Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހިމަބިހީގެ ބަލިމަޑުކަން

ހިމަބިހި ފެތުރުން ކޮންޓްރޯލްނުވެ، ނިއު ޔޯކް ސްޓޭޓުގައި ކުއްލި ނުރައްކަލުގެ ހާލަތު!

6 އޮކްޓޯބަރު 2026 | އަންގާރަ 08:04

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ހިމަބިހި ފެތުރޭ މިންވަރު އިތުރުވެފައިވަނީ ވެކްސިން ޖަހާ ނިސްބަތް ދަށްވުމުގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ބުނެފި. މި ބަލި ކޮންޓްރޯލް ކުރުމަށް އާބާދީގެ %95 މީހުން ވެކްސިން ފުރިހަމަކުރަން ޖެހޭއިރު، ބަލި ފެތުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 6 އޮކްޓޯބަރު 2026 | އަންގާރަ 08:04
ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެމްއާރްއެމް ވެކްސިން ޖަހައިދިނުމަށް ނަރުހަކު އިންޖެކްޝަނެއް ތައްޔާރު ކުރަނީ

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެމްއާރްއެމް ވެކްސިން ޖަހައިދިނުމަށް ނަރުހަކު އިންޖެކްޝަނެއް ތައްޔާރު ކުރަނީ | އޭޕީ

އެމެރިކާގައި މީގެ ކުރިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ މީސްލްސް ނުވަތަ ހިމަބިހި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުންދާތީ، އެ ބަލި ފެތުރެމުންދާ ކަމަށް ކަނޑައަޅައި، ނިއު ޔޯކް ސްޓޭޓުގައި ކާރިސާއާ ގުޅޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ. ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް މީސްލްސް-މަމްޕްސް-ރުބެއްލާ (އެމްއެމްއާރް) ވެކްސިން ދިނުމުގެ ފުރުސަތު ވަގުތީ ގޮތުން ފުޅާކުރައްވަމުން ގެންދަވާކަމަށް ނިއު ޔޯކްގެ ގަވަރުނަރު ކެތީ ހޯކުލް ހޯމަ ދުވަހު ވިދާޅުވި އެވެ.

"ވެކްސިން ދީގެން ރައްކާތެރިކުރެވޭނެ ބައްޔެއްގައި އެއްވެސް މީހަކަށް ސީރިއަސްކޮށް ބަލިވެ، ނުވަތަ ފުރާނަ ގެއްލިގެން ނުވާނެ،" ހޯކުލް ވިދާޅުވި އެވެ. މި އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހާ ހަމައަށް ނިއު ޔޯކުން ހިމަބިހީގެ 108 ވޭދަނަ ރިޕޯޓުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި، މި އިއުލާން ނޮވެންބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

2025 ވަނަ އަހަރު ހިމަބިހީގެ ކޭސްތައް އިތުރުވާން ފެށިފަހުން، ގަވަރުނަރު ހޯކުލް މި ކުރެއްވި އިއުލާނަކީ މި ފަދަ ހާލަތެއް އިއުލާންކުރި ފުރަތަމަ ފަހަރެވެ. ނިއު ޔޯކް ސިޓީގައި 7 ވޭދަނަ އަދި ސްޓޭޓްގެ އެހެން ސަރަހައްދުތަކުގައި 101 ވޭދަނަ ރިޕޯޓުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ވެކްސިން ޖަހާފައިވާ ނިސްބަތް ދަށް، ރަށްފުށުގެ މަދު ސަރަހައްދުތަކެއްގައޮ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 92 ވޭދަނަ ރިޕޯޓުކޮށްފައިވާ ކަން ވެސް ހޯކުލް ފާހަގަކުރެއްވި އެވެ.

ނިއު ޔޯކް ސްޓޭޓާ އިންވެގެން އޮތް ޕެންސިލްވޭނިއާގެ އޮފިޝަލުން ވެސް ވަނީ، އެ ސްޓޭޓުން މި އަހަރު މީސްލްސް ޖެހުނު މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް ގޮސްފައިވާކަން އިއުލާންކޮށްފަ އެވެ. މިއީ، ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި އެމެރިކާގައި މި ބަލި އެންމެ ބޮޑަށް ފެތުރިގެންދިޔަ މި ފަހަރެވެ. ޓެކްސަސް، ޔޫޓާ، އޮހާޔޯ އަދި ދެކުނު ކެރޮލައިނާގައި ވެސް މި ބަލި ފެތުރެމުންދާ ކަން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މި ބަލި އަލުން ފެތުރެން މެދުވެރިވި މައިގަނޑު ސަބަބަކީ ބަލި ފެތުރުން ހުއްޓުވުމަށް ބޭނުންވާ މިންވަރަށްވުރެ ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު މަދުވުމެވެ. މި ބަލި ފެތުރުން މުޅިން ކޮންޓްރޯލް ކުރުމަށް އާބާދީގެ %95 އަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވާންޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ، ވެކްސިން ޖަހާ މިންވަރު ދަށްވުމަށް މަގުފަހިވީ ވެކްސިނާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އާންމުންގެ މެދުގައި މަގުބޫލުކަން ލިބިގެން ދިއުމުން ކަމަށެވެ. މި ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ވެސް މިކަމަށް ތާއީދުކުރާ ފަރާތްތައް ތިބިއިރު، އޭގެ ތެރޭގައި ސިއްހަތާބެހޭ ވަޒީރު ރޮބަޓް އެފް. ކެނެޑީ ޖޫނިއަރ ހިމެނިވަޑައިގަންނަވަ އެވެ.

2000 ވަނަ އަހަރާ ހަމައަށް އައިއިރު އެމެރިކާގެ އެތެރޭގައި ހިމަބިހި ފެތުރުން އޮތީ ކޮންޓްރޯލް ކުރެވިފަ އެވެ. އެންމެ ފަހުން 1،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވަނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ނިއު ޔޯކް ސިޓީގައެވެ. އެ ފަހަރު ވެސް މި ބަލި ފެތުރުން ކޮންޓްރޯލްކުރަން އެތައް އަހަރެއް ހޭދަވި އެވެ.

އެމެރިކާއާއި މެކްސިކޯއަކީ ހިމަބިހިން ރައްކާތެރިވެފައިވާ ޤައުމުތަކެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާނީތޯ، ނުވަތަ އާންމު ސިއްހަތާގުޅޭ އެ ކަނޑައެޅުންތަކަށް ބަދަލު ގެންނާނީތޯ ނިންމުމަށް، ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަންގެ (ޕާހޯ) ބައިނަލްއަގުވާމީ އޮފިޝަލުން ނޮވެންބަރު މަހު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޖަމާއަތުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، "އެމެރިކާ ބައްރުގެ ޤައުމުތަކުގައި ބަލި ފެތުރުން ހުއްޓުވުމަށާއި ހިމަބިހި ނައްތާލެވިފައިވާ ހާލަތު ދެމެހެއްޓުމުގެ އަސާސީ ތަނބުތަކެއްގެ ގޮތުގައި، ވެކްސިން ދޭ މިންވަރު މަތީގައި އަދި ހަމަހަމަކޮށް ހިފެހެއްޓުމާއި، އެޕިޑެމިއޮލޮޖިކަލް ސަވައިލެންސް ހަރުދަނާކުރުމާއި، ބަލި ފެތުރޭ ހާލަތްތަކުގައި ވަގުތުން ފިޔަވަޅު އެޅުން ކަށަވަރުކުރުމުގެ މުހިންމުކަން ތަކުރާރުކުރާ" ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާހިމަބިހިނިއުޔޯކްކެތީ ހޯކުލް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ

05 އޮކްޓޯބަރު 2026
ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ
04 އޮކްޓޯބަރު 2026

އީރާނުން އޮތީ ހަނގުރާމަކުރަން ވެސް، މަޝްވަރާކުރަން ވެސް ތައްޔާރަށް: ޤާލީބާފް

04 އޮކްޓޯބަރު 2026
އީރާނުން އޮތީ ހަނގުރާމަކުރަން ވެސް، މަޝްވަރާކުރަން ވެސް ތައްޔާރަށް: ޤާލީބާފް
04 އޮކްޓޯބަރު 2026

އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ

04 އޮކްޓޯބަރު 2026
އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ
03 އޮކްޓޯބަރު 2026

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

03 އޮކްޓޯބަރު 2026
ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި
01 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އެއާބޭހަކަށް ދޭން އުޅުނުކަމަށް ބުނާ ހަމަލާއާ އީރާނާ ގުޅުވައިފި، ނަމަވެސް އެއްވެސް ގޮވާއެއްޗެއް ނުފެނޭ

01 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އެއާބޭހަކަށް ދޭން އުޅުނުކަމަށް ބުނާ ހަމަލާއާ އީރާނާ ގުޅުވައިފި، ނަމަވެސް އެއްވެސް ގޮވާއެއްޗެއް ނުފެނޭ
01 އޮކްޓޯބަރު 2026

ލުބުނާނުގެ ބިންތަކުން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ބޭލޭނީ އިސްރާއީލާ މަޝްވަރާކޮށްގެން: ލުބުނާންގެ ޚާރިޖީ ވަޒީރު

01 އޮކްޓޯބަރު 2026
ލުބުނާނުގެ ބިންތަކުން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ބޭލޭނީ އިސްރާއީލާ މަޝްވަރާކޮށްގެން: ލުބުނާންގެ ޚާރިޖީ ވަޒީރު
28 ސެޕްޓެމްބަރު 2026

އެމެރިކާގެ އިރުއުތުރަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް!

28 ސެޕްޓެމްބަރު 2026
އެމެރިކާގެ އިރުއުތުރަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް!
28 ސެޕްޓެމްބަރު 2026

ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ

28 ސެޕްޓެމްބަރު 2026
ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ
25 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް ޔޫއޭއީން ހުރަސްއަޅަން ފަށައިފި

25 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް ޔޫއޭއީން ހުރަސްއަޅަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް