Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިމަބިހި

ހިމަބިހީގެ ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވުން: އެޗްޕީއޭއިން ބުނީ އެހެން ދިމާވަނީ ލެބޯޓަރީއަށް ސާމްޕަލް ލިބުން ލަސްވާތީކަމަށް

9 އޯގަސްޓު 2026 | އާދީއްތަ 05:50

ސާމްޕަލްގެ ނަތީޖާ ލިބުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އާންމުން ދަނީ ބުނަމުން. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލުން ސާމްޕަލް ނެގި މީހަކަށް ގިނަ ދުވަސްތަކެއް ވީއިރުވެސް ނަތީޖާ ނުލިބިގެން އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ގުޅުމުން، ނަތީޖާ ލިބޭނީ 5 ދުވަހާއި 7 ދުވަހާ ދެމެދު ކަމަށް ބުނެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އޯގަސްޓު 2026 | އާދީއްތަ 05:50
ހިމަބިހި ޖެހުމުން ވެކްސިން ޖެހުން

ހިމަބިހި ޖެހުމުން ވެކްސިން ޖެހުން | ރާއްޖެއެމްވީ

ހިމަބިހި ނުވަތަ މީސަލްސްއަށް ޝައްކު ކުރެވިގެން ނަގާ ސާމްޕަލްތަކުގެ ނަތީޖާ، އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ލިބޭތާ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު ލިބޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ހިމަބިހީގެ ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވެ، ރަށްރަށުން މާލެ އައިސް އުޅޭ ގިނަ ބަޔަކު އެނބުރި ރަށަށް ނުދެވި މާލޭގައި މަޑުކުރަން ޖެހިފައިވާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އިތުރަށް ބުނީ، ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގާ މީހުން އައިސޮލޭޝަންގައި ނުވަތަ އެކަހެރިވެގެން ތިބެންޖެހޭ މުއްދަތަކީ "ރޭޝް" ފެންނަ ދުވަހުން ފެށިގެން 4 ދުވަސް ކަމަށެވެ. އަދި އެ މުއްދަތަށްފަހު އަނބުރާ މުޖުތަމައުގެ ތެރެއަށް ނުކުމެ އުޅުމުގެ ހުއްދަ ދޭނެ ކަމަށްވެސް އެ އެޖެންސީން މައުލޫމާތުދެ އެވެ.

މިހާރު ލެބް ޓެސްޓު ހަދާ، ސާމްޕަލް ނަގާފައި ސާމްޕަލް ނަގާ ލޮކޭޝަނަކުން އައިޖީއެމްއެޗަށް ފޮނުވީމާ އައިޖީއެމްއެޗަށް ސާމްޕަލް ރީޗްވާ ފަހުން އަޅުގަނޑުމެން މި ބުނަނީ 24 ގަޑިއިރާ 48 ގަޑިއިރޭ، އެހެންވީމާ ފަހަރެއްގާ ސާމްޕަލް ނަގާ ލޮކޭޝަނަކުން އައިޖީއެމްއެޗަށް ސާމްޕަލް ނުދަންޏާ ކޮންމެވެސް ވަރަކަށް ޑިލޭތައް އައިސްދާނެ
އެޗްޕީއޭ

ނަމަވެސް ސާމްޕަލްގެ ނަތީޖާ ލިބުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އާންމުން ދަނީ ބުނަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލުން ސާމްޕަލް ނެގި މީހަކަށް ގިނަ ދުވަސްތަކެއް ވީއިރުވެސް ނަތީޖާ ނުލިބިގެން އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ގުޅުމުން، ނަތީޖާ ލިބޭނީ 5 ދުވަހާއި 7 ދުވަހާ ދެމެދު ކަމަށް ބުނެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އަދި އޭނާ މިހާރު އާންމުންގެ ތެރެއަށް ނުކުމެ އުޅުނަސް އެންމެ ރަނގަޅު ކަމަށް ލެބޯޓަރީން އޭނާއަށް އަންގާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ރާއްޖޭގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާއިރު، އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ޖުމްލަ 199 ކޭސް ވަނީ ފެނިފަ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސާމްޕަލް ނެގުމާއި ވެކްސިން ޖެހުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ހިމަބިހިހެލްތު ޕްރޮޓެކްޝަން އެޖެންސީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

02 އޯގަސްޓު 2026
އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
29 ޖުލައި 2026

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް: މިދިޔަ ހަފުތާގައި އެކަނިވެސް 20 ކޭސް

29 ޖުލައި 2026
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް: މިދިޔަ ހަފުތާގައި އެކަނިވެސް 20 ކޭސް
21 ޖުލައި 2026

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް

21 ޖުލައި 2026
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް
13 ޖުލައި 2026

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

13 ޖުލައި 2026
ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
09 ޖުލައި 2026

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

09 ޖުލައި 2026
49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި

30 ޖޫން 2026
އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް