Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިމަބިހި

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް: މިދިޔަ ހަފުތާގައި އެކަނިވެސް 20 ކޭސް

29 ޖުލައި 2026 | ބުދަ 07:50

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ހާއްސަ ވެކްސިން ކެމްޕޭނެއް ފަށާފައިވާއިރު، މިހާތަނަށް 9،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައި. ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އެ އެޖެންސީން އިލްތިމާސްކުރޭ

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 29 ޖުލައި 2026 | ބުދަ 07:50
ޑިވެހިރާއްޖޭގެ ވެކްސިން ސެންޓަރެއްގައި 49 އަހަރުން ދަށުގެ ބޮޑެތި މީހުންނަށް ހިމަބިހި (އެމްއާރު) ވެކްސިން ދެނީ

ޑިވެހިރާއްޖޭގެ ވެކްސިން ސެންޓަރެއްގައި 49 އަހަރުން ދަށުގެ ބޮޑެތި މީހުންނަށް ހިމަބިހި (އެމްއާރު) ވެކްސިން ދެނީ | ރާއްޖެއެމްވީ

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް އަލަށް 20 މީހަކަށް މި ބަލި ޖެހިފައިވެ އެވެ.

ރާއްޖެއިން އަލުން ހިމަބިހި ފެނުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ހާއްސަ ވެކްސިން ކެމްޕެއިނެއް ފަށައިފަ އެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 9،900 އަށްވުރެ ގިނަ މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެ އެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ. މީގެއިތުރުން، ބަލިޖެހިފައިވާ މީހަކާ ސީދާ ދިމާވިކަން އެނގޭ ފަރާތްތަކުން، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުތަކުގައި ވެކްސިން ޖެހުމަށް ވެސް ވަނީ އެދިފަ އެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓެއް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން އެކަހެރިވެގެން ތިބުމަށް ވެސް ވަނީ އަންގާފަ އެވެ. ސިއްހީ މާހިރުން އިރުޝާދު ދޭ ގޮތުގައި، ގަދައަށް ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަންވާނެ އެވެ. ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ޓެކްސީ ނުވަތަ ބަސް ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި މުޅިން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެކި ފަހަރުމަތިން ރާއްޖެއިން މި ބަލީގެ ކޭސްތައް ފެނިފައިވާތީ، ކަމާ ގުޅުންހުރި އިދާރާތަކުން އޭރު ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.

ހިމަބިހިހެލްތު ޕްރޮޓެކްޝަން އެޖެންސީ

އިތުރަށް ކިޔާލަން

21 ޖުލައި 2026

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް

21 ޖުލައި 2026
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް
13 ޖުލައި 2026

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

13 ޖުލައި 2026
ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
09 ޖުލައި 2026

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

09 ޖުލައި 2026
49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި

30 ޖޫން 2026
އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި
28 ޖޫން 2026

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

28 ޖޫން 2026
މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް