Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ރިޒާވް ހުސްވެ، ދަރަނި ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރަން ސަރުކާރުން ދަނީ ބޭންކަށް މަޖުބޫރުކުރަމުން: ނަޝީދު

21 ސެޕްޓެމްބަރު 2026 | ހޯމަ 05:26

ރާއްޖޭގެ ބޭރުގެ ދަރަނިތައް ދެއްކުމަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރުމަށް ސަރުކާރުން މަޖުބޫރުކުރަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި. ރިސޯޓުތަކުގެ އާމްދަނީ މާރުކުރުމުގެ ސިޔާސަތަކީ ހަރުދަނާ ސްޓްރެޓަޖީއެއް ނޫންކަން ފާހަގަކުރައްވައި، ބޭންކުގެ މާލީ ހާލަތު ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް އޮޑިޓް ފާމްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ސެޕްޓެމްބަރު 2026 | ހޯމަ 05:26
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގައި ބޭނުންކުރެވޭނެ ބޭރު ފައިސާ މިވަގުތު ނެތް ކަމަށާއި، ދައުލަތުން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމު ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރުމަށް ސަރުކާރުން އެ ބޭންކަށް މަޖުބޫރުކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޭރުގެ ދަރަނިތަކުގެ ތެރެއިން ބައިލެޓްރަލް ނުވަތަ ދެ ގައުމުގެ ދެމެދުގައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރު އަދިވެސް ނުދެއްކި އެބައޮތެވެ. ސަރުކާރުން ބޭންކަށް ފިއްތުންތައް ކުރިމަތިކުރުވައިގެން ކަސްޓަމަރުންގެ ފައިސާ ދަރަނި ދެއްކުމަށް ބޭނުންކުރަމުންދާތީ، އޭގެ ނަތީޖާއެއްގެ ގޮތުން ބޭންކުން ފައިސާ ނެގުމުގައި ކަސްޓަމަރުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި އަންނަ ހަފުތާގެ ތެރޭގައި ކަސްޓަމަރުންގެ މުއާމަލާތްތައް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް ބޭންކުން ބުނި ނަމަވެސް އެކަން ބިނާވެފައި ވަނީ ސަރުކާރުގެ އައު ސިޔާސަތުގެ މައްޗަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މަޖުބޫރުން ދިވެހި ރުފިޔާއަށް މާރުކޮށްގެން ހޯދަން އުންމީދުކުރާ 160 މިލިއަން ޑޮލަރު ލިބުން ކަމަށާއި ނަމަވެސް މިއީ ހަރުދަނާ މާލީ ސްޓްރެޓަޖީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ ހަމައެކަނި ހަގީގަތެއް ނެތް އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ބީއެމްއެލް އަކީ އާންމު ހިއްސާދާރުންގެ މަސްލަހަތު ހިމެނޭ ޕަބްލިކް ބޭންކަކަށް ވާތީ، އެ ބޭންކުގެ މާލީ ހިސާބުތަކާއި ހަގީގީ ހާލަތު އެއްވެސް އޮޅުވާލުމެއް ނެތި ހާމަކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކަށް ވެސް ގޮވާލައްވާފަ އެވެ. އަދި އެއްވެސް ފޮރުވުމެއް ނެތި އެކަން އާންމުކުރުމަކީ އޮޑިޓް ފާމްތަކުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ތާރީޚީ މިންވަރަކަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، އިގުތިސާދީ މާހިރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް ބޭރުގެ ދަރަނި ދެއްކުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ކުޑަވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.

ބީއެމްއެލްމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

އެސްބީއައި އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަށް ފައިސާ ދެއްކުމާއި ބީއެމްއެލްއާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް

19 ސެޕްޓެމްބަރު 2026
އެސްބީއައި އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަށް ފައިސާ ދެއްކުމާއި ބީއެމްއެލްއާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
17 ސެޕްޓެމްބަރު 2026

ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2026
ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން: ރައީސް ނަޝީދު
16 ސެޕްޓެމްބަރު 2026

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަލިބޭ: ރައީސް ނަޝީދު

16 ސެޕްޓެމްބަރު 2026
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަލިބޭ: ރައީސް ނަޝީދު
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި
13 ސެޕްޓެމްބަރު 2026

ބީއެމްއެލްގެ ރުފިޔާ ކާޑު ބޭނުންކޮށްގެން ޓިކެޓާއި ބުކިންގ ހަދަން ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް!

13 ސެޕްޓެމްބަރު 2026
ބީއެމްއެލްގެ ރުފިޔާ ކާޑު ބޭނުންކޮށްގެން ޓިކެޓާއި ބުކިންގ ހަދަން ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް!
13 ސެޕްޓެމްބަރު 2026

ބީއެމްއެލް ރުފިޔާ ކާޑު ބޭނުންކޮށްގެން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކޮންމެ ދުވަހަކަށް ބޭނުން ކުރެވޭނެ ލިމިޓްތަކެއް ކަނޑައަޅައިފި

13 ސެޕްޓެމްބަރު 2026
ބީއެމްއެލް ރުފިޔާ ކާޑު ބޭނުންކޮށްގެން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކޮންމެ ދުވަހަކަށް ބޭނުން ކުރެވޭނެ ލިމިޓްތަކެއް ކަނޑައަޅައިފި
01 ސެޕްޓެމްބަރު 2026

ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު

01 ސެޕްޓެމްބަރު 2026
ތިނަދޫ މޭޔަރު ސައުދު އަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް، އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން: ނަޝީދު
29 އޯގަސްޓު 2026

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

29 އޯގަސްޓު 2026
މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް