Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން ހަނގުރާމަ

އިނގިރޭސިވިލާތުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒެއް ކައިރީ "ހާދިސާއެއް" ހިނގައި، އެ ސަރަހައްދު ބަންދުކޮށްފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 09:17

ގޮވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގިނަ ބަޔަކު ހައްޔަރުކުރުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ވެލްފަޑް އަވަށުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ބޮޑު ހާދިސާއެއް އިއުލާނުކޮށްފި. މި މައްސަލައިގެ ތަހުގީގަށް އެ ސަރަހައްދުގެ ގެތައް ހުސްކޮށް އުޅަނދުތައް ބަލައިފާސްކުރަމުންދާއިރު، މިއީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކުރާ މަރުކަޒެއް ކައިރީގައި ހިނގި ހާދިސާއެއް

ނިއުސް ޓީމް
ނިއުސް ޓީމް | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 09:17
އިނގިރޭސިވިލާތުގެ ގްލޮސްޓެޝާގައި ހިނގި "ހާދިސާއަކާ" ގުޅިގެން ފުލުހުންނާއި ގޮވާތަކެތި ނައްތާލާ ޚާއްސަ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އިނގިރޭސިވިލާތުގެ ގްލޮސްޓެޝާގައި ހިނގި "ހާދިސާއަކާ" ގުޅިގެން ފުލުހުންނާއި ގޮވާތަކެތި ނައްތާލާ ޚާއްސަ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ | ރޮއިޓާސް

އެމެރިކާ ސިފައިން ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ (އާރްއޭއެފް) މަރުކަޒެއް ކައިރީގައި އޮންނަ އަވަށެއްގައި "ބޮޑު ހާދިސާއެއް" ހިނގާފައިވާ ކަން އިއުލާނުކޮށް، އެ އަވަށުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ އަވަށުގެ މަގުތައް ބަނދުކޮށް، ގެތައް ހުސްކޮށް، ގެތަކާއި އެއްގަމު އުޅަނދުފަހަރު ބަލައިފާސްކުރަން ފަށާފަ އެވެ.

އެ ސަރަހައްދުގައި ހިނގާފައި ވަނީ ކޮން ކަހަލަ ހާދިސާއެއް ކަން މިހާތަނަށް ސާފެއް ނުވެ އެވެ. ނަމަވެސް، ގޮވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ގްލޮސްޓެޝާގެ ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި، މި މައްސަލައާ ގުޅިގެން އަސްކަރިއްޔާގެ ގޮވާތަކެތި ނައްތާލާ ޚާއްސަ ޓީމަކުން ގިނަ އަދަދެއްގެ އުޅަނދުތަކެއް ބަލައި ފާސްކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

Advertisement - worldAdvertisement

އާރްއޭއެފް ފެއާފަޑް ކައިރީގައި އޮންނަ ވެލްފަޑް އަވަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި، ތަހުގީގު ކުރިއަށްދާ ވަގުތު އެ މީހުން ރައްކާތެރި ހިސާބަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ސަރަހައްދު މިހާރު ފުލުހުން ބަންދުކޮށްފައިވާ އިރު، މި ހާދިސާ މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް ޤަބޫލުކުރެވޭ ކަމަށް ފުލުހުންގެ އޮފިސަރުން ވަނީ ބުނެފަ އެވެ. ނަމަވެސް، ނުރައްކާތެރި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޚާއްސަ ޓީމެއް ހިމެނޭހެން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ގިނަ އަދަދެއްގެ އޮފިޝަލުން އަދިވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ގްލޮސްޓެޝާގެ ފުލުހުން ބުނީ: "ބޮޑު ހާދިސާއެއް އިއުލާނުކުރުމާ ގުޅިގެން ވެލްފަޑް ސަރަހައްދުގެ ގިނަ ގެތަކެއް މިހާރު ދަނީ ހުސްކުރަމުން. މިއީ، ގޮވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކުށްތަކަކަށް ތުހުމަތުކުރެވިގެން ގިނަ ފިރިހެނުންތަކެއް ހައްޔަރުކުރުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް. އަޅުގަނޑުމެން މި ދަނީ އަޅުގަނޑުމެންގެ ބައިވެރިންނާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން އަދި ކަމާގުޅޭ ފިޔަވަޅުތައް ތަންފީޒުކުރަމުން."

އާރްއޭފް ފެއާފަޑް އެއާބޭސްއަކީ، އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުގާނޫނީ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރަމުންދާ ވައިގެ ބަނދަރެކެވެ. އެ އެއާޕޯޓުގައި އެމެރިކާގެ ވައިގެ ސިފައިންގެ ގިނަ އަދަދެއްގެ ބޮންއަޅާ މަތިންދާބޯޓުތައް ތިބި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އީރާނަށް ހަމަލާދިނުމަށް މި ވައިގެ ބަނދަރު ބޭނުންކުރަމުންދާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

މަސްދަރު: ބީބީސީ

އެމެރިކާއާރްއޭއެފްވެލްފޯޑްގްލޮސްޓެޝާއެމެރިކާ-އީރާންފެއާފަޑް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

މެދުކެނޑުމަކަށްފަހު އިރާގަށް އަލުން ޑޮލަރުގެ ނަގުދު ފައިސާ ފޮނުވަން އެމެރިކާއިން އެއްބަސްވެއްޖެ

27 ސެޕްޓެމްބަރު 2026
މެދުކެނޑުމަކަށްފަހު އިރާގަށް އަލުން ޑޮލަރުގެ ނަގުދު ފައިސާ ފޮނުވަން އެމެރިކާއިން އެއްބަސްވެއްޖެ
27 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުން އިސްތިސްނާ ހޯދަން އިރާގުން މަސައްކަތް ކުރަނީ

27 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުން އިސްތިސްނާ ހޯދަން އިރާގުން މަސައްކަތް ކުރަނީ
26 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް ފުރުސަތު ނުދޭނަމަ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާނެ: އީރާން

26 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް ފުރުސަތު ނުދޭނަމަ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާނެ: އީރާން
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
18 ސެޕްޓެމްބަރު 2026

އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން

18 ސެޕްޓެމްބަރު 2026
އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން
18 ސެޕްޓެމްބަރު 2026

ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ

18 ސެޕްޓެމްބަރު 2026
ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ
12 ސެޕްޓެމްބަރު 2026

"ކޮންމެ ފަދަ ގޮތަކުން" ވެސް ބާރާއި ނުފޫޒު ގަދަކުރަން ހުޅަނގުން އޮތީ ތައްޔާރަށް: ޕުޓިން

12 ސެޕްޓެމްބަރު 2026
"ކޮންމެ ފަދަ ގޮތަކުން" ވެސް ބާރާއި ނުފޫޒު ގަދަކުރަން ހުޅަނގުން އޮތީ ތައްޔާރަށް: ޕުޓިން
04 ސެޕްޓެމްބަރު 2026

ކެތޭ ޕެސިފިކުން ދުބާއީ އަދި ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

04 ސެޕްޓެމްބަރު 2026
ކެތޭ ޕެސިފިކުން ދުބާއީ އަދި ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
02 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުން އަލުން މަޝްވަރާތައް ފަށަން ގަތަރުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުން އަލުން މަޝްވަރާތައް ފަށަން ގަތަރުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް