Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

11 ސެޕްޓެމްބަރު 2026 | ހުކުރު 13:43

ރައީސް މުއިއްޒުގެ ވައުދުފުޅުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ވަޒީރުން ޖަވާބުދާރީނުވެ، ނޫސްވެރިންނަށް ދަނީ ބިރުދައްކަމުން. ސަރުކާރުގެ ތެރޭގައި އޮތް ބިރުވެރިކަމާއި ޚުދުމުޚުތާރު ސިޔާސަތުތަކުގެ ސަބަބުން ވަޒީރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރަން ހުރަސްއެޅިފައިވާކަން ފާހަގަކޮށް، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ސެޕްޓެމްބަރު 2026 | ހުކުރު 13:43
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން | ޓްރާންސްޕޯޓް މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރެއިން ފެންނަމުންދާ ކަންކަމަކީ، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓާއި ގާނޫނީ ހަމަތަކާ މުޅިން އިދިކޮޅު، ގައުމު ހަރުކަށި، ޚުދުމުޚުތާރު މިސްރާބަކަށް ވައްޓާލަމުންދާ މަންޒަރެވެ. ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމަލުކުރެއްވި ގޮތާއި ދެއްކެވި ވާހަކަތަކަކީ މިކަމުގެ އެންމެ ފުރިހަމަ މިސާލެވެ.

ރައްޔިތުންނަށް ހިއްސާ ލިބޭގޮތަށް 10 ރިސޯޓު ތަރައްގީކޮށް، ރައްޔިތުންގެ ޖީބަށް ޑޮލަރުން ފައިދާ ވެއްދުމުގެ ނަމުގައި ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ބޮޑު ވައުދަފުޅަށް ބަލާއިރު، އަދި ވެސް ރައްޔިތުންނަށް ވާނުވާ އެއް އެނގޭ ވަރެއް ނުވެ އެވެ. މި ހިނގާ ސެޕްޓެމްބަރު މަސް ނިމި، އޮކްޓޯބަރަށް އަޅައި، ނޮވެމްބަރު މަހު މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެ ރިސޯޓުތައް ހަދަނީ ކޮން ތަނެއްގައިކަން މިނިސްޓަރު އަމީން އަށް ވެސް ވިދާޅެއް ނުވެވުނެވެ. ނުވަތަ ގަންނާ ކުރައްވާ ބިރެއްގެ ބޮޑުކަމުން އެ ކަން ހާމަނުކުރެއްވީ ކަމުަގައި ވެދާނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މި މުހިންމު ސުވާލު ދެންނެވުމުން މިނިސްޓަރު އަމީން ރުޅި އިސްކުރައްވާ ވާހަކަދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ، އަދި ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވާން ބޭނުންނުވާ ކަމުގެ ފާޅުކަން ބޮޑު ހެއްކެކެވެ. ނޫސްވެރިޔާ ދެންނެވި ސުވާލަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި، މިނިސްޓަރު އަމީން ވިދާޅުވީ އެއީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނު މަގުފުރައްދާ، ނުބައި މަގަކުން ގެންދަން މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭނެތާ، ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

މިއީ ސަރުކާރުގެ ވަޒީރުންގެ ކިބައިން ފެންނަންޖެހޭ އަޚުލާގީ މިންގަނޑަށް ނުފެތޭ ފަދަ އިހުތިރާމު ކުޑަ ޖަވާބެކެވެ. ކޮންމެއަކަސް ޔަގީން ވާ އެއްކަމެއް އެބައޮތެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ވަޒީރުން ތިއްބެވީ އަމިއްލަ ޚިޔާލެއް ފާޅުކުރަން ނުކެރި، ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމެވެ. ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ކެބިނެޓްގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނަށް ނަފްސާނީ ގޮތުން ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ މިންވަރެވެ. އެނގި ހުރެ ވެސް މައުލޫމާތު ހާމަ ކުރަން ޖެހިލުންވާ މިންވަރެވެ.

މި ފަހުން މިކަމަށް ލިބުނު އެންމެ ބޮޑު އެއް ބާރަކަށް ވެގެން ދިޔައީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އިތުރުކުރުމުގެ ކެމްޕޭނާ ގުޅުވައިގެން، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހަށް ޝުކުރު އަދާކުރެއްވުމުން ކުރީގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެ ޕާޓީގެ ލީޑަރޝިޕް ގްރޫޕުން ވަގުތުން ބޭރުކުރެއްވި ހާދިސާ އެވެ.  މެންބަރުންގެ އަދަދު އިތުރުކުރަން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީއެންސީގެ ލީޑަރޝިޕް ވައިބަރ ގްރޫޕުގައި އެކި ބޭފުޅުން ރައީސް މުއިއްޒު އަށް ނިސްބަތްކުރައްވައި "ސާބަސް ރައީސް، ޝުކުރިއްޔާ ރައީސް" ޖައްސަވަމުން ގެންދެވި ވަގުތު، ޑރ. ޚަލީލް ލިޔުއްވީ "ޝުކުރިއްޔާ ލީޑަރު ފަލާހް" މިފަދައިންނެވެ. މި މެސެޖާ ގުޅިގެން ރައީސް މުއިއްޒު ކޯފާވެ، ވަގުތުން ޚަލީލް އެ ގްރޫޕުން ބޭރުކޮށްލެއްވި އެވެ.

ރައީސް މުއިއްޒު އަކީ ކޮންމެ ކަމެއްގައި ވެސް އެމަނިކުފާނުގެ އަމުރުފުޅު ނޫންގޮތަކަށް ނުކުރެވޭނެ، އަދި އިދިކޮޅު ނުވަތަ ތަފާތު ޚިޔާލެއް ބަލައިނުގަންނަވާ، އުތުރު ކޮރެއާގެ ޚުދުމުޚުތާރު ލީޑަރުންގެ ސިފަތައް ގައިގައި ހުންނެވި ވެރިއެއްކަން މިފަދަ ކަންކަމުން ދަނީ ތަކުރާރުކޮށް ސާބިތުވަމުންނެވެ. މި ފާޑުކިޔުންތަކަށް އިތުރު ބާރެއް ލިބިގެންދިޔައީ، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ދެއްކެވި ވާހަކަތަކުންނެވެ. ރައީސް މުއިއްޒުގެ ނަންފުޅު ކިޔުމުން ސަޕޯޓަރުން އަތްޖަހާ ގޮތް ދުނިޔޭގައި އޮތް އެންމެ އަނިޔާވެރި، އިންސާނީ ހައްގުތައް އެއީ ކޮންއެއްޗެއްކަން ނުދަންނަ އުތުރު ކޮރެއާގެ ރައްޔިތުން އެ ގައުމުގެ ލީޑަރަށް އަތްޖަހާ އުސޫލާ އެއްގޮތް ކޮށް، އެއީ "ވަރަށް ރީތި" ކަމެއް ކަމަށް ފަލާހު ޕޯޑިއަމެއްގައި ވިދާޅުވުމަކީ މުޅި ދިވެހި ގައުމާއި ރައްޔިތުން ލަދުގަންނަން ޖެހުނު ކަމެކެވެ.

ދިވެހިރާއްޖެއަކީ މިނިވަން، ޑިމޮކްރެޓިކް ހަމަތަކެއްގެ މަތީގައި ހިންގަމުން އަންނަ ގައުމަކަށް ވާއިރު، ވެރިކަންކުރާ ޕާޓީގެ އިސްވެރިޔަކު މިފަދަ އަނިޔާވެރި، ޚުދުމުޚުތާރު ނިޒާމުތަކަށް ތައުރީފުކުރައްވާ ވާހަކަދެއްކެވުމަކީ ސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަކޮށްދޭ ކަމެކެވެ. އުތުރު ކޮރެއާގައި ރައްޔިތުން އެފަދައިން އަތްޖަހަނީ ލޯބިން ކަމަށް ބުންޏަސް، ހަގީގަތަކީ އެއީ އެގައުމުގެ ވެރިމީހާ ދެކެ ގަންނަ ބިރާއި، ނުރުހުން ފާޅުކޮށްފިނަމަ މަރާލަފާނެ ކަމުގެ ބިރު އޮތްވަރުން މަޖުބޫރުވެގެން ކުރާކަމެއް ކަމެވެ. އެފަދަ ނުރައްކާތެރި، އަނިޔާވެރި ނިޒާމުތަކުގެ އަމަލުތައް ދިވެހިރާއްޖެއަށް ވެއްދުމަށް މަސައްކަތްކުރުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދަށުގައި ދިވެހިންގެ މިނިވަންކަމާއި ހައްގުތައް ގެއްލި، ނުރައްކަލަކަށް ހުށަހެޅިފައިވާ މިންވަރު އަންގައިދޭ ވަރަށް ބޮޑު ސިގްނަލެކެވެ.

ހަމައެކަނި މިނިސްޓަރު އަމީން އެއް ނޫނެވެ. އެހެން ވަޒީރުން ވެސް މިއަދު މި ރައީސް ދެކެ ގަންނަވަނީ އަމަށަކު ބިރެއް ނޫނެވެ. އެންމެ އާދައިގެ ރައްޔިތު މީހާ ފަދައިން، ގައުމުގެ ވަޒީރުން ވެސް އެތިބެނީ، ނޭވާލެވޭ ގޮތަކުން މަގާމުން ދުރުވާން ޖެހޭނެ ކަމުގެ ބިރަށް ސިހިސިހި އެވެ. ރައީސް މުއިއްޒު މި ގައުމު ހިންގަވަމުންގެންދަނީ ހަރުކަށި، ޑިކްޓޭޓަރ ސްޓައިލަކަށް ކަމަށް ބެލެވޭއިރު ވައުދުތައް ނުފުއްދި، ސުވާލުކުރުމުން ނޫސްވެރިންނަށް ބިރުދައްކައި، އަދި އުތުރު ކޮރެއާ ފަދަ ނިޒާމުތައް މިސާލަކަށް ނަގަމުންދާ މިފަދަ ސަރުކާރަކަށް ދިވެހި ރައްޔިތުން އިތުރަށް ކެތްކޮށްގެން ތިބެވެން ނެތްކަމާއި، މިކަމާ ދެކޮޅަށް ތެދުވާންޖެހިފައިވާކަން މިއަދު މިވަނީ ވަރަށް ބޮޑަށް ހާމަވެފަ އެވެ.  

މުހައްމަދު އަމީންޕީއެންސީޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

5

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން، އަޅުގަނޑަކީ ޓޫރިޒަމް މިނިސްޓަރު، އަޅުގަނޑަށް އެނގޭނެ: މިނިސްޓަރު އަމީން

10 ސެޕްޓެމްބަރު 2026
ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން، އަޅުގަނޑަކީ ޓޫރިޒަމް މިނިސްޓަރު، އަޅުގަނޑަށް އެނގޭނެ: މިނިސްޓަރު އަމީން
10 ސެޕްޓެމްބަރު 2026

ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026

ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް

10 ސެޕްޓެމްބަރު 2026
ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް
09 ސެޕްޓެމްބަރު 2026

ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ

09 ސެޕްޓެމްބަރު 2026
ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ
08 ސެޕްޓެމްބަރު 2026

ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!

08 ސެޕްޓެމްބަރު 2026
ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!
08 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

08 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!
08 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

08 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން
06 ސެޕްޓެމްބަރު 2026

ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް

06 ސެޕްޓެމްބަރު 2026
ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް