Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ބީއެމްއެލް ރުފިޔާ ކާޑު ބޭނުންކޮށްގެން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކޮންމެ ދުވަހަކަށް ބޭނުން ކުރެވޭނެ ލިމިޓްތަކެއް ކަނޑައަޅައިފި

13 ސެޕްޓެމްބަރު 2026 | އާދީއްތަ 06:20

ބޭރު ފައިސާގެ ތަަނަވަސްކަން ހުރި މިންވަރަށް ބަލައި، ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ކުރެވޭ މުއާމަލާތްތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ކަނޑައަޅައިފި. މި ބަދަލަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ބޭންކުގެ މާލީ ހަމަޖެހުން ހިފެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 06:20
ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް

ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރެވޭނެ ދުވާލުގެ ލިމިޓްތަކެއް ކަނޑައަޅައި، އެކަން އެ ބޭންކުން އިއުލާނުކޮށްފި އެވެ.

ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އަދި ދޭތެރެ ދޭތެރެއިން މުރާޖައާ ކުރެވޭ ގޮތަށް ކަނޑައެޅި މި އައު ލިމިޓްތަކަށް އަމަލުކުރަން ފަށާނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

Advertisement - newsAdvertisement

މި ބަދަލު ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ، ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. ޚާއްސަކޮށް އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރުގެ މިންވަރު މިހާރު ހުރީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި މިންވަރަށްވުރެ މަތީގައި ކަމަށް ބޭންކުން ފާހަގަކުރެ އެވެ.

ބީއެމްއެލްއިން ބުނާ ގޮތުގައި ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ ފޮނުވުމަށާއި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ޚިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައް އިތުރުވަމުންދާތީ، ބޭންކުގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އައު އުސޫލުގެ ދަށުން، ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި ބޭންކުން ވަނީ މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރުގެ ކެޕެއް ނުވަތަ މިންވަރެއް ކަނޑައަޅާފަ އެވެ. މި ޖުމްލަ އަދަދުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ޚިދުމަތްތަކުގެ މުހިންމުކަމަށް ބަލައި، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ބޭންކުން ބުނި ގޮތުގައި، ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެއެވެ. އަދި ޑޮލަރު ކާޑެއް ގެންގުޅޭ ކަސްޓަމަރުންނަށް އެ ކާޑު ބޭނުންކޮށްގެން އެއްވެސް ދަތިކަމެއް ނެތި ވިޔަފާރި ފުރިހަމަކުރެވޭނެ ކަމަށް ވެސް ބޭންކުން މައުލޫމާތުދެ އެވެ.

ކޮންމެ ދުވަހަކު ވެސް ދުވާލުގެ ލިމިޓްތައް ރީސެޓްވާނީ ހެނދުނު 7:00 ގަ އެވެ. ބީއެމްއެލް އިން ބުނީ މި ފިޔަވަޅަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށާއި ބޭންކުގެ މާލީ ހަމަޖެހުން ހިފެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

މި ބަދަލާއެކު، ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން އާންމުކުރާނެ އެވެ. މި ލިސްޓުގައި ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ހިމެނޭއިރު، މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ 3 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 100,000 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މި ލިސްޓުގައި ތައުލީމީ، ސިއްހީ، ހޮޓެލް ބުކިންގ އަދި ޒަރޫރީ ހިދުމަތްތަކެއް ނުހިމެނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާއިރު، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 50,000 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން، އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 200,000 ޑޮލަރު ވަނީ ހަމަޖައްސާފަ އެވެ. އެހެން މީހުންނަށް ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވެ، ބޭރު ފައިސާ ބޭރަށްދާ މިންވަރު އިތުރުވަމުންދާތީ، މި ކެޓެގަރީގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް ކަމަށް ބޭންކުން ބުނެ އެވެ.

ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ މުހިންމު ދާއިރާތަކަށް މަހަކު 3 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 100,000 ޑޮލަރު ކަނޑައަޅާފައިވާއިރު، ކުރިން ބަޔާންކޮށްފައި ނުވާ އެހެނިހެން ހުރިހާ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 60,000 ޑޮލަރު ވަނީ ހާއްސަކޮށްފަ އެވެ.

ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް ބޭންކުން ވަކި މާރޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެ އެވެ. މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމްލަ އަދަދުގެ ތެރެއިންނެވެ. ބޭންކުން މައުލޫމާތު ދޭ ގޮތުގައި މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، އެހެން ކެޓެގަރީތަކާ ވަކިން ހާއްސަ ބަފަރއެއް ނުވަތަ އިތުރު މިންވަރެއް ބޭންކުން ދަމަހައްޓާނެ އެވެ.

ބީއެމްއެލް އިން އިތުރަށް ހާމަކުރި ގޮތުގައި، މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކުގެ އިތުރުން ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަކަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނަމުންދާނެ އެވެ. މި ފިޔަވަޅުތަކަކީ ކަސްޓަމަރުންގެ އަމިއްލަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް ބޭންކުން ބުނެ އެވެ.

ރުފިޔާ ކާޑުބީއެމްއެލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި

13 އޯގަސްޓު 2026
ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
27 ޖޫން 2026

ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް

27 ޖޫން 2026
ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް
23 ޖޫން 2026

އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭ ގޮތް ހަދައިފި

23 ޖޫން 2026
އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭ ގޮތް ހަދައިފި
01 ޖޫން 2026

ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

01 ޖޫން 2026
ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް
07 މެއި 2026

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

07 މެއި 2026
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި
02 މެއި 2026

ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި

02 މެއި 2026
ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި
21 އެޕްރީލު 2026

ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި

21 އެޕްރީލު 2026
ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި
21 އެޕްރީލު 2026

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ

21 އެޕްރީލު 2026
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ
20 އެޕްރީލު 2026

ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

20 އެޕްރީލު 2026
ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ
15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް