Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ

23 އޯގަސްޓު 2026 | އާދީއްތަ 08:01

އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނިކޮށް، "ސަވާހިލި" ރަށް އެ ސިޓީގެ އިހުތިސާސުން ވަކިކުރުމުން އައްޑޫގެ ފަތުރުވެރިކަމުގެ އުއްމީދުތަކަށް ހުރަސްއެޅިފައިވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ. ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުން އޮތްއިރު، މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ބާރުވެރިކަން ނިގުޅައިގަތުން ކަމަށް އޭނާ ފާހަގަކުރެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 އޯގަސްޓު 2026 | އާދީއްތަ 08:01
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ | ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ "ސަވާހިލި" ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ ސިޓީގެ އިހުތިސާސުން ވަކިކޮށް، މި ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުން ޓޫރިޒަމާމެދު ކުރަމުން އައި އުއްމީދުގެ ހުޅުކޮޅު ނިއްވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ، ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން މެންބަރު ދީދީ ވިދާޅުވީ މި ސަރުކާރުން ދަނީ، ސަރުކާރުގެ އެކިއެކި ބާރުތައް ބޭނުންކޮށްގެން ރައްޔިތުންގެ އަތުން ބިންތައް އަތުލަމުން ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ބޭނުން ވަގުތަކު ބޭނުން ބަޔަކަށް ނެގޭ ގޮތަށް ކައުންސިލްތަކުގެ ނުވަތަ ސިޓީތަކުގެ އިހުތިސާސްގެ ތެރޭގައިވާ ބިންތައް ސަރުކާރަށް ނަގައި ރައްޔިތުންނަށް ލިބެންޖެހޭ މަންފާއާ ބާރުވެރިކަން އެއްކޮށް ނައްތާލަމުން ދާ ކަމަށް ދީދީ ވިދާޅުވި އެވެ. 

މިސާލެއްގެ ގޮތުގައި ސަވާހިލި ނަންގަވާ މެންބަރު ވަނީ އެކަމުގައި ހުރި ގިނަ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އައްޑޫގައި ތަރައްގީ ކުރަމުންދާ ޒޯންގައި އައްޑޫގެ އިހުތިސާސްގައި އޮތް ސަވާހިލި، އައްޑޫ ރައްޔިތުންގެ އަތުން ވަކި ކޮށްލި. ވަކި ކޮށްލީމަ، އައްޑޫ ސިޓީ ރައްޔިތުން ދެކެމުން އައި ހުވަފެން، ޓޫރިޒަމް ބިނާ ކުރުމަށް އެ ދެކެމުން ދިޔަ ހުވަފެން، އުއްމީދުގެ ހުޅުކޮޅު، ނިއްވާލުމުގެ މަސައްކަތް ސަރުކާރުން އެ ކުރީ. އެ ޒޯނުގައި ތިބި ޓޫރިސްޓު ހޮޓަލްތަކަށް އިމާރާތް ކުރެވެމުން ދިޔަ ގާތްގަނޑަކަށް 350 ރޫމުގެ ސަރަހައްދެއް ތަރައްގީ ކުރެވެމުން ދިޔައީ. ސަވާހިލި ކުއްޔަށް ދޭން އިއުލާނު ކުރުމާއެކު، ސަރުކާރުން  ވަގުތުން އެ ބިން ނެގީ. ނަގާފަ މިހާރު އައްޑޫ ރައްޔިތުންނަށް ކިހިނެއް ކަމެއް ވާނީ، އޭގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ކޮން ކަމެއްތޯ ވާނީ، އައްޑޫ ސިޓީގެ ރައްޔިތުން ދެކެމުން އައި ހުވަފެނަަށް މި ދިޔައީ ހުރަސް އެޅިގެން
އަހްމަދު ދީދީ

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ ސަވާހިލި ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ އެ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށް ވެސް ހުޅުވާލާފައި ވަނިކޮށެވެ. އެގޮތުން ސަވާހިލި އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވެ އެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުން ކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ހިމަނުއްވާފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުން ކަމުގައި އެ ސިޓީގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.

ސަވާހިލިއަޙްމަދު ދީދީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅާލަން: ރައީސް ނަޝީދު

23 އޯގަސްޓު 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅާލަން: ރައީސް ނަޝީދު
22 އޯގަސްޓު 2026

ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!

22 އޯގަސްޓު 2026
ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

19 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!

19 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ އަލުން މަރުކަޒީ ވުޒާރާތަކުގެ ދަށަށް ބާރުތައް ޖަމާކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ ބިލެއް: ހޯރަފުށީ ކައުންސިލް

16 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ ނިޔަތަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެގުން: ހުމެއިދާ

16 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ ނިޔަތަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެގުން: ހުމެއިދާ
15 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!

15 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!
14 އޯގަސްޓު 2026

ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު

14 އޯގަސްޓު 2026
ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް