Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

5 އޮކްޓޯބަރު 2026 | ހޯމަ 09:18

އިސްރާއީލުގައި މިހާރު ތިބި 3،000 އެއްހާ އެމެރިކާ ސިފައިންގެ އިތުރުން، ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ސިފައިންނާއި އަސްކަރީ މަތިންދާބޯޓުތައް އެ ސަރަހައްދަށް ފޮނުވުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުން. އީރާނާއެކު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އިސްރާއީލާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ދަނީ ކުއްލި ހާލަތްތަކަށް ތައްޔާރުވަމުން. މީގެ އިތުރުން، ޔަމަނުގެ ހޫޘީންގެ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ އިއްތިހާދުތަކަށް ބަދަލު އަންނާނެ ކަމަށް އިސްރާއީލުގެ މަސްދަރުތަކުން ލަފާކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 5 އޮކްޓޯބަރު 2026 | ހޯމަ 09:18
އިސްރާއީލުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންގެ ފައުޖެއް

އިސްރާއީލުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންގެ ފައުޖެއް | އަނަދޮލު އޭޖެންސީ

މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެކަމަށް ބަލައި، ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާއިން އިސްރާއީލަށް އިތުރު ސިފައިންނާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ތައްޔާރުވަމުންދާ ކަން އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ. މިއާއެކު، އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުގާނޫނީ ހަނގުރާމައިގެ ތެރެއިން އިސްރާއީލުން އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ފަށާފާނެ ކަމުގެ ސުވާލުތައް ވަނީ އުފެދިފަ އެވެ.

ނަން ހާމަކޮށްފައިނުވާ އިސްރާއީލުގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ވާލާއިން ބުނީ، މިހާރުވެސް އިސްރާއީލްގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ 3،000 އެއްހާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ މީހުންގެ ވާޖިބުތަކުގެ ތެރޭގައި ޕައިލެޓުންނާއި، ސަޕޯޓް ކުރޫންނާއި، ލޮޖިސްޓިކްސް މުވައްޒަފުންގެ އިތުރުން އަސްކަރީ މައި މަރުކަޒުތަކުގައި މަސައްކަތްކުރާ ސިފައިންނާއެކު ވައިގެ ދިފާއީ ނިޒާމުތައް އޮޕަރޭޓްކުރުން ހިމެނޭކަމަށް އެ ނޫހުން ބުނެ އެވެ.

Advertisement - worldAdvertisement

މި ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ޔުނިޓުތަކުގެ ޑިޕްލޯއިމަންޓް މުއްދަތު ހަމަވުމާ ގުޅިގެން، ފަހަކަށް އައިސް އެމެރިކާގެ އަސްކަރިއްޔާއިން އާންމުކޮށް ސިފައިން ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. "މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެކަމަށް ތައްޔާރުވުމުގެ ގޮތުން" ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ސިފައިންނާއި ބޯޓުތައް އަންނާނެކަމަށް ބެލެވޭކަމަށް އިސްރާއީލުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކުރި އެވެ.

މި ރިޕޯޓު އާންމުކޮށްފައި ވަނީ އީރާނާއެކު އޮތް ނުތަނަވަސްކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން އިތުރު ސިފައިންނާއި ކަނޑުގެ އަސްކަރީ އުޅަނދުތައް ފޮނުވަމުންދާ ކަމުގެ ރިޕޯޓުތައް ވެސް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރެއް ވެސް ހިމެނެ އެވެ. މިއާއެކު، މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

ނަން ހާމަކޮށްފައިނުވާ އިސްރާއީލްގެ ސަލާމަތީ އިސް އޮފިޝަލަކު ވާލާއަށް މައުލޫމާތު ދެމުން ބުނީ، އިސްރާއީލްގެ ދުޝްމަނުން އިސްރާއީލާއި އެމެރިކާގެ އިންތިޚާބުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި، ފުޅާ ދާއިރާއެއްގައި ހަމަނުޖެހުންތައް ނުއުފައްދައި، މަސްރަހު ގޯސްކޮށްލުމަށް ދޭ ހަމަލާތަކެއް މެދުވެރިކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވޭނެތޯއާއި ނުފޫޒު ފޯރުވާނެ ގޮތްތައް އެ ފަރާތްތަކުން ވަޒަންކުރަމުންދާ ކަމަށެވެ. "މި ފަހަރު އިސްރާއީލްގެ ރައްދު ވަރަށް ވަރުގަދަވާނެ ކަން އެ މީހުންނަށް ވިސްނޭނެ،" އިސްރާއީލުގެ އޮފިޝަލް ބުންޏެވެ.

އީރާނާއެކު ކުރިމަތިލުމަކަށް ތައްޔާރުވުން

ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، އީރާނާއެކު އަލުން ކުރިމަތިލުމަކަށް ދިއުމަށް ނުވަތަ ސަލާމަތީ މަސްރަހު ކުއްލިއަކަށް ގޯސްވެދާނެ ހާލަތަކަށް އިސްރާއީލްގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމަށް ވާލާއިން ބުނެ އެވެ. އެ ތައްޔާރީތަކުގެ ބައެއްގެ ގޮތުން، ފުޅާ ދާއިރާއެއްގައި ހިނގާފާނެ ކުރިމަތިލުމެއްގައި އިސްރާއީލަށް ހިންގިދާނެ އޮޕަރޭޝަންތަކަށާއި އީރާނުގެ އެތެރޭގެ އަމާޒުތަކަށް ސަމާލުކަން ދެމުންދާކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

އީރާނުން ދީފާނެ މިސައިލް ހަމަލާތަކެއްގެ ހާލަތްތަކަށް ތައްޔާރުވުމަށް ޓަކައި، އިސްރާއީލާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑާ (ސެންޓްކޮމް) ދެމެދު އަސްކަރީ ގޮތުން ގާތުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

މި ކަންކަން މި ގޮތަށް ހިނގަމުންދާއިރު، އިންސާފުވެރި ހައްލަކަށް ވާސިލުވުމަށް ޑިޕްލޮމެޓިކް މަގު އިހުތިޔާރުކުރަން އީރާނުން ތައްޔާރަށް އޮތްކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤިޗީ ވަނީ ވިދާޅުވެފަ އެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، ތެހެރާނުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް މަންދޫބުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއެންއޭއިން ރިޕޯޓުކޮށްފައިވެ އެވެ.

ސެޕްޓެންބަރު މަހުގެ ފަހުކޮޅު އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުންތަކުގައި، ގަތަރު މެދުވެރިކޮށް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭ ހަތް ޝަރުތެއް އީރާނުން ވަނީ ވޮޝިންގޓަނަށް ހުށަހަޅާފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ޝަރުތުތައް ވޮޝިންގޓަނުން ގަބޫލުކޮށްފައި ނުވާ ކަމަށެވެ.

ސަރަހައްދީ އިއްތިހާދުތަކަށް ކޮށްފާނެ އަސަރު

ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތާއި ޔަމަނުގެ އަސްކަރިއްޔާގެ އިތުރުން ސައޫދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ލަޝްކަރާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން، ސަރަހައްދީ އެއްބަސްވުންތަކަށް އަސަރުކޮށްފާނެ ކަމަށް އިސްރާއީލްގެ އަސްކަރީ އޮފިޝަލުންނަށް ގަބޫލުކުރެވޭ ކަމަށް ވެސް ވާލާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިސްރާއީލުން އަންދާޒާކުރާ ގޮތުގައި މި ކަމުގެ ސަބަބުން، ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތާ (ޔޫއޭއީ) ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ. އަދި، ލުބުނާނާއި އެ ޤައުމުގައި އޮންނަ އީރާނުގެ ނުފޫޒު ފަދަ އެހެނިހެން މައްސަލަތަކަށް ސަރަހައްދީ އެއްބަސްވުންތަކުގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކާ މި ކަން ގުޅިފައިވާ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

އިސްރާއީލްގެ ސަލާމަތީ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާލާއަށް ބުނީ، "މިހާރު ހޫޘީންނާ ދެކޮޅަށް ހިންގަމުންދާ ކުރިމަތިލުމުގައި ބައިވެރިނުވާ މީހުން އެކަނިވެރިވެ، އެ މީހުންގެ ހަމަލާތަކާ އެ ގޮތަށް ކުރިމަތިލާން ޖެހޭނެ" ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޔަމަނުގެ ސަރުކާރު ސިފައިންނާއި ހޫޘީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ސެޕްޓެންބަރު މަހު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. މި ގޮތުން، މުހިންމު ރަށެއް ކަމަށްވާ މުޚާ ހިމެނޭހެން އަލް-ހުދައިދާ އަދި ތަޢިއްޒު ފަދަ ޕްރޮވިންސްތަކުގެ މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް އެ ޖަމާއަތުން ނަގައި، ބާބް އަލް-މަންދަބް ކަނޑުއޮޅި ކައިރީގައި އޮތް މައްޔޫން ޖަޒީރާ ވެސް އެ ޖަމާއަތުން ވަނީ ހިފާފަ އެވެ.

2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހޫޘީން ވެރިރަށް ޞަންޢާއާއި ބައެއް ޕްރޮވިންސްތައް ހިފިފަހުން ޔަމަނު ވަނީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން ވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހު އެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އެމެރިކާޔަމަންހޫޡީޑޮނަލްޑް ޓްރަމްޕްއީރާންއިސްރާއީލް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި

05 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި
05 އޮކްޓޯބަރު 2026

ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު

05 އޮކްޓޯބަރު 2026
ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު
05 އޮކްޓޯބަރު 2026

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

05 އޮކްޓޯބަރު 2026
އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން
05 އޮކްޓޯބަރު 2026

2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު

05 އޮކްޓޯބަރު 2026
2023 އޮކްޓޫބަރަށްފަހު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް 62,916 ހަމަލާދީފައިވޭ: ރިޕޯޓު
05 އޮކްޓޯބަރު 2026

ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި

05 އޮކްޓޯބަރު 2026
ޣައްޒާ ގަތުލުއާންމު ފެށިފަހުން ފަލަސްތީނުގެ 800 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލައިފި
05 އޮކްޓޯބަރު 2026

ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ

05 އޮކްޓޯބަރު 2026
ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ
04 އޮކްޓޯބަރު 2026

އީރާނުން އޮތީ ހަނގުރާމަކުރަން ވެސް، މަޝްވަރާކުރަން ވެސް ތައްޔާރަށް: ޤާލީބާފް

04 އޮކްޓޯބަރު 2026
އީރާނުން އޮތީ ހަނގުރާމަކުރަން ވެސް، މަޝްވަރާކުރަން ވެސް ތައްޔާރަށް: ޤާލީބާފް
04 އޮކްޓޯބަރު 2026

އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ

04 އޮކްޓޯބަރު 2026
އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ
04 އޮކްޓޯބަރު 2026

އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ

04 އޮކްޓޯބަރު 2026
އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ
03 އޮކްޓޯބަރު 2026

ޔަމަނުގެ އަހުލީހަނގުރާމައާއެކު ބަނޑުހައިހޫނުކަމުގެ ކާރިސާއެއް: ކޮންމެ 4 އާއިލާއަކުން 3 އާއިލާއަކަށް ކާބޯތަކެތީގެ ދަތިކަން

03 އޮކްޓޯބަރު 2026
ޔަމަނުގެ އަހުލީހަނގުރާމައާއެކު ބަނޑުހައިހޫނުކަމުގެ ކާރިސާއެއް: ކޮންމެ 4 އާއިލާއަކުން 3 އާއިލާއަކަށް ކާބޯތަކެތީގެ ދަތިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް