Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުން އިސްތިސްނާ ހޯދަން އިރާގުން މަސައްކަތް ކުރަނީ

27 ސެޕްޓެމްބަރު 2026 | އާދީއްތަ 05:05

އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިރާގުގެ ހަތަރު އެއާޕޯޓަކުން ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން، އިންސާނީ ސަބަބުތަކަށް ޓަކައި އެ ގައުމަށް އިސްތިސްނާއެއް ދިނުމަށް ބަޣުދާދުން ވޮޝިންގޓަނާއެކު މަޝްވަރާ ފަށައިފި. މި ނިންމުމާ ދެކޮޅަށް އިރާގުގައި މުޒާހަރާކުރަމުންދާއިރު، ދަތުރުތައް އަލުން ފެށުމަށް ޓަކައި އިރާގު ސަރުކާރުން ދަނީ އީރާނުގެ ކަމާބެހޭ އިދާރާތަކާ އެކުވެސް ވާހަކަދައްކަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 05:05
އީރާނުގެ އެއާލައިންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް އިރާގުގެ ވެރިރަށް ބަޣުދާދުގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން

އީރާނުގެ އެއާލައިންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް އިރާގުގެ ވެރިރަށް ބަޣުދާދުގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން | އަނަދޮލު އޭޖެންސީ

އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް އަމާޒުކޮށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުން އިރާގުގެ ބައެއް ވައިގެ ބަނދަރުތައް އިސްތިސްނާ ކުރުމަށް ޓަކައި، ވޮޝިންގޓަނާ މަޝްވަރާކުރަމުންދާ ކަން އިރާގުން ހާމަކޮށްފި އެވެ.

އީރާނުގެ އެއާލައިންތަކާއެކު ވިޔަފާރިކުރާ ބައިނަލްއަގްވާމީ ހުރިހާ ކުންފުންޏަކާ ދެކޮޅަށް ވައިގެ ދަތުރުފަތުރާ ގުޅޭ އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވޮޝިންގޓަނުން އިޢުލާނު ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އިރާގުގެ ހަތަރު ވައިގެ ބަނދަރަކުން ވަނީ އީރާނާ ދެމެދު ކުރާ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފަ އެވެ.

Advertisement - worldAdvertisement

ބަޣުދާދަށް އެމެރިކާއިން އިސްތިސްނާއެއް ދީފި ނަމަ، "ބޭސްފަރުވާއާއި، ތަޢުލީމާއި، ދީނީ ކަންކަމަށް ކުރާ ދަތުރުތަކާއި، އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ އިންސާނީ ސަބަބުތަކަށް ޓަކައި" އަލުން ދަތުރުތައް ފެށުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިރާގުގެ ބޮޑުވަޒީރުގެ އޮފީހުން ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައި އެވެ.

ބޮޑުވަޒީރު ޢަލީ އަލް-ޒަޢިދީގެ މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ބަޣުދާދުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "މައްސަލަތައް ދިގުލައިގެން ދިޔުމަކީ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް" އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި، ސަރަހައްދުގެ ގައުމުތަކާއި ރައްޔިތުންގެ މަސްލަހަތަށް ޓަކައި މިހާރު ހިނގަމުންދާ ކާރިސާއާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވާހަކަދެއްކުމާއި މަޝްވަރާގެ މަގު ޚިޔާރުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

ބަޣުދާދާއި، ނަޖަފް، އަރްބީލް އަދި ސުލައިމާނިއްޔާގެ އެއާޕޯޓުތަކުގައި އީރާނުގެ ފްލައިޓްތައް ހުއްޓުމަކަށް އައުމާ ގުޅިގެން، ދަތުރުވެރިންނަށް މިހާރު ވަނީ މަދުވެގެން 12 ގަޑިއިރުގެ ދިގު އެއްގަމު ދަތުރުތައް ކުރަން މަޖުބޫރުވެފަ އެވެ.

އެމެރިކާއާއި އީރާނުގެ ދެމެދުގައި އިރާގު "ފިތިފައި"

ދަތުރުތައް މެދުކަނޑާލުމާ ދެކޮޅަށް އަޑުއުފުލުމަށް ޓަކައި، ހޮނިހިރު ދުވަހު އެތަކެއް ސަތޭކަ ބަޔަކު ވަނީ ބަޣުދާދުގެ މަގުތަކަށް އެއްވެ މުޒާހަރާކޮށްފަ އެވެ. މި މުޒާހަރާއަކީ އިރާގުގައި ހަރަކާތްތެރިވާ، އީރާނާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާއަތްތަކުން އިންތިޒާމުކުރި އެއްވުމެކެވެ.

އިރާގުގެ ނަޖަފު ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ފަސިންޖަރެއް ނިކުންނަނީ

އިރާގުގެ ނަޖަފު ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ފަސިންޖަރެއް ނިކުންނަނީ | ރޮއިޓާސް

ދެ ގައުމުގެ ދެމެދުގައި ފްލައިޓްތައް މެދުކަނޑާލުމަކީ ވަގުތީ ކަމެއް ކަމަށާއި، އޭގެ ސަބަބުން ދެމެހެއްޓެނިވި ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ތެހެރާނުގައި ހުންނަވާ އިރާގުގެ ސަފީރު ޔާސިރު އަލް-ހައްޖާޖު ވަނީ ވިދާޅުވެފަ އެވެ. އިރާގުގެ ދައުލަތުގެ ނޫސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ވައިގެ އުދުހުންތައް ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެނައުމަށް ޓަކައި ބަޣުދާދުން އީރާނުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އިރާގާއި އީރާނުގެ ގުޅުމަކީ "ވަގުތީ ކާރިސާއަކުން އަސަރުކުރާ ވަރަށް ވުރެ މާ ފުޅާ ގުޅުމެއް" ސަފީރު ވިދާޅުވި އެވެ. މި ގޮތުން، އީރާނުގެ ތައުލީމީ މުއައްސަސާތަކުގައި އިރާގުގެ ގާތްގަނޑަކަށް 100،000 ދަރިވަރުން ކިޔަވަމުންދާ ކަމާއި، އެތައް ސަތޭކަ ހާސް އިރާގު ރައްޔިތުންނެއް އީރާނުގައި ދިރިއުޅެމުންދާ ކަމުގެ އިތުރުން، ކޮންމެ ދުވަހަކު ދެ ގައުމުގެ ދެމެދުގައި އެތައް ހާސް ބަޔަކު ދަތުރުފަތުރުކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި މުވާސަލާތުތައް ކުރިއަށްދާ ކަމަށާއި، ދަތުރުތަކާ ގުޅޭ އާ ނިންމުމެއް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް، އިރާގުގައި ހުންނަވާ އީރާނުގެ ސަފީރު މުޙައްމަދު ކާޒިމް އަލްސާދިގާ ހަވާލާދީ އީރާނުގެ އައިއާރްއެންއޭ ނޫސް އޭޖެންސީން ބުނެފައިވެ އެވެ.

މަސްރަހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ޖެކް ހިއުސަން ވިދާޅުވީ، "އިރާގު މިއޮތީ ވަރަށް ދަތި އުނދަގޫ ހާލަތެއް،" ކަމުގައެވެ. "އެމެރިކާއާއި އީރާނަކީ ވެސް އިރާގުން ގާތް ގުޅުންތަކެއް ބާއްވާ ދެ ގައުމު. މި ފަދަ ދަނޑިވަޅުތަކުގައި، އިރާގު މި ވަނީ އެ ދެ ގައުމުގެ ދެމެދުގައި ފިތިފައި،" އޭނާ ވިދާޅުވި އެވެ. "މި ކަމުގައި ބައެއް ފަރާތްތަކުން އީރާނުގެ ބޮލުގައި އިލްޒާމް އަޅުވަނީ، އިރާގުގެ މައްޗަށް އީރާނުގެ ކޮންޓްރޯލް މާ ބޮޑު ކަމަށް ދެކޭތީ. އަނެއް ބަޔަކު ތުހުމަތުކުރަނީ މި ހަނގުރާމަ ފުރަތަމަ ވެސް ފެށީ އެމެރިކާއާއި އިސްރާއީލުން ކަމަށް. އަދި ޒިންމާ ނަގަންޖެހޭނީ އެ ދެ ގައުމުން ކަމަށް."

"ކޮންމެ ގޮތެއް ވިޔަސް، މި ހުރިހާ ބާރުގަދަ ބޮޑެތި ދައުލަތްތަކުގެ ދެމެދުގައި އިރާގު އަދިވެސް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި. އަދި އޭގެ އިގުތިސާދީ ނޭދެވޭ އަސަރުތަކާއި ގެއްލުންތައް އެ ގައުމަށް ދަނީ ތަހައްމަލުކުރަން ޖެހެމުން،" އޭނާ ފާހަގަކުރެއްވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެމެރިކާބަޣުދާދުއީރާން-އެމެރިކާވޮޝިންޓަން

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް ފުރުސަތު ނުދޭނަމަ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާނެ: އީރާން

26 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް ފުރުސަތު ނުދޭނަމަ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާނެ: އީރާން
25 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް ޔޫއޭއީން ހުރަސްއަޅަން ފަށައިފި

25 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް ޔޫއޭއީން ހުރަސްއަޅަން ފަށައިފި
25 ސެޕްޓެމްބަރު 2026

އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!

25 ސެޕްޓެމްބަރު 2026
އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!
24 ސެޕްޓެމްބަރު 2026

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

24 ސެޕްޓެމްބަރު 2026
އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026
ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
21 ސެޕްޓެމްބަރު 2026

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026
އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް