026
ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި
05 އޮކްޓޯބަރު 2026

"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން

05 އޮކްޓޯބަރު 2026
"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން
05 އޮކްޓޯބަރު 2026

މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު

05 އޮކްޓޯބަރު 2026
މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް