Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް

ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން

10 އޯގަސްޓު 2026 | ހޯމަ 07:11

ތައިލެންޑުގެ 14 އަހަރުގެ ކުއްޖަކު އޭނާގެ ކާފަ އާއި މާމަގެ އިތުރުން ސްކޫލުގެ ހަ މީހަކު މަރާލި ހާދިސާގެ ތަހުގީގުން، އެ ކުއްޖާ ސޯޝަލް މީޑިއާ މެދުވެރިކޮށް އަނިޔާވެރި ވީޑިއޯތައް ބަލައި ބަޑިޖަހަން ދަސްކޮށްފައިވާކަން ވަނީ ހާމަވެފައި. މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ސްކޫލްތަކުގެ ސަލާމަތީ ކަންކަމާއި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ބެލެހެއްޓުމުގެ އާ އުސޫލުތަކެއް އެކުލަވާލުމަށް އެ ގައުމުގެ ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 07:11
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ބޭރު ސަރަހައްދެއްގައި، އެ ގައުމުގެ ފުރާވަރުގެ ކުއްޖަކު އޭނާގެ ކާފައާއި މާމައަށް ބަޑިން ހަމަލާދީ މަރާލި މައްސަލައެއްގައި، ފުލުހުން އެ ހާދިސާ ހިނގި ގެއިން ހެކި ހޯދުމުގެ މަސައްކަތް ކުރަނީ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ބޭރު ސަރަހައްދެއްގައި، އެ ގައުމުގެ ފުރާވަރުގެ ކުއްޖަކު އޭނާގެ ކާފައާއި މާމައަށް ބަޑިން ހަމަލާދީ މަރާލި މައްސަލައެއްގައި، ފުލުހުން އެ ހާދިސާ ހިނގި ގެއިން ހެކި ހޯދުމުގެ މަސައްކަތް ކުރަނީ | ގެޓީ އިމޭޖަސް

ބެންކޮކްގެ ބޭރުގައި ހުންނަ ސްކޫލެއްގައި ބަޑިޖަހައި މީހުން މަރާލި ތައިލެންޑުގެ ކުޑަކުއްޖާ، މީގެ ކުރިން އިންޓަނެޓް މެދުވެރިކޮށް އަނިޔާވެރި މަންޒަރުތައް ހިމެނޭ ވީޑިއޯތައް ބަލާފައިވާ ކަމަށާއި، މިދިޔަ އަހަރު އޭނާގެ އަތުން އެއާ ގަން (ވައި ބަޑި) އެއް ޓީޗަރަކު އަތުލާފައިވާ ކަމަށް ފުލުހުން އާދީއްތަ ދުވަހު ބުނެފި އެވެ. މި ހާދިސާއާ ގުޅިގެން ސްކޫލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އާ އުސޫލުތަކެއް އެކުލަވާލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ވައުދުވެފަ އެވެ.

ވޭތުވެދިޔަ ހުކުރު ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، އުމުރުން 14 އަހަރުގެ މި ފިރިހެން ކުއްޖާ ވަނީ ގޭގައި އޭނާގެ ކާފަ އާއި މާމަ ބަޑިޖަހައި މަރާލުމަށްފަހު، ސްކޫލަށް ގޮސް އިތުރު ހަ މީހަކު މަރާލާފަ އެވެ. އަދި އެއަށްފަހު އޭނާ އަމިއްލަ ގަޔަށް ބަޑިޖަހައި ވަނީ މަރުވެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ބަޑި ބޭނުންކުރަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ޕްރޮވިންޝަލް ޕޮލިސް ރީޖަން 1 ގެ ޑެޕިއުޓީ ކޮމިޝަނަރު އައްތަޕޯލް އަނުސިތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހެކިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، އެ ކުއްޖާ ބަޑި ބޭނުންކުރަން ދަސްކުރުމަށް ޝައުގުވެރިކަން އުފެދިފައިވާތާ މިހާރު ގާތްގަނޑަކަށް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ ކަމަށެވެ.

ނަމަވެސް، އެ ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާގެ ފަރާތުން ނުރައްކާތެރި އެއްވެސް ނިޝާނެއް ކުރިން ފެނިފައެއް ނުވެ އެވެ.

ނަން ހާމަނުކުރުމަށް އެދި ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އެ ކުއްޖާގެ މަންމަ ބުނީ، އޭނާގެ ދަރިއަކީ ވަރަށް ވިސްނުންތޫނު، އުފާވެރި މިޒާޖެއްގެ ކުއްޖެއް ކަމަށާއި، އޭނާގެ އުޅުން ހުރީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.

އަދި ސްކޫލުގައި އެއްވެސް މީހަކު އޭނާއަށް ގަނާކުރޭތޯ (ބުލީ ކުރޭތޯ) ސުވާލުކުރުމުން، އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، ހުރިހާ ކަމެއްވެސް އާދައިގެ ގޮތެއްގައި ކުރިއަށްދާ ކަމަށް އެ ކުއްޖާ އަބަދުވެސް ބުނާ ކަމަށް މަންމަ ކިޔައިދިނެވެ.

މިހާތަނަށް 17 ހެކިވެރިއެއްގެ ބަޔާން ނަގާފައިވާ ކަމަށް ވިދާޅުވަމުން އައްތަޕޯލް ވިދާޅުވީ، އެ ކުއްޖާގެ ދަބަހުން ވަޅިއެއް ފެނިފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ތަނުން ފެނުނު ހެކިތަކުގެ ތެރޭގައި ބަޑިއަކާއި، ބޭނުންކޮށްފައިވާ ވަޒަންތަކުގެ ހުސް އޮށާއި، އަމިއްލަ ކޮމްޕިއުޓަރެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކުއްޖާގެ ކޮމްޕިއުޓަރު ތަހުގީގު ކުރިއިރު، ސޯޝަލް މީޑިއާ މެދުވެރިކޮށް އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯތައް އޭނާ ބަލާފައިވާކަން ވަނީ އެނގިފައި،" ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވި އެވެ. ނަމަވެސް، އެ ކުއްޖާ އަމަލީ ގޮތުން ބަޑިޖަހަން ފަރިތަކޮށްފައިވާ ކަމުގެ ހެއްކެއް އަދި ފެނިފައި ނުވާ ކަމަށް އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.

އައްތަޕޯލް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އެ ކުއްޖާ ސްކޫލަށް ބީބީ ގަން (ވައި ބަޑީގެ ބާވަތެއް) އެއް ގެންދިޔުމުން ޓީޗަރަކު ވަނީ އެ އަތުލާފަ އެވެ. އަދި އެ ކުއްޖާގެ މައިންބަފައިން ވަކިވި ފަހުން، ވޭތުވެދިޔަ 12 އަހަރު އޭނާ ދިރިއުޅެމުން އައީ އޭނާގެ ކާފަ އާއި މާމައާއެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތައިލެންޑުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އާ އުސޫލުތަކެއް އެކުލަވާލާނެ ކަމަށެވެ. މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ދެނެގަތުމާއި، ނުރައްކާ އޮތް ކަމަށް ފާހަގަކުރެވޭ ކުދިން މާހިރުންނަށް ދެއްކޭނެ ނިޒާމެއް ގާއިމުކުރުމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނުތައް ހިންގުމާއި، ގަނާކުރުން ހުއްޓުވުމުގެ އިތުރުން ސްކޫލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ފާސްކުރުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 20 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މިއީ 2022 ވަނަ އަހަރަށްފަހު ތައިލެންޑުގައި ހިނގި އެންމެ ނުރައްކާތެރި ބަޑިޖެހުމުގެ ހާދިސާ އެވެ. މިކަމާ ގުޅިގެން، ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ގިނައިން ބަޑި ގެންގުޅޭ ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ތައިލެންޑުގައި، ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ ބަހުސްތައް އަލުން ވަނީ ފެށިފަ އެވެ.

އެ ކުއްޖާ ދިރިއުޅެމުން އައީ އޭނާގެ ކާފަ އާއި މާމައާއެކު ކަމަށްވާއިރު، އޭނާގެ މަންމަ ބުނީ ދަރިފުޅާ އެންމެ ފަހުން ބައްދަލުވީ ދާދި ފަހުން ދިޔަ ސްކޫލް ބަންދު ތެރޭގައި ކަމަށެވެ.

"މި ހާދިސާ ހިނގި ދުވަހު، އެއީ އަހަރެންގެ ދަރިފުޅު ކުރި ކަމެއް ކަމެއް ނޭނގޭ،" މަންމަ ބުންޏެވެ. އޭނާ އިތުރަށް ބުނީ ސްކޫލެއްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގައިގެން އުޅޭ އަޑު އިވުމުން، ދަރިފުޅަށް މެސެޖުކޮށް ގުޅަން މަސައްކަތް ކުރި ކަމަށެވެ. "އަހަރެން ބުނީ އެއްވެސް ކަމެއް ގޯސްކޮށް އުޅޭނަމަ ގުޅާށޭ، މަންމަ ވަރަށް ކަންބޮޑުވެއޭ. އެވަގުތު ބުނެވުނީ އެވަރު."

ދަރިފުޅުގެ އަމަލުތަކަށްޓަކައި އޭނާ ވަނީ މައާފަށް އެދިފަ އެވެ.

"އަހަރެމެން މިތިބީ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގައި. މިފަދަ ކަމެއް ހިނގައިފާނެ ކަމަކަށް އެކަކުވެސް ހިއެއް ނުކުރޭ،" އޭނާ ބުންޏެވެ.

މަސްދަރު: ރޮއިޓާސް

ތައިލެންޑްސްކޫލަކަށް ދިން ބަޑީގެ ހަމަލާސޯޝަލް މީޑިއާހަތިޔާރު ކޮންޓްރޯލްނަފްސާނީ ދުޅަހެޔޮކަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި، ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްކޮށްލައިފި

07 އޯގަސްޓު 2026
ތައިލެންޑުގެ ސްކޫލެއްގައި ދަރިވަރަކު ބަޑިޖަހައި ޓީޗަރަކު މަރާލައި، ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްކޮށްލައިފި
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
19 ޖުލައި 2026

ކުދިން މެދުކެނޑުމެއްނެތި ފޯނާ ކުޅެން ތިބޭ ތިބުން ހުއްޓުވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ފަސް ކަމެއް

19 ޖުލައި 2026
ކުދިން މެދުކެނޑުމެއްނެތި ފޯނާ ކުޅެން ތިބޭ ތިބުން ހުއްޓުވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ފަސް ކަމެއް
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
16 ޖުލައި 2026

ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި

16 ޖުލައި 2026
ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި
13 ޖުލައި 2026

ބެންކޮކް ބާރ އެއް ގައި ރޯވި އަލިފާނުގައި 27 މީހުން މަރުވެއްޖެ

13 ޖުލައި 2026
ބެންކޮކް ބާރ އެއް ގައި ރޯވި އަލިފާނުގައި 27 މީހުން މަރުވެއްޖެ
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
02 ޖުލައި 2026

ރާއްޖެ އާއި ތައިލެންޑުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

02 ޖުލައި 2026
ރާއްޖެ އާއި ތައިލެންޑުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
28 ޖޫން 2026

ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ

28 ޖޫން 2026
ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ
27 ޖޫން 2026

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި

27 ޖޫން 2026
އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް