Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެހެންދޫ ކައުންސިލް

ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:53

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވެއްޖެ. މަޝްރޫއުތަކަށް ބިން ދޫކުރި ނަމަވެސް އަމަލީ މަސައްކަތް ނުފެށޭތީ، ކަންކަން ނުވަނީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:53
ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން

ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން | ރާއްޖެ އެމްވީ

ސަރުކާރުން ލާމަރުކަޒީ ނިޒާމަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ކުރާނެކަމަށް ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝައުފާން ވިދާޅުވީ، ފެހެންދޫއަށް އެކަނި ބެލިނަމަވެސް، ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން 100 އިންސައްތަ ގެއްލުމެއް ލިބިފައިވާކަމަށެވެ.

Advertisement - newsAdvertisement

އެ ކައުންސިލް ނައިބު ރައީސް ވިދާޅުވީ، މި ގެއްލުން ލިބުނު ސަބަބަކީ ފަހު އަހަރަށް ތާވަލުކުރެވިފައި ހުރި ގިނަ މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވުން ކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރަށްރަށުގައި ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބުރޫއަރާކަން ކުރިމަތިވެފައިވާކަން ފާހަގަކުރެެއްވޭ އެވެ.

ޝައުފާން ވިދާޅުވީ، މިހާރުވެސް ސަރުކާރުގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް 12 ވަރަކަށް ބިން ހަމައެކަނި ފެހެންދޫއިން ވެސް ދީފައިވާކަމަށެވެ. ނަމަވެސް މަސައްކަތެއް ހިނގަނީ އޭގެ ތެރެއިން އެންމެ ބިމެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ސަރުކާރަށް ކަންކަން ނުކުރެވެނީ ކައުންސިލުތަކުން އެއްބާރުލުން ނުދީގެން ކަމަށް ބުނެވޭ ވާހަކަތައް ދެކޮޅެއް ނުޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބުނި ގޮތަކަށް، ބުނި ތަނަކުން ބިން ދޫކުރަމުންދާކަމަށެވެ.

މީގެ އިތުރުން، ފެހެންދޫގައި ފަތުރުވެރިކަން ފެށިފައިވާ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ފަތުރުވެރިކަން ފުޅާވަމުން ނުދާކަން ޝައުފާން ފާހަގަކުރެއްވި އެވެ. އެގޮތުން އިންވެސްޓަރުން ނުލިބުމުގެ ދަތިތައް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު ފެހެންދޫގައި އޮޕަރޭޓް ކުރަމުންދަނީ 3 ގެސްޓްހައުސް ކަމަށްވެސް ޝައުފާން ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކާ ގުޅިގެން ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ހުރަސްތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވެ އެވެ. ކައުންސިލްތަކަށް ލިބެމުންދިޔަ ބާރުތައް ކުޑަވުމާއި، ތަރައްގީގެ މަޝްރޫއުތަކަށް ލިބެމުންދިޔަ ބަޖެޓް ކުޑަވުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވެ އެވެ.

ފެހެންދޫލާމަރުކަޒީ ނިޒާމު

އެންމެ ހިނގާ

1

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

2

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

5

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!

29 އޯގަސްޓު 2026
އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!
18 އޯގަސްޓު 2026

މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު

18 އޯގަސްޓު 2026
މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު
16 އޯގަސްޓު 2026

ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމު ބޭނުންކުރަނީ ރައްޔިތުންގެ ވޯޓު ހޯދައި، އިންތިޚާބުތައް ކާމިޔާބުކުރުމަށް: އައިމަން

16 އޯގަސްޓު 2026
ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމު ބޭނުންކުރަނީ ރައްޔިތުންގެ ވޯޓު ހޯދައި، އިންތިޚާބުތައް ކާމިޔާބުކުރުމަށް: އައިމަން
15 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!

15 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!
13 އޯގަސްޓު 2026

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު

13 އޯގަސްޓު 2026
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
09 އޯގަސްޓު 2026

ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ

09 އޯގަސްޓު 2026
ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
29 ޖުލައި 2026

އައްޑޫގެ 100 ހެކްޓަރުގެ ބިން ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމުން މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން!

29 ޖުލައި 2026
އައްޑޫގެ 100 ހެކްޓަރުގެ ބިން ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމުން މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް