Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ޕީޕީއެމް، ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ސަރުކާރު ނިމިދާއިރު ކައުންސިލްތައް އޮންނަނީ ވިހައި މަރުވާ ބަލަހައްޓާ ތަނެއް ގޮތުގައި: މެންބަރު ދީދީ

5 އޮކްޓޯބަރު 2026 | ހޯމަ 12:23

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ބީރަށްޓެހި ސަރުކާރެއް ކަމަށާއި، ގާނޫނުތަކަށް ބަދަލު ގެނެސްގެން ރައްޔިތުންގެ ބާރުތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ޖަމާކުރަމުންދާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ. އަތޮޅު ކައުންސިލްތަކުގެ ބާރު ކަނޑުވާލައި އެލްޖީއޭގެ ގޮފިތަކަކަށް ބަދަލުކުރަމުންދާކަން ފާހަގަކުރައްވައި، މެންބަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ތަރައްގީއާ ދެކޮޅަށް ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 12:23
މެންބަރު އަހުމަދު ދީދީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މެންބަރު އަހުމަދު ދީދީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ޕީޕީއެމް، ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ސަރުކާރު ނިމިދާއިރު ކައުންސިލްތައް އޮންނަނީ ވިހައި މަރުވާ ބަލަހައްޓާ ތަނެއް ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ޑިމޮކްރެޓިކް ޕްރޮސެސް އަދި ޑިމޮކްރެޓިކް ނިޒާމާއި ވަރަށް ބީރަށްޓެހި ސަރުކާރެއް ކަމަށެވެ. 

Advertisement - newsAdvertisement

ގާނޫނު އަސާސީއަށް އެތަށް ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ، ރައްޔިތުން ހޯދާފައިވާ މިނިވަންކަމާއި ބާރުވެރިކަން އަދި ލާމަރުކަޒީ ނިޒާމު މަޑުމަޑުން ރައީސް މުއިއްޒުގެ މުށުތެރެއަށް ލައްވަމުން ލައްވަމުން ގޮސް ހުރިހާ ކަމެއް މިހާރު ރައީސް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިދޭތެރެއަކުން އެ ފާސްކުރި ގާނޫނުން، އެބޭފުޅުން ރައްޔިތުންގެ އިހުތިސާސްތަކުގެ ތެރޭގައި އޮންނަ ބިން މިނިސްޓަރަކު ބޭނުންވީމަ ބޭނުން ވަގުތަކު ނެގޭ ގޮތަށް އެ ހެދީ. ދެން މިހާރު ގޮސް ރަށްރަށުގައި ހުރި ހުރިހާ ބިމަކީ އެލްޖީއޭގެ މިލްކިއްޔާތުގެ ދަށުގައިވާތަން އަޅުގަނޑުމެންނަށް މިފެންނަނީ، ހަމަ އެގޮތަށް ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ވަރަށް ގިނަ ދުވަސްތަކެއް ހޭދަކޮށްގެން ހޯދި ގާނޫނު އަސާސީގައި މިއޮތް ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު އަސާސް މިއީ އަތޮޅު ކައުންސިލް، އަތޮޅުތައް ވަކިން ހިންގޭނެ ގޮތަށް ފަރުމާކުރެވިފައި އޮތް ނިޒާމު އެހެން ނަމަވެސް އެވެސް މިހާރު އުވާލީ
އަހްމަދު ދީދީ

މެންބަރު ދީދީ ވިދާޅުވީ މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހަކަށް އަތޮޅު ކައުންސިލްތައް ބަދަލުކޮށްފައިވާ ކަމަށެެވެ. އަދި މިސަރުކާރު ފާހަގަކުރެވެނީ ރައްޔިތުން ބޭނުންވާ ތަރައްގީއާ ދެކޮޅަށް މަސައްކަތް ކުރާ ސަރުކާރެއް ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއަކީ މިސަރުކާރު ކަމަށް ދައުވާ ކުރަމުން ދިޔަނަމަވެސް ފެނިގެން ދަނީ އެމްޑީޕީގެ ވެރިކަންތަކުގައި މި ބާރުތައް ރައްޔިތުންނަށް ދޫކުރާ މަންޒަރު ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ އަސްލު ސިފައިގައި މަސައްކަތް ކުރަނީ އެމްޑީޕީ ސަރުކާރެއް އޮންނަ ފަހަރަކު ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ. 

އެކި ނަން ނަމުގައި އަންނަ ޕީޕީއެމް އަދި ޕީއެންސީ ފިކުރުގެ ސަރުކާރުތަކުން އަބަދުވެސް ދަނީ ކައުންސިލްތަކުގެ ބާރުތައް ނަގަމުން ކަމަަށް މެންބަރު ދީދީ ވިދާޅުވި އެވެ. އަދި ސަރުކާރެއް ނިމިދާއިރު ކައުންސިލްތައް އޮންނަނީ ހަމައެކަނި ވިހައިމަރުވާ ބަލަހައްޓާ ތަނެއްގެ ގޮތުގައި މެންބަރު ދީދީ ސިފަކުރެއްވި އެވެ. މިސަރުކާރުން ވެސް ފެނިގެން ދަނީ އެ ލެވަލްއަށް ގެންދާ މަންޒަރު ކަމަށް ވެސް މެންބަރު ދީދީ ވަނީ ވިދާޅުވެފަ އެވެ.  

އަޙްމަދު ދީދީލާމަރުކަޒީ ނިޒާމު

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ

23 ސެޕްޓެމްބަރު 2026
"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ
05 ސެޕްޓެމްބަރު 2026

"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"

05 ސެޕްޓެމްބަރު 2026
"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"
05 ސެޕްޓެމްބަރު 2026

ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް

05 ސެޕްޓެމްބަރު 2026
ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް
29 އޯގަސްޓު 2026

އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު: އެންމެ އިސްކަންދޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ 3 އަހަރު!

29 އޯގަސްޓު 2026
އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު: އެންމެ އިސްކަންދޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ 3 އަހަރު!
29 އޯގަސްޓު 2026

ރައީސް މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަން ވައުދުވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެނޭ: މެންބަރު ދީދީ

29 އޯގަސްޓު 2026
ރައީސް މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަން ވައުދުވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެނޭ: މެންބަރު ދީދީ
29 އޯގަސްޓު 2026

އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!

29 އޯގަސްޓު 2026
އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!
27 އޯގަސްޓު 2026

މަޖިލީހުގެ ނިމުނު ދައުރަކީ ރައްޔިތުންނަށް ގެއްލުމާއި ދުއްތުރާ ކުރާ ބިލުތަކެއް ފާސްކުރި ދައުރެއް: މެންބަރު ދީދީ

27 އޯގަސްޓު 2026
މަޖިލީހުގެ ނިމުނު ދައުރަކީ ރައްޔިތުންނަށް ގެއްލުމާއި ދުއްތުރާ ކުރާ ބިލުތަކެއް ފާސްކުރި ދައުރެއް: މެންބަރު ދީދީ
24 އޯގަސްޓު 2026

މި ސަރުކާރަކީ ޖޯކެއް، އައްޑޫ ރައްޔިތުން ބުނަނީ ލިންކު ރޯޑް ނުހެދޭނަމަ އަވަހަށް އިހުތިސާސް އިން ވަކިކޮށް މަސައްކަތް ނިންމަން: ދީދީ

24 އޯގަސްޓު 2026
މި ސަރުކާރަކީ ޖޯކެއް، އައްޑޫ ރައްޔިތުން ބުނަނީ ލިންކު ރޯޑް ނުހެދޭނަމަ އަވަހަށް އިހުތިސާސް އިން ވަކިކޮށް މަސައްކަތް ނިންމަން: ދީދީ
24 އޯގަސްޓު 2026

އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ

24 އޯގަސްޓު 2026
އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ
23 އޯގަސްޓު 2026

ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ

23 އޯގަސްޓު 2026
ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް