Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް ލޯނު އުމުރުފުރާ

ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ބަދަލުކުރުމާއެކު، ގެދޮރު ގަތުމަށް ނަގާ ލޯނުތައް ދެއްކުމަށް 20 އާއި 25 އަހަރާ ދެމެދުގެ ދިގު މުއްދަތެއް ލިބޭނެ މަގު ވަނީ ފަހިވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 21 އެޕްރީލު 2026 | އަންގާރަ 09:03
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި އެވެ.

އަންގާރަ ދުވަހު ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ  ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ ބަދަލުކުރުމަށް ނިންމާފައި ވަނީ އެ ބޭންކުގެ ބޯޑުން ނިންމައިގެން ކަމަށެވެ.

ކުރިން އެ ބޭންކުން ދޫކުރަމުން އައި ލޯނުތައް ދެމުން ދިޔައީ 60 އަހަރު ވާއިރު ދެއްކޭ ގޮތަށެވެ. އެ އުމުރު މިހާރު 75 އަހަރަށް ވަނީ މަތިކޮށްފަ އެވެ. އެހެންކަމުން މިހާރު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅޭނެ އެވެ. 

ޝަރީފް ވިދާޅުވީ ކުރިން އޮންނަ ގޮތުން 60 އަހަރަށް ވުރެ އުމުރުން ދުވަސް ވެފައިވާ ނަމަ ލޯނު ނުދެވޭ ކަމަށެވެ. އަދި 55 އަހަރު ވާ މީހާ އަށް ވެސް ލޯނު ދޭން ޖެހެނީ 5 އަހަރު ތެރޭގައި ދައްކާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ބަދަލާއި ގުޅިގެން ގޯތި ގެދޮރު ގަތުމުގައި އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބަދަލާއި އެކު 20-25 އަހަރަށް ދަންމާލައިގެން ލޯނުތައް ދެއްކުމުގެ މަގު ފަހިވެގެންދާނެ ކަން ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ. 

ލޯނުތަކާއި ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރިސޯޓްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަށް ސަރވިސް ޗާޖާއި އެކު މުސާރަ ޑޮލަރުން ލިބޭ ކަމަށެވެ. އެ ފަރާތްތަކަށް ކުޑަ އަގެއްގައި ލޯނު ލިބޭނެ މަގު ފަހިކޮށްދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ނަމަ ޑޮލަރުން ލޯނު އަނބުރާ ދައްކާ ހާލަތުގައި ކުޑަ އަގުގައި ލޯނު ލިބޭނެ ކަމަށާއި އެއީ ނޯމަލް އިންޓްރެސްޓް ރޭޓުން ބަލާއިރު %1.5 ކުޑަކޮށް އަދި އިކުއިޓީވެސް އިންވެސްޓްކުރަންޖެހޭ ވަރު %5 އަށް ކުޑަކޮށް ލޯނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޭންކުތައްބީއެމްއެލްމުހައްމަދު ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ

21 އެޕްރީލު 2026
ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

20 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

09 އެޕްރީލު 2026
24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

03 އެޕްރީލު 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު