Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ހަމަނުޖެހުން

ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށްފަހު އެމްބިއުލާންސަކަށް ބަޑިޖަހައި 12 މީހުން މަރާލައިފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 05:40

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚާގައި ދިން މި ހަމަލާގެ ޒިންމާ ޓީޓީޕީން އުފުލާފައިވާއިރު، މިއީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިންގި ލާއިންސާނީ އަމަލެއް. މި ހާދިސާއާ ގުޅިގެން ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކުރަން ސަރުކާރުން ނިންމާފައިވާއިރު، މިއީ ސަރަހައްދީ ސުލްހައަށް އެޅުނު ބޮޑު ހުރަހެއް

ނިއުސް ޓީމް
ނިއުސް ޓީމް | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 05:40
ޕާކިސްތާނުގެ ޚައިބަރް ޕަޚްތުންޚާ ޕްރޮވިންސްގެ ދޭރާ އިސްމާއިލް ޚާންގައި ދިން ބޮމުގެ ހަމަލާއެއްގައި އަނިޔާވި މީހަކު ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ވައްދަނީ

ޕާކިސްތާނުގެ ޚައިބަރް ޕަޚްތުންޚާ ޕްރޮވިންސްގެ ދޭރާ އިސްމާއިލް ޚާންގައި ދިން ބޮމުގެ ހަމަލާއެއްގައި އަނިޔާވި މީހަކު ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ވައްދަނީ | އޭއެފްޕީ

ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުންނަ ސަލާމަތީ ޗެކްޕޮއިންޓެއް ކައިރީގައި ކާރުބޮމެއް ގޮއްވާލުމަށްފަހު، އެ ހާދިސާގައި ޒަޚަމްވި މީހުން ހަސްފަތާލަށް ގެއްދިއުމަށް މަސައްކަތްކުރި އެމްބިއުލާންސަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއްދީ 12 މީހުން މަރާލައިފި އެވެ. މި ހާދިސާގައި ގާތްގަނޑަކަށް 35 މީހުން ޒަޚަމްވި ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކުރެ އެވެ. ހޮނިހިރު ދުވަހު  ހިނގި މި ނުރައްކާތެރި ހާދިސާގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.

ހާދިސާ ހިނގި ގޮތާއި އެމްބިއުލާންސަށް ދިން ހަމަލާ

ގޮވާތަކެތި ބަރުކޮށްފައިވާ އުޅަނދެއް ގޮއްވާލައިގެން ދިން މި ހަމަލާ ހިނގާފައި ވަނީ ޚައިބަރު ޕަޚްތުންޚާ ޕްރޮވިންސްގެ ދޭރާ އިސްމާއީލް ޚާން ޑިސްޓްރިކްޓުގައި ކަމަށް އެ ޕްރޮވިންސްގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ބިލާލް ފާއިޒީ ވިދާޅުވި އެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުންނާއި އާންމު ދަތުރުވެރިން ހިމެނޭ ކަމަށް ސަރަހައްދީ ފުލުހުންގެ ވެރިޔާ ސަފްދަރު ބަލޯޖް ވިދާޅުވި އެވެ.

Advertisement - worldAdvertisement

ގޮވުމުގެ ބާރުގަދަކަމުން އެ ތަނުގައި ހުރި ބޮޑު ޗެކްޕޮއިންޓް ބިމާ ހަމަވެގެން ދިޔައިރު، ބޮން ގޮވި ވަގުތަށްފަހު ވަރުގަދަ ބަޑީގެ އަޑުތައް އިވުނު ކަމަށް އެ ސަރަހައްދުގައި ތިބި މަންޒަރު ފެނުނު މީހުން ކިޔައިދިނެވެ.

މި ހާދިސާގައި އަނިޔާވި މީހުން ކައިރީގައި ހުރި ހަސްފަތާލަކަށް ގެންދިޔުމަށް އެމެޖެންސީ ޓީމުތަކުން މަސައްކަތް ކުރަމުން ދަނިކޮށް، ހަތިޔާރުއެޅި ބަޔަކު ވަނީ އެމްބިއުލާންސަކަށް ބަޑީގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ރެސްކިއު ވޯކަރަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވި ކަމަށް ފާއިޒީ ވިދާޅުވި އެވެ. މީގެއިތުރުން، ބޮމުގެ ހަމަލާގައި ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ކުޑަކުއްޖަކު ހިމެނޭކަން ވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

ހަމަލާގެ ޒިންމާއާއި ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާ

ތަހްރީކޭ ތާލިބާން ޕާކިސްތާނުން (ޓީޕީޕީ) ވަނީ މި ހަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފަ އެވެ. ފަހަކަށް އައިސް ޕާކިސްތާނުގައި ހަނގުރާމަވެރިންގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މީގެ ތެރެއިން ގިނަ ހަމަލާތަކުގެ ފަހަތުގައި އޮތީ ޓީޕީޕީއާއި ބަލޫޗިސްތާން ޕްރޮވިންސްގެ މިނިވަން ކަމަށް ހަނގުރާމަ ކުރަމުންދާ ބަލޯޖް ލިބަރޭޝަން އާމީ އެވެ. ޓީޓީޕީއަކީ 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އަލުން އައި ތާލިބާނުންނާ ވަކިން ހިންގާ ޖަމާއަތެއް ނަމަވެސް، އެ ދެ ޖަމާއަތުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް އޮންނަކަން ފާހަގަކުރެވެ އެވެ.

ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި، އަނިޔާވި އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފަ އެވެ.

އާންމު ރައްޔިތުންނަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އަމާޒުކޮށް މި ފަދަ ހަމަލާތައް ދިނުމަކީ ވަރަށް ބޮޑަށް ކުށްވެރިކުރަންޖެހޭ އަނިޔާވެރި އަމަލެއްގެ ގޮތުގައި ޒަރްދާރީ ސިފަކުރެއްވިއެވެ. އަދި، ބޭރުގެ އެހީތެރިކަން ހޯދައިގެން މި ފަދަ "ލާއިންސާނީ އަދި ރަހުމުކުޑަ ޖަރީމާތައް" ހިންގަމުންދާ ޕާކިސްތާން ތާލިބާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރަހައްދީ ނުތަނަވަސްކަމާއި ސުލްހައިގެ މަސައްކަތްތައް

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ޓީޓީޕީގެ މެންބަރުންނަށް ހިޔާވަހިކަންދީ، ހަރަކާތްތެރިވުމުގެ ފުރުސަތު ދޭ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ތަކުރާރުކޮށް ތުހުމަތުކުރައްވަ އެވެ. އަދި، ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް ހުއްޓުވުމަށް ކާބުލްގެ މައްޗަށް އިސްލާމްއާބާދުން ގެންދަނީ ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް، އެހެން ގައުމުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް އެއްވެސް ފަރާތަކަށް އަފްޣާނިސްތާނުގެ ބިން ބޭނުންކުރުމުގެ ހުއްދަ ނުދޭ ކަމަށް ބުނެ އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މި ތުހުމަތުތައް ދޮގުކުރެ އެވެ.

ހޮނިހިރު ދުވަހުގެ ބޮމުގެ ހަމަލާ ދީފައި މި ވަނީ، ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި އަފްޣާނިސްތާނުގެ ތާލިބާނުންގެ ގާތްގަނޑަކަށް 13 ހަނގުރާމަވެރިއަކު މަރުވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. އެ ކުރިމަތިލުންތައް ހިނގީ ހަނގުރާމަވެރިން ފިލައިތިބި ކަމަށް ބެލެވޭ އަފްޣާނިސްތާނުގެ އެތެރޭގެ ބައެއް ސަރަހައްދުތަކަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކަކާ ގުޅިގެންނެވެ.

މި ހަމަނުޖެހުންގަނޑު އަލުން ބޮޑުވެގެން ދިޔުމަކީ، ދެ ގައުމުގެ މެދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ޓަކައި ޗައިނާ، ތުރުކީވިލާތް، ގަތަރު އަދި ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

ޖިއޮގްރަފީ އަދި ކުރީގެ ހަމަލާތަކުގެ ތާރީޚު

ދޭރާ އިސްމާއީލް ޚާން އޮންނަނީ، ކުރިން ހަނގުރާމަވެރިންގެ ބާރުގަދަ މަރުކަޒެއްގެ ގޮތުގައި އޮތް އަދި ފަހުގެ އަހަރުތަކުގައި ޕާކިސްތާނު ސިފައިން ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ދެކުނު ވަޒީރިސްތާނާ ވަރަށް ކައިރީގަ އެވެ. މި ސަރަހައްދުގައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

މި ގޮތުން، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ވެސް ދޭރާ އިސްމާއީލް ޚާންގެ ޕޮލިސް ސްޓޭޝަނެއްގެ ދޮރާށި ކައިރީގައި ގޮވާތަކެތި ބަރުކޮށްފައިވާ ކާރެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ސަލާމަތީ ބާރުތަކުގެ ގާތްގަނޑަކަށް 23 މީހުން މަރުވި އެވެ. މިއީ، އެ ސަރަހައްދުގެ ތާރީޚުގައި ވެސް ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު އެއް ހާދިސާ އެވެ. އެ ފަހަރުގެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޓީޓީޕީގެ ގޮތްޕެއްގެ ގޮތުގައި ބެލެވޭ ތަހްރީކޭ ޖިހާދު ޕާކިސްތާނުންނެވެ.

މަސްދަރު: ސީއެންއޭ

ޕާކިސްތާންޚައިބަރު ޕަޚްތުންޚުވާތަހްރީކޭ ތާލިބާން ޕާކިސްތާންޕާކިސްތާން-އަފްޣާނިސްތާންއާސިފް އަލީ ޒަރުދާރީޝެހްބާޒް ޝަރީފް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

25 ސެޕްޓެމްބަރު 2026
މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
22 ސެޕްޓެމްބަރު 2026

ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!

22 ސެޕްޓެމްބަރު 2026
ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!
21 ސެޕްޓެމްބަރު 2026

ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި

21 ސެޕްޓެމްބަރު 2026
ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި
19 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

19 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ
17 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ހަސްފަތާލެއްގައި ރޯވެ 14 ތުއްތުކުދިން މަރުވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް!

17 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ހަސްފަތާލެއްގައި ރޯވެ 14 ތުއްތުކުދިން މަރުވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް!
15 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟

15 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
06 ސެޕްޓެމްބަރު 2026

14 ވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާންގައި ބާއްވަން ނިންމައިފި

06 ސެޕްޓެމްބަރު 2026
14 ވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާންގައި ބާއްވަން ނިންމައިފި
27 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާއިން އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާނުވާނެ ކަމަށް ޕާކިސްތާނުން ބުނެފި

27 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާއިން އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާނުވާނެ ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް