Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ދެ ދިވެހިން ހައްޔަރުކޮށްފި

7 އޮކްޓޯބަރު 2026 | ބުދަ 08:45

ގިނަ އަދަދެއްގެ އައިސް އާއި ކެނަބިސް ރާއްޖެއަށް ފޮނުވަން އުޅުނު މައްސަލައެއްގައި ބެންކޮކުން ހައްޔަރުކުރި ދިވެހި ދެ މީހުން އެ ތަކެއްޗާ ހަވާލުވުމަށް އިންކާރުކޮށްފި. ތައިލެންޑް ފުލުހުން ބުނި ގޮތުގައި މި މީހުން އަތުލައިގަތީ ކާގޯ މެދުވެރިކޮށް ފޮނުވަން އުޅުނު ޕާރުސަލްތަކަކުން ވަސްދުވާތީ އެތަނުން ބަލައިނުގަތުމުން، އެ ތަކެތި އެހެން ތަނަކަށް ބަދަލުކުރަން އުޅެނިކޮށް. މި މައްސަލައިގައި ބައިނަލްއަގުވާމީ ވިއުގައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ތަހުގީގު ދަނީ ކުރިއަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 7 އޮކްޓޯބަރު 2026 | ބުދަ 08:45
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ދެ ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ދެ ދިވެހިން ހައްޔަރުކޮށްފި | ތައި ޕޮލިސް

ސްޓެއިންލެސް ސްޓީލް ފެންބޯ ތަށިތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ކްރިސްޓަލް މެތާއި، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ކެނަބިސް ބަޑްސްތަކަކާއެކު ދިވެހި ދެ ފިރިހެނަކު ތައިލެންޑުގެ ބެންގކޮކުން ހައްޔަރުކޮށްފި އެވެ.

ތައިލެންޑްގެ ތައިގާ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އާއި އުމުރުން 34 އަހަރުގެ މުހުއްމަދު ވިސާމު އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ ސަރވިސްއަކަށް ގެންދިޔަ ބޮޑެތި ޕާރުސަލްތަކެއް ތަހުޤީޤު އިދާރާތަކުން ފާރަލައި ބެލުމަށްފަހުގައި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. 

Advertisement - newsAdvertisement

މި މައްސަލައިގެ ތަހުޤީޤު ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ކަމަށާއި، އެއީ ބޭރު ގައުމެއްގެ މީހަކު، ޓޭޕް އަޅައި ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ފޮށިގަނޑުތަކެއް ރާއްޖެއަށް ފޮނުވުމަށްޓަކައި ގެނެސްފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ތައިލެންޑް ފުލުހުން ބުނެފައިވެ އެވެ. އެ ތަކެތި ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ނަމަވެސް، އެ ޕާރުސަލްތަކުން ގަދަ ވަހެއް ދުވަމުންދިޔަ ކަމަށް ބުނެފައިވެ އެވެ. އެ ފޮށިތަކުގައި ގަވާއިދާ ހިލާފު އެއްޗެއް ހުރެދާނެ ކަމަށް ބަލައި، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެތަނުގެ މުވައްޒަފުން ވަނީ އެ ތަކެތި އަނބުރާ ގެންދިއުމަށް އެ މީހާއަށް އަންގާފަ އެވެ. އަދި އެއަށްފަހު އެ މުވައްޒަފުން ވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި | ތައި ޕޮލިސް

ތަހުގީގީ އިދާރާތަކުން ފަހުން ކުރި މަސައްކަތުން، މި ތަކެތި ފެނިފައިވަނީ ރަޗަތޭވީ ޑިސްޓްރިކްޓުގައި ހުންނަ ޑޯމިޓަރީއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ. ބެލެވޭ ގޮތުގައި މި ފޮށިތައް އެތަނުގައި ބަހައްޓާފައި ހުރީ އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް އެހެން ތަނަކަށް ފޮނުވާލުމަށް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. 

އެ ފޮށިތައް ބަލައި ފާސްކުރިއިރު، ކްރިސްޓަލް މެތުގެ ޖުމްލަ ބަރުދަނަކީ 2.37 ކިލޯގްރާމެވެ. މީގެ އިތުރުން، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅައި، ބޯ ޓޭޕް އަޅައި ބަންދުކޮށްފައި ހުރި 10 ކިލޯގެ ކެނަބިސް ބަޑްސް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. މި މަސްތުވާތަކެތި ފޮރުވާފައި ހުރީ ކުޑަކުދިންގެ އަންނައުނާއި ކުޅޭ ކާރު ފަދަ ތަކެތީގެ ތެރޭގަ އެވެ. އެހެންކަމުން، ބޭރުފުށުން ބަލާލާއިރު އެއީ އާންމު މުދާ ހުރި ފޮށިތަކެއްގެ ގޮތުގައި ވަނީ ދައްކުވައިދީފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މަސްތުވާތަކެތި ހުރި ފަސް ބޮޑު ފޮށި ހިފަހައްޓައި، އެ ދެ މީހުން ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރަނީ ހުއްދަނެތި ވިއްކުމުގެ ނިޔަތުގައި، އެއްވަނަ ގިންތީގެ މަސްތުވާތަކެއްޗެއް ކަމަށްވާ ކްރިސްޓަލް މެތްއެމްފަޓަމިން ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. ނަމަވެސް، އެ ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

އެ ފޮށިތަކުގައި މަސްތުވާތަކެއްޗާއި މަނާ އެއްވެސް އެއްޗެއް ހުރިކަން ނޭނގޭ ކަމަށާއި، އެ ތަކެއްޗަކީ ރަހުމަތްތެރިއަކު ބުނެގެން އޭނާގެ ފަރާތުން ފޮނުވައިދޭން އުޅުނު ޕާރުސަލްތަކެއް ކަމަށް އެ ދެ މީހުން ފުލުހުންގެ ގާތުގައި ބުނެފައިވެ އެވެ.

އެ މީހުން ކިޔައިދިން ގޮތުގައި، އެ ތަކެތި ފޮނުވަން ފުރަތަމަ ދިޔަ ކުންފުނިން އެ ފޮށިތަކުން ގަދަވަސް ދުވާތީ އެ ތަކެތި ބަލައިގަންނަން އިންކާރުކޮށް، އަނބުރާ ގެންދަން އެންގި އެވެ. އެހެންކަމުން، ހައްޔަރުކުރުމާ ހަމައަށް އެ ޕާރުސަލްތައް ބަހައްޓާފައި ހުރީ އެ މީހުން ދިރިއުޅޭ ތަނުގައި ކަމަށް އެ މީހުން ބުނެފައިވެ އެވެ.

މި ދެ މީހުންނަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގައަކާ ގުޅުން އޮތް ބައެއްތޯ ތައިލޭންޑް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މަސްތުވާތަކެތީގެ މި މައްސަލައިގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ބޭރު ގައުމުތަކުގެ މީހުން ހޯދުމުގެ މަސައްކަތް ވެސް ތައިލޭންޑް ފުލުހުން ދަނީ ކުރަމުންނެވެ.

ބެންކޮކްތައިލެންޑްމަސްތުވާތަކެތީގެ ވިޔަފާރި

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2026

ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!

29 ސެޕްޓެމްބަރު 2026
ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!
29 ސެޕްޓެމްބަރު 2026

އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!

29 ސެޕްޓެމްބަރު 2026
އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!
28 ސެޕްޓެމްބަރު 2026

ތައިލެންޑުގައި ފެންބޮޑުވެ 8 މީހުން މަރު، ބެންގކޮކަށް ބޮޑެތި ގެއްލުންތަކެއް

28 ސެޕްޓެމްބަރު 2026
ތައިލެންޑުގައި ފެންބޮޑުވެ 8 މީހުން މަރު، ބެންގކޮކަށް ބޮޑެތި ގެއްލުންތަކެއް
26 ސެޕްޓެމްބަރު 2026

ބެންކޮކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅި، އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް!

26 ސެޕްޓެމްބަރު 2026
ބެންކޮކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅި، އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް!
03 ސެޕްޓެމްބަރު 2026

މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު

03 ސެޕްޓެމްބަރު 2026
މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު
03 ސެޕްޓެމްބަރު 2026

ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް

03 ސެޕްޓެމްބަރު 2026
ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް
31 އޯގަސްޓު 2026

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

31 އޯގަސްޓު 2026
އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި
10 އޯގަސްޓު 2026

ތައިލެންޑުގެ ކުރީގެ އެމްޕީއަކު އޮފިޝަލެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ޔޫޓިއުބްގައި އެކަމާ އިއުތިރާފުވެއްޖެ

10 އޯގަސްޓު 2026
ތައިލެންޑުގެ ކުރީގެ އެމްޕީއަކު އޮފިޝަލެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ޔޫޓިއުބްގައި އެކަމާ އިއުތިރާފުވެއްޖެ
10 އޯގަސްޓު 2026

ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން

10 އޯގަސްޓު 2026
ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން
07 އޯގަސްޓު 2026

ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި، ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްކޮށްލައިފި

07 އޯގަސްޓު 2026
ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި، ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް