ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ހިންގި ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
7 އޮކްޓޯބަރު 2026 | ބުދަ 11:12ބީއެމްއެލް ފަންޑުގެ އެހީގައި ނަރުހުންގެ ޖަމިއްޔާއިން ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށާއި ބަލިމީހުން މުޖުތަމައަށް ނެރުމަށް ހިންގި މުހިންމު ހަރަކާތެއް. ތަމްރީނު ސެޝަންތަކާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިން މި މަޝްރޫއުގެ ދަށުން ސަތޭކައަށްވުރެ ގިނަ މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. މިފަދަ އިޖުތިމާއީ މަޝްރޫއުތަކަށް ބޭންކުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން


ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެކެވެ. މީގެއިތުރުން، އެފަދަ ފަރާތްތައް މުޖުތަމައަށް ނެރެ އަހުލުވެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ޚާއްސަ އިސްކަމެއް ދީފަ އެވެ.

ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް | ބީއެމްއެލް
އެމްއެންއޭ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވެ އެވެ. އަދި މި ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ބީއެމްއެލް އިން ބުނީ ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާއީ މަޝްރޫއުތަކަށް ބޭންކުން އަބަދުވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.










