ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
13 އޯގަސްޓު 2026 | ބުރާސްފަތި 06:44މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ 'ބޭންކް ފަންޑް' އަށް މިއަހަރު ހޮވުނު ފަސް ޖަމިއްޔާއަކަށް، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ އެހީ ދިނުމަށް ވަނީ ނިންމާފައި. ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ މި ފަންޑުގެ ދަށުން މިހާތަނަށް 14 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވޭ


ބޭންކް އޮފް މޯލްޑިވްސްއިން، މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފި | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްއިން، މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަޤްސަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.
މި އަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫއުތަކަކީ، ދިއްދޫ ކުރިމަގު، ޔުނިޓީ ސްޕޯޓްސް އެކެޑަމީ، ލާމު ފާމަރސް އެސޯސިއޭޝަން، ބްލޫ ގިލްޑް ފައުންޑޭޝަން އަދި ކަލައިދޫ ވިންގްސް އެވެ.
'ބޭންކް ފަންޑް' އަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި އެ ބޭންކުގެ އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެއްބާރުލުން ދިނުމެވެ. އެގޮތުން މިހާތަނަށް ބޭންކް ފަންޑްގެ ދަށުން 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
އަދި ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.










