Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން-ޕާކިސްތާން ކޯޅުން

ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި

21 ސެޕްޓެމްބަރު 2026 | ހޯމަ 07:13

ޕާކިސްތާނުން އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކެއްގައި ތިން މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ތާލިބާން ސަރުކާރުން ތުހުމަތުކޮށްފި. މި ހަމަލާތަކާ ގުޅިގެން އިސްލާމްއާބާދުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، މިއީ ޕާކިސްތާނުގެ އެތެރޭގައި ހަނގުރާމަވެރިން ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާތަކެއް

ނިއުސް ޓީމް
ނިއުސް ޓީމް | 21 ސެޕްޓެމްބަރު 2026 | ހޯމަ 07:13
ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުގެ ރަށެއްގައި ގެއްލުން ލިބިފައިވާ އިމާރާތްތަކެއް

ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުގެ ރަށެއްގައި ގެއްލުން ލިބިފައިވާ އިމާރާތްތަކެއް | އަނަދޮލު އޭޖެންސީ

ޕާކިސްތާނުން އަފްޣާނިސްތާނުގެ އިރުމަތީ ކުނާރު އަދި ޕަކްތިކާ ޕްރޮވިންސަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި މަދުވެގެން ތިން މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އަފްޣާނިސްތާނުން ހޯމަ ދުވަހު ތުހުމަތުކޮށްފި އެވެ.

ކުނާރު ޕްރޮވިންސްގެ ނޫރުގަލް ޑިސްޓްރިކްޓަށް ވައިގެ ހަމަލާ ދީފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު ގާތްގަނޑަކަށް 3:00 ހާއިރު ކަމަށް، އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ ތަރުޖަމާނުގެ ނައިބު ހަމްދުﷲ ފިތުރަތު ބުންޏެވެ. އެ ހަމަލާގައި ތިން މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ. ޕަކްތިކާ ޕްރޮވިންސްގެ ބަރުމާލް ޑިސްޓްރިކްޓަށް ވެސް މަދުވެގެން ދެ ފަހަރު ވައިގެ ހަމަލާ އަމާޒުވި ކަމަށް ފިތުރަތު ބުނެ އެވެ. އަދި، މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

Advertisement - worldAdvertisement

ކާބުލްގެ މި ތުހުމަތުތަކާ ގުޅިގެން އިސްލާމްއާބާދުން ވަގުތުން އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ. މި ހަމަލާތައް ދީފައި މި ވަނީ، ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ދިން ބޮމުގެ ހަމަލާތައް ހިމެނޭހެން، ހަނގުރާމަވެރިންގެ އާ ހަމަލާތަކެއް ފެށިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަލާތަކުގައި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ގިނަ އަދަދެއްގެ ބަޔަކާއި އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ޕާކިސްތާނުގެ އެތެރޭގައި ދޭ "ޓެރަރިސްޓް" ހަމަލާތަކުގައި ބައިވެރިވާ ހަނގުރާމަވެރިންނަށް ކާބުލްއިން އެހީތެރިކަމާއި ހިމާޔަތްދޭ ކަމަށް އިސްލާމްއާބާދުން ތުހުމަތުކުރެ އެވެ. ނަމަވެސް، ތާލިބާނުންގެ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޕާކިސްތާން-އަފްޣާނިސްތާންތާލިބާންކާބުލް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

19 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ
16 އޯގަސްޓު 2026

އަފްޣާނިސްތާނުގައި ތާލިބާނުގެ ވެރިކަމަށް ފަސް އަހަރު - އަފްޣާން އިން ނުކުތް ނަތީޖާ ފެނުމަށްފަހު އެމެރިކާއަށް އިތުބާރު ކުރާނީ ކާކު؟

16 އޯގަސްޓު 2026
އަފްޣާނިސްތާނުގައި ތާލިބާނުގެ ވެރިކަމަށް ފަސް އަހަރު - އަފްޣާން އިން ނުކުތް ނަތީޖާ ފެނުމަށްފަހު އެމެރިކާއަށް އިތުބާރު ކުރާނީ ކާކު؟
17 ޖުލައި 2026

ޕާކިސްތާނުން ތާލިބާން ހަނގުރާމަވެރިންނަށް ހަމަލާދީ 24 މީހުން މަރާލައިފި

17 ޖުލައި 2026
ޕާކިސްތާނުން ތާލިބާން ހަނގުރާމަވެރިންނަށް ހަމަލާދީ 24 މީހުން މަރާލައިފި
11 ޖުލައި 2026

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 75 ހަނގުރާމަވެރިން މަރާލައިފި

11 ޖުލައި 2026
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 75 ހަނގުރާމަވެރިން މަރާލައިފި
08 ޖުލައި 2026

ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި

08 ޖުލައި 2026
ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި
29 ޖޫން 2026

ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި، 36 މީހަކު މަރުވެއްޖެ

29 ޖޫން 2026
ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި، 36 މީހަކު މަރުވެއްޖެ
20 ޖޫން 2026

ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ

20 ޖޫން 2026
ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ
19 ޖޫން 2026

އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި

19 ޖޫން 2026
އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި
14 ޖޫން 2026

ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ

14 ޖޫން 2026
ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ
10 ޖޫން 2026

ޕާކިސްތާނުން އަފްޣާން ބޯޑަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
ޕާކިސްތާނުން އަފްޣާން ބޯޑަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް