Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މަޖިލީހުގެ ނިމުނު ދައުރަކީ ރައްޔިތުންނަށް ގެއްލުމާއި ދުއްތުރާ ކުރާ ބިލުތަކެއް ފާސްކުރި ދައުރެއް: މެންބަރު ދީދީ

27 އޯގަސްޓު 2026 | ބުރާސްފަތި 11:02

މަޖިލީހަށް ކޮންމެ ބިލެއް ވެސް ފާސްކުރަން ފޮނުވަނީ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރަމަށް ފަހު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައި. މިކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު މިކަމާ ގުޅިގެން އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި، ޤާނޫނަށް މި ގެނެވޭ އިސްލާހާ އެބޭފުޅުން ދެކޮޅު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2026 | ބުރާސްފަތި 11:02
އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ދީދީ ވާހަކަ ދައްކަވަނީ

އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ނިމިގެންދިޔަ ދައުރަކީ ރައްޔިތުންނަށް ގެއްލުމާއި ދުއްތުރާ ކުރާ ބިލުތަކެއް ފާސްކުރެވުނު ދައުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިފަހައްޓަނީ ޓޫރިޒަމް އިންޑަސްޓްރީ އިން ކަމަށާއި މިހާރު ޤާނުނަށް ގެނެވޭ އިސްލާހުގެ ތެރެއިން 40 އިންސައްތަ ޑޮލަރު އެކްސްޗޭންޖް ކުރުމުގެ ސަބަބުން ވިޔަފާރިތަކަށް އެތައް ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހަށް ކޮންމެ ބިލެއް ވެސް ފާސްކުރަން ފޮނުވަނީ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރަމަށްފަހު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު މިކަމާ ގުޅިގެން އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި، ޤާނޫނަށް މި ގެނެވޭ އިސްލާހާ އެބޭފުޅުން ދެކޮޅު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮންމެސް ޕްރޮގްރާމެއްގައި ތިމަންނަމެން ކޮންމެ ބިލެއްވެސް ރައްޔިތުންގެ މަޖިލީހަށް ފާސްކުރަން ފޮނުވަނީ ސްޓޭކްހޯލްޑަރުންނާ ވާހަކަދައްކާ ވަރަށް ދިގު ޕްރޮސެސް އެއް ކަޑައްތު ކުރުމަށް ފަހުގައި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ އިންޑަސްޓްރީގެ ބޭފުޅުންވެސް ވަނީ ޕްރެސް ރިލީޒެއް ނެރެފައި އެބޭފުޅުންނާ އެދެވޭ ވަރުގެ މަޝްވަރާއެއްކޮށްފައި ނުވާކަން. އަދި އެ ބޭފުޅުން ސަރުކާރުން އެ ހުށައަޅާފައިވާ ހުށެއެޅުން ގަބޫލެއް ނުކުރާ ކަމަށް އެ ގޮތަށް މި އިންޑަސްޓްރީ ކުރިޔަށް ނުދާނެ ކަމަށް
އަހުމަދު ދީދީ

ޓީޓީ ހެދި ނަމަވެސް ވިޔަފާރިތަކަށް ލިބިގެންދަނީ ހަމައެކަނި 20 އިންސައްތަ ކަމަށް ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން އަނެއް 80 އިންސައްތަ ހޯދަން ޖެހިފައިވަނީ މާކެޓްގެ ތެރެއިން ނުރަސްމީ ގޮތަކަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކަށް އަލި އަޅުވާލައްވާ މެންބަރު ދީދީ ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ. މިއީ ރައްޔިތުންގެ ބިންތައް ރައީސް ބޭނުންވާ ވަގުތަކު އަދި ކެބިނެޓް މެންބަރުން ބޭނުންވާ ވަގުތަކު، ބޭނުން އިރަކު ނެގޭ ގޮތަށް ގާނޫނަށް ގެނަސްފައިވާ ބަދަލެއް ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.

މެންބަރު ދީދީ ވިދާޅުވީ މިހާރު މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން މަސައްކަތް ކުރަމުންދަނީ ބާރުތައް ފެށިގެން އަންނަނީ އަދި ބާރުތައް ދެމި އޮންނާނީ ވެސް ވެރި މީހައިގެ ކިބައިން ކަމަށް ބުނެ ނިޒާމަށް ބަދަލުތައް ގެނައުމަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތަކީ ބާރުތައް ފެށިގެން އަންނަނީ އަދި ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ފަރާތުގައި ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ މި ދައުރުގައި ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީ އިން 40 އިންސައްތަ އެކްސްޗޭންޖް ކުރުމަށް ގާނޫނަށް އިސްލާހު ގެނަސްފަ އެވެ. އަދި ކައުންސިލްތަކުގެ އިހްތިސާސުގައިވާ ބިންތައް ސަރުކާރަށް ބޭނުން ވަގުތަކު ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އަޙްމަދު ދީދީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި: މެންބަރު ޝަމްހީދު

27 އޯގަސްޓު 2026
ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި: މެންބަރު ޝަމްހީދު
27 އޯގަސްޓު 2026

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

27 އޯގަސްޓު 2026
އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި
26 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!

26 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!
26 އޯގަސްޓު 2026

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

26 އޯގަސްޓު 2026
އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
26 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް މަޖިލީހުން ރުހުންދީފި!

26 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް މަޖިލީހުން ރުހުންދީފި!
26 އޯގަސްޓު 2026

މި ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ: އަމީރު

26 އޯގަސްޓު 2026
މި ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ: އަމީރު
26 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

26 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
26 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް
26 އޯގަސްޓު 2026

މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން

26 އޯގަސްޓު 2026
މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް