Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހިމަބިހީގެ ބަލިމަޑުކަން

ނިއު ޒިލެންޑުން ވެސް ހިމަބިހި ޖެހިފައިވާ މީހެއް ފެނި، އޭނާއާ އެއްތަންވި މީހުން ހޯދަން ފަށައިފި

8 އޮކްޓޯބަރު 2026 | ބުރާސްފަތި 08:12

ސްކޫލް ބަންދާ ދިމާކޮށް ބޭރު ގައުމުތަކަށް ދަތުރުކުރުން އިތުރުވުމާ ގުޅިގެން، ނިއު ޒިލެންޑަށް ހިމަބިހި އެތެރެވުމުގެ ނުރައްކާ ބޮޑުވެފައިވާތީ ސިއްހީ މާހިރުން އިންޒާރު ދީފި. ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެމްއާރް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 08:12
ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ކުޑަކުއްޖެއްގެ އަތުގައި މީހަކު ހިފަހައްޓައިގެން

ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ކުޑަކުއްޖެއްގެ އަތުގައި މީހަކު ހިފަހައްޓައިގެން | އަނަދޮލު އޭޖެންސީ

ބޭރު ޤައުމުތަކަށް ދަތުރުކުރުން އިތުރުވުމާ ގުޅިގެން، ނިއު ޒިލެންޑުން ވެސް ހިމަބިހި ޖެހިފައިވާ މީހަކު ފެނިފައިވާ ކަން އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ހާމަކޮށްފި އެވެ. އެ ޤައުމުގެ އާންމު ސިއްހަތާ ބެހޭ އިދާރާ، ހެލްތު ނިއު ޒިލެންޑުން ބުނީ، ބަލި ޖެހުނު މީހާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި, އޭނާއާ ގާތުން އެއްތަންވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރި އެވެ.

ސްކޫލް ބަންދުގައި ބޭރު ޤައުމުތަކަށް ދަތުރުފަތުރު ކުރުން އިތުރުވުމުގެ ސަބަބުން ބޭރުން ބަލިތައް އެތެރެވުމުގެ ނުރައްކާ ބޮޑުވާކަމަށް، ގްރޭޓަރ ވެލިންގޓަންގެ މެޑިކަލް އޮފިސަރ ޑރ. ކްރެއިގް ތޯންލީ ވަނީ އިންޒާރުދެއްވާފަ އެވެ. "ސްކޫލް ބަންދު ތެރޭގައި ގިނަ ބަޔަކު ޤައުމުން ބޭރަށް ދަތުރުކޮށް ނުވަތަ އެނބުރި އަންނައިރު، މި ކޭހަކީ ކޮންމެ ވަގުތަކު ވެސް ނިއު ޒިލެންޑަށް ހިމަބިހި އެތެރެވެދާނެ ކަމުގެ އިންޒާރެއް،" ތޯންލީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ހުންއައުމާއި، ކެއްސުމާއި، ނޭފަތުން ފެންއައުމާއި، ލޯ ރަތްވުމާއި، ހަމުގައި ބިހިނެގުން ފަދަ އަލާމާތްތައް ފެނޭތޯ ބެލުމަށް އޭނާ އާންމުންނަށް އިލްތިމާސްކުރެއްވި އެވެ. އަދި, ބައްޔަށް ހުށަހެޅިފައިވާކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ސިއްހީ ލަފާ ހޯދުމަށް ވެސް ތޯންލީ އެދިވަޑައިގެންނެވި އެވެ.

ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ޓަކައި، އަލާމާތްތައް ފެންނަ ކޮންމެ މީހަކު ވެސް ގޭގައި މަޑުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފަ އެވެ. މިއާއެކު، ސިއްހީ ފަރުވާދޭ ތަންތަނަށް ދިއުމުގެ ކުރިން ސިއްހީ އެހީތެރިންނާ ގުޅުމަށް ވަނީ ލަފާދީފަ އެވެ.

ހިމަބިހި، ކޯފުއްޕި، އަދި ރުބެއްލާ (އެމްއެމްއާރް) ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ބަލިން ފުރިހަމަ ރައްކާތެރިކަން ލިބޭނެކަން ފާހަގަކުރައްވައި، ވެކްސިން ޖެހުމުގެ މުހިންމުކަމަށް ތޯންލީ ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވި އެވެ. ބަލި ފެތުރިފައިވާ ތަންތަނުގެ އެންމެ ފަހުގެ މައުލޫމާތާއި އާންމު ސިއްހަތާ ގުޅޭ ލަފާ ހޯދުމަށް ޓަކައި، އެ އިދާރާގެ ވެބްސައިޓް ގަވާއިދުން ބެލުމަށް ހެލްތު ނިއު ޒިލެންޑުން ވަނީ އާންމުންނަށް ގޮވާލާފަ އެވެ.

ނިއު ޒިލެންޑުގައި 2025 ވަނަ އަހަރު ފެތުރުނު ހިމަބިހީގެ ރޯގާ ނިމުމަކަށް އައިސްފައިވީ ނަމަވެސް، އަލުން ބަލި ފެތުރުމުގެ ނުރައްކާ އެ ޤައުމަށް އޮތް ކަމަށް ނިއު ޒިލެންޑުގެ އިމިއުނައިޒޭޝަން އެޑްވައިޒަރީ ސެންޓަރުން ޖުލައި މަހު ވަނީ އިންޒާރުދީފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ނިއުޒީލެންޑުހިމަބިހިއެމް.އެމް.އާރް ވެކްސިން

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2026

ހިމަބިހި ފެތުރުން ކޮންޓްރޯލްނުވެ، ނިއު ޔޯކް ސްޓޭޓުގައި ކުއްލި ނުރައްކަލުގެ ހާލަތު!

06 އޮކްޓޯބަރު 2026
ހިމަބިހި ފެތުރުން ކޮންޓްރޯލްނުވެ، ނިއު ޔޯކް ސްޓޭޓުގައި ކުއްލި ނުރައްކަލުގެ ހާލަތު!
17 ސެޕްޓެމްބަރު 2026

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި ޖެހިގެން 1،000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ

17 ސެޕްޓެމްބަރު 2026
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި ޖެހިގެން 1،000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
15 ސެޕްޓެމްބަރު 2026

ވޭތުވެދިޔަ ހަފްތާގައި ހިމަބިއްސަށް އިތުރު 5 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 269ށް!

15 ސެޕްޓެމްބަރު 2026
ވޭތުވެދިޔަ ހަފްތާގައި ހިމަބިއްސަށް އިތުރު 5 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 269ށް!
26 އޯގަސްޓު 2026

މިދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް، އަހަރުގެ މިހާތަނަށް 243 ކޭސް ރިޕޯޓުކޮށްފައިވޭ!

26 އޯގަސްޓު 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް، އަހަރުގެ މިހާތަނަށް 243 ކޭސް ރިޕޯޓުކޮށްފައިވޭ!
24 އޯގަސްޓު 2026

ނިއުޒީލެންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ބިލު ޤާނޫނު ހަދާ މަޖިލީހަށް

24 އޯގަސްޓު 2026
ނިއުޒީލެންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ބިލު ޤާނޫނު ހަދާ މަޖިލީހަށް
14 އޯގަސްޓު 2026

ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

14 އޯގަސްޓު 2026
ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
09 އޯގަސްޓު 2026

ހިމަބިހީގެ ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވުން: އެޗްޕީއޭއިން ބުނީ އެހެން ދިމާވަނީ ލެބޯޓަރީއަށް ސާމްޕަލް ލިބުން ލަސްވާތީކަމަށް

09 އޯގަސްޓު 2026
ހިމަބިހީގެ ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވުން: އެޗްޕީއޭއިން ބުނީ އެހެން ދިމާވަނީ ލެބޯޓަރީއަށް ސާމްޕަލް ލިބުން ލަސްވާތީކަމަށް
02 އޯގަސްޓު 2026

ނިއުޒިލެންޑުގެ ނޯތު އައިލެންޑަށް 5.9ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

02 އޯގަސްޓު 2026
ނިއުޒިލެންޑުގެ ނޯތު އައިލެންޑަށް 5.9ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
29 ޖުލައި 2026

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް: މިދިޔަ ހަފުތާގައި އެކަނިވެސް 20 ކޭސް

29 ޖުލައި 2026
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް: މިދިޔަ ހަފުތާގައި އެކަނިވެސް 20 ކޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް