Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ ކާޑު ލިމިޓް

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

7 މެއި 2026 | ބުރާސްފަތި 18:16

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރެވޭނީ ކޮންމެ ދުވަހަކަށް ކަނޑައަޅާ ވަކި ބަޖެޓެއްގެ ތެރެއިން ކަމަށް އެ ބޭންކުން ހާމަކޮށްފި. ބޭރު ފައިސާ ލިބުން ދަތިވުމާ ގުޅިގެން ގެނައި މި ބަދަލާއެކު، ދުވަހުގެ ލިމިޓް ހަމަވުމުން ބައެއް ސައިޓްތަކުން ވިޔަފާރި ނުކުރެވުނު ނަމަވެސް، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދީފައިވާ ޚާއްސަ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ. ބޭންކުން ބުނީ މި ފިޔަވަޅަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ކަށަވަރުކުރުމަށް އެޅި މަޖުބޫރު ފިޔަވަޅެއް ކަމަށް.

މަޚްތޫމް
މަޚްތޫމް | 7 މެއި 2026 | ބުރާސްފަތި 18:16
ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރާއި ގުޅޭ ނިޒާމަށް ބަދަލެއް ވަނީ ގެނެސްފައި

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރާއި ގުޅޭ ނިޒާމަށް ބަދަލެއް ވަނީ ގެނެސްފައި | ބެންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް މިފަހުން ގެނައި ބަދަލުތަކާ ގުޅޭ އިތުރު ތަފްސީލު އެ ބޭންކުން ހާމަކޮށްފި އެވެ.

ބޭންކުން ބުނީ މިފަދަ ބަދަލެއް ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވުމާ ގުޅިގެން ކަމަށެވެ.

ބޭންކުން ހާމަކުރި ގޮތުގައި، ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ބޭންކުން ދަނީ ވިއްކަމުންނެވެ. ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ، މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަންޖެހޭ ޑޮލަރުގެ ނިސްބަތް ބޮޑުވުމުން، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ކަށަވަރުކުރުމަށްޓަކައި ބޭންކުން ގެންގުޅޭ ނިޒާމުތައް މިހާރު ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ.

މި ބަދަލާއެކު، އޮންލައިން ރީޓެއިލް ސައިޓްތަކުން ވިޔަފާރިކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ ޑޮލަރުގެ އަދަދު މިހާރު ކުރިއަށްދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިންނެވެ. އެ ދުވަހަކަށް ކަނޑައަޅާފައިވާ ބަޖެޓް ހަމަވުމުން، ބައެއް ރީޓެއިލް ސައިޓްތަކުން އެ ދުވަހު އިތުރަށް ވިޔަފާރިއެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމުގައި އެއްވެސް ބުރުލެއް ނާންނާނެ ކަމަށް ބޭންކުން ބުނެ އެވެ. މިގޮތުން ލިމިޓް ހަމަވުމުން ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ނޮޓިފިކޭޝަން ފޮނުވަމުންދާނެ އެވެ.

ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލައި މުއާމަލާތްތައް ކުރެވޭނެ އެވެ. އަދި މި ބަދަލުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށް ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސްދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. އެ މުހުލަތުގެ ތެރޭގައި ބެލެނިވެރިންގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ބޭންކުން ވަނީ ހަމަޖައްސާފަ އެވެ.

ކަސްޓަމަރުން ގިނަ އަދަދަކަށް އީކޮމާސް މުއާމަލާތްތައް ހިންގުމަކީ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމެއް ނަމަވެސް، މި ވަގުތު ބޭރު ފައިސާ ލިބޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އެޅުން މަޖުބޫރު ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބޭންކުން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ލިމިޓަށް ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.

ބީއެމްއެލްއީ-ކޮމާސްޑޮލަރުދިވެހި ރުފިޔާބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

15 ޖުލައި 2026

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

15 ޖުލައި 2026
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް
12 ޖުލައި 2026

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް

12 ޖުލައި 2026
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް
10 ޖުލައި 2026

މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް

10 ޖުލައި 2026
މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް
06 ޖުލައި 2026

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

06 ޖުލައި 2026
ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
30 ޖޫން 2026

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

30 ޖޫން 2026
ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް