Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް

ތައިލެންޑުގެ ކުރީގެ އެމްޕީއަކު އޮފިޝަލެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ޔޫޓިއުބްގައި އެކަމާ އިއުތިރާފުވެއްޖެ

10 އޯގަސްޓު 2026 | ހޯމަ 11:15

ތައިލެންޑުގެ ނޮންތަބޫރީގެ ކުރީގެ މެންބަރު ޗަލޮންގް ރިއައުރައެންގް، އެ ސަރަހައްދުގެ އިސް އޮފިޝަލަކަށް ބަޑިން ހަމަލާދީ މަރާލުމަށްފަހު ޔޫޓިއުބް ލައިވްސްޓްރީމެއްގައި އެކަމަށް އިއުތިރާފުވެއްޖެ. އަމިއްލަ މައްސަލަތަކެއްގެ ތެރެއިން ހިނގި މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާއިރު، މި ހަމަލާއާއެކު ތައިލެންޑުގައި ބަޑި ގެންގުޅުން ކޮންޓްރޯލްކުރުމުގެ ބަހުސްތައް ވަނީ އަނެއްކާވެސް ގަދަވެފައި

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 11:15
ކުރީގެ މަޖިލިސް މެންބަރު ޗަލޮންގް ރިއުވްރަންގް، ފުލުހުންގެ އިދާރާއެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސިނގިރޭޓެއް ބޯން އިނދެ ކަން ހިނގިގޮތް ކިޔައިދެނީ

ކުރީގެ މަޖިލިސް މެންބަރު ޗަލޮންގް ރިއުވްރަންގް، ފުލުހުންގެ އިދާރާއެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސިނގިރޭޓެއް ބޯން އިނދެ ކަން ހިނގިގޮތް ކިޔައިދެނީ | ރޮއިޓާސް

ތައިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރަކު އެ ގައުމުގެ އޮފިޝަލަކަށް ބަޑިން ހަމަލާދީ މަރާލުމަށްފަހު، އެކަން ޔޫޓިއުބް ލައިވްސްޓްރީމެއް މެދުވެރިކޮށް އިއުތިރާފުވެއްޖެ އެވެ. ތައިލެންޑުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ނޮންތަބޫރީގެ ކުރީގެ މެންބަރަކު އެ ސަރަހައްދުގެ އޮފިޝަލަކަށް ބަޑިން ހަމަލާދީ މަރާލުމަށްފަހު، ސިޔާސީ ކަންކަން ދިރާސާކުރާ ފަރާތަކުން ކުރިއަށްގެންދިޔަ ޔޫޓިއުބް ލައިވްސްޓްރީމަކަށް ގުޅައި، އޭނާ ކުރި ކަންތައް ވަނީ ކިޔައިދީފަ އެވެ.

ނޮންތަބޫރީގެ ކުރީގެ މެންބަރު ޗަލޮންގް ރިއައުރައެންގް، ލައިވްސްޓްރީމްގެ ހޯސްޓް އަންޗަލީ ޕައިރީރަކަށް ގުޅައި ބުނެފައިވަނީ، ފުލުހުންގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ތޮންގްޗައި ޔެންޕްރަސާޓްގެ އޮފީސް ބޭރުގައި އޭނާއަށް ބަޑިން ހަމަލާދީފައިވާނެ ކަމަށެވެ. މި ޚަބަރާއެކު ޕްރޮގްރާމްގެ ހޯސްޓަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ.

މި ހަމަލާގައި ކަރުގެ ފަހަތަށް ވަޒަން އެރުމުގެ ސަބަބުން ތޮންގްޗައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ. މީގެ އިތުރުން އޭނާގެ ޑްރައިވަރުގެ އަތަށާއި މުލައްދަނޑިއަށް ވެސް ވަނީ ބަޑީގެ ހަމަލާ އަމާޒުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން ޗަލޮންގް ހައްޔަރުކުރި ނަމަވެސް، ފުލުހުންގެ މަރުކަޒުގައި ހުރެ ސިނގިރޭޓެއް ބޯން އިނދެ ނޫސްވެރިންނާ ވާހަކަދެއްކުމުގެ ފުރުސަތު އޭނާއަށް ވަނީ ދީފަ އެވެ. އެތަނުގައި ހުރެ އޭނާ ވަނީ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދޭން މަސައްކަތް ކޮށްފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޗަލޮންގް ބުނީ، ތޮންގްޗައި ހުރީ އޭނާދެކެ "ރުޅިއައިސްފައި" ކަމަށެވެ. ނަމަވެސް އެ ރުޅިވެރިކަމުގެ ސަބަބެއް އޭނާ ހާމައެއް ނުކުރެ އެވެ. އަދި އޭނާގެ "ގާތް އެކުވެރިއެއް" ކަމަށް ސިފަކުރި ތޮންގްޗައި ގަޔަށް ބަޑިޖަހަން ގަސްދުނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ޗަލޮންގް ބުނި ގޮތުގައި އޭނާ ތޮންގްޗައި ގާތު ވާހަކަދައްކަން ބޭނުންވާ ކަމަށް ބުންޏެވެ. އެ ސަރަހައްދުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ދެމީހުންގެ މެދުގައި އަމިއްލަ މައްސަލަތަކެއް ޖެހިފައިވެ އެވެ.

"އޭނާ (ތޮންގްޗައި) އަހަރެން ކޮށްޕާލާފައި ބުނީ ވާހަކަދައްކަން ބޭނުން ނޫން ކަމަށް،" ޗަލޮންގް ބުންޏެވެ.

އޭގެ ފަހުން ތޮންގްޗައި އޭނާގެ ކާރާ ދިމާއަށް ދަނިކޮށް ފަހަތުން ދިޔަ ކަމަށް ޗަލޮންގް ބުންޏެވެ.

"އަހަރެން ބަޑި ނެގި އިރު އޭނާ ގަޔަށް ޖަހާކަށް ގަސްދެއް ނުކުރަން. އެކަމަކު (ތޮންގްޗައިގެ ޑްރައިވަރު) ބަޑި ނަގައި އަހަންނާ ދިމާއަށް އަމާޒުކުރުމުން އަހަރެން ބަޑިޖެހީ،" ޗަލޮންގް ކިޔައިދިނެވެ.

މަރުވި ތޮންގްޗައިއަކީ ފުލުހުންގެ ރިޓަޔާޑް ކާނަލެއްގެ އިތުރުން، ނޮންތަބޫރީ ޕްރޮވިންޝަލް އެޑްމިނިސްޓްރޭޓިވް އޯގަނައިޒޭޝަން (ޕީއޭއޯ) ނަމަކަށް ކިޔާ ލޯކަލް ގަވަރްމަންޓް އިދާރާގެ ރައީސެވެ.

މި ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ޗަލޮންގް ވަނީ ޔޫޓިއުބްގައި ލައިވްކޮށް ޕްރޮގްރާމެއް ހުށަހަޅަމުން ދިޔަ ސިޔާސީ މުހައްލިލު އަންޗަލީ ޕައިރީރަކަށް ގުޅައި، އޭނާ އަތުން މީހަކު މަރުވެފައިވާ ކަމަށް އިއުތިރާފުވެފަ އެވެ.

ޕްރޮގްރާމްގެ މެދުތެރެއިން އަންޗަލީ ފޯނެއް ނަގާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. "އަހަރެން ފަހުން ގުޅާނަން... އޯހް، ބޮޑު ކަމެއް ހިނގީތަ؟ ކިޔައިދީބަލަ، ކިހިނެއްވީ؟" އޭނާ ބުންޏެވެ.

ފޯނުން ވާހަކަދެއްކި މީހާ ބުނި އެއްޗެއް ބެލުންތެރިންނަށް ސާފުނުވި ނަމަވެސް، އަންޗަލީއަށް ލިބުނު ސިހުން ވީޑިއޯއިން ފެނެ އެވެ.

އެ ވީޑިއޯގައި އަންޗަލީ ބުނެފައިވަނީ، "އޭނާ މަރުވީތަ؟ އޭނާ މަރުވީތަ؟ ކަލޭ އޭނާގެ ބޮލަށްތަ ބަޑިޖެހީ؟ ފުލުހުން އަންނަންދެން އެތަނުގައި މަޑުކުރޭ. އެއްވެސް ތަނަކަށް ނުދާތި،" މިފަދައިންނެވެ.

ހޯމަ ދުވަހު ހިނގި މި ބަޑިޖެހުމުގެ ހާދިސާ ހިނގާފައި މިވަނީ، 14 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ގޭގައާއި ސްކޫލުގައި އަށް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވި ހާދިސާއަށް ތިން ދުވަސް ފަހުންނެވެ. އެއީ 2022 ވަނަ އަހަރަށްފަހު ތައިލެންޑުގައި ހިނގި އެންމެ ނުރައްކާތެރި ބަޑިޖެހުމުގެ ހާދިސާއެވެ. ނަމަވެސް މި ދެ ހާދިސާއާ އެއްވެސް ގުޅުމެއް ނެތެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާންމުންގެ އަތުގައި އެންމެ ގިނައިން ބަޑި ހުންނަ ގައުމަކީ ތައިލެންޑް ކަމަށްވާއިރު، މި ހާދިސާއާއެކު ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމާ ބެހޭ ބަހުސްތައް އަނެއްކާވެސް ވަނީ ގަދަވެފަ އެވެ.

ހުކުރު ދުވަހު ސްކޫލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަށްފަހު، ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވަނީ ބަޑި ގެންގުޅުމާ ބެހޭ ގާނޫނުތައް ހަރުކަށިކުރުމަށް އަމުރުކުރައްވާފަ އެވެ. އަދި މިކަން ހުއްޓުވުމަށް ފުލުހުން ޗެކްޕޮއިންޓްތައް ގާއިމުކުރާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ހަތިޔާރު ގެންގުޅުމާއި، ހިފައިގެން އުޅުމާއި، ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

ތައިލެންޑްބަޑީގެ ހަމަލާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން

10 އޯގަސްޓު 2026
ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން
07 އޯގަސްޓު 2026

ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި، ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްކޮށްލައިފި

07 އޯގަސްޓު 2026
ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި، ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްކޮށްލައިފި
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
16 ޖުލައި 2026

ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި

16 ޖުލައި 2026
ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި
13 ޖުލައި 2026

ބެންކޮކް ބާރ އެއް ގައި ރޯވި އަލިފާނުގައި 27 މީހުން މަރުވެއްޖެ

13 ޖުލައި 2026
ބެންކޮކް ބާރ އެއް ގައި ރޯވި އަލިފާނުގައި 27 މީހުން މަރުވެއްޖެ
02 ޖުލައި 2026

ރާއްޖެ އާއި ތައިލެންޑުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

02 ޖުލައި 2026
ރާއްޖެ އާއި ތައިލެންޑުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
27 ޖޫން 2026

ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި

27 ޖޫން 2026
ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
06 މާރިޗު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ

06 މާރިޗު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ
12 ފެބުރުއަރީ 2026

ތައިލެންޑުގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާގައި ޒަޚަމްވި ޕްރިންސިޕަލް މަރުވެއްޖެ

12 ފެބުރުއަރީ 2026
ތައިލެންޑުގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާގައި ޒަޚަމްވި ޕްރިންސިޕަލް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް