Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ

އޭއެފްސީ އިން އެފްއޭއެމްގެ ދަރަނި މައާފުކޮށްދީ، ފަންޑިން ސަސްޕެންޝަން އުވާލައިފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 02:44

އެފްއޭއެމް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އޭއެފްސީ އިން މައާފުކޮށްދީފައި ވަނީ އެ އިދާރާ އިން އޭއެފްސީ އަށް ދައްކަން އޮތް 253،030 (ދެ ލައްކަ ފަންސާސް ތިން ހާސް، ތިރީސް) އެމެރިކާ ޑޮލަރު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 02:44
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤު (ޓޮމް)

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤު (ޓޮމް) | ސޯޝަލް މީޑިއާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެެފްއޭއެމް) އިން އޭޝިއަން ފުޓުބޯޅަ ކޮންފަޑެރޭޝަން (އޭއެފްސީ) އަށް ދައްކަން ޖެހޭ ދަރަނި މައާފުކޮށްދިނުމާ އެކު، އެފްއޭއެމްގެ ފަންޑިން ސަސްޕެންޝަން އުވާލައިފި އެވެ. 

އެފްއޭއެމް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އޭއެފްސީ އިން މައާފުކޮށްދީފައި ވަނީ އެ އިދާރާ އިން އެެފްއޭއެމް އަށް ދައްކަން އޮތް 253،030 (ދެ ލައްކަ ފަންސާސް ތިން ހާސް، ތިރީސް) އެމެރިކާ ޑޮލަރު ކަމަށެވެ. މިއީ ގާތް ގަނޑަކަށް 3.9 މިލިއަން ދިވެހި ރުފިޔާ އެވެ. މި ދަރަނި މައާފުކޮށްދިނުމަށް ނިންމާފައި ވަނީ އޭއެފްސީގެ ހިންގާ ކޮމެޓީ އިންނެވެ. 

މި ދަރަންޏަކީ އެފްއޭއެމްގެ ކުރީގެ އިސްވެރިންގެ އިހުމާލުން އެ އިދާރާގެ ބޮލުގައި އެޅިފައި އޮތް ދަރަންޏެކެވެ. އެގޮތުން 2023 ވަނަ އަހަރު އޭއެފްސީ އިން އެފްއޭއެމް އަށް ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓް އިން ވަނީ ފާހަގަވެފަ އެވެ. އެއާ އެކު އޭއެފްސީ އިން ވަނީ އެ ފައިސާ އަލުން އަނބުރާ ދެއްކުމަށް އެފްއޭއެމް އަށް އަންގައިފަ އެވެ. އަދި 2024 ވަނަ އަހަރު އޭއެފްސީ އިން ވަނީ އެފްއޭއެމްގެ ފަންޑު ސަސްޕެންޑުކޮށްފަ އެވެ.

އެފްއޭއެމްގެ މިހާާރު އިސްވެރިން ވަނީ އެ ފައިސާ މައާފުކޮށްދިނުމަށް އޭއެފްސީގައި އެދިފަ އެވެ. އެ ފައިސާ ދެއްކުން މައާފުކޮށްދިނުމާ އެކު، 2027 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ފައިނޭންޝަލް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އެ އިދާރާ އިން ވަނީ އެފްއޭއެމް އަށް ދީފަ އެވެ. އެފްއޭއެމް އިން ބުނީ އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ފުޓުބޯޅަ އަލުން އާރާސްތުކޮށް، މާލީ ގޮތުން ހަމަ މަގަށް އަޅުވައި، ކުރިއަށް އޮތް ތަނުގައި އޭއެފްސީގެ އެހީތެރިކަމާ އެކު ފުޓުބޯޅަ ކުރިއަރުވަން ލިބުނު ފުރުސަތެއް ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އޭއެފްސީ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އޭއެފްސީ ޗެލެންޖު ލީގުގައި އިންސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު ރެފްރީއަކަށް

24 ސެޕްޓެމްބަރު 2026
އޭއެފްސީ ޗެލެންޖު ލީގުގައި އިންސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު ރެފްރީއަކަށް
16 ސެޕްޓެމްބަރު 2026

ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅެން ހަމަޖެހިއްޖެ

16 ސެޕްޓެމްބަރު 2026
ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅެން ހަމަޖެހިއްޖެ
14 ސެޕްޓެމްބަރު 2026

ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުމަށް ރާއްޖެ އިން މަސައްކަތް ކުރަނީ

14 ސެޕްޓެމްބަރު 2026
ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުމަށް ރާއްޖެ އިން މަސައްކަތް ކުރަނީ
13 ސެޕްޓެމްބަރު 2026

ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!

13 ސެޕްޓެމްބަރު 2026
ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!
06 ސެޕްޓެމްބަރު 2026

ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ

06 ސެޕްޓެމްބަރު 2026
ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ
05 ސެޕްޓެމްބަރު 2026

އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން

05 ސެޕްޓެމްބަރު 2026
އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން
03 ސެޕްޓެމްބަރު 2026

އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ

03 ސެޕްޓެމްބަރު 2026
އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ
23 އޯގަސްޓު 2026

އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟

23 އޯގަސްޓު 2026
އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟
22 އޯގަސްޓު 2026

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ގުރު ނެގުން މި މަހު 27 ގައި ބާއްވަނީ

22 އޯގަސްޓު 2026
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ގުރު ނެގުން މި މަހު 27 ގައި ބާއްވަނީ
20 އޯގަސްޓު 2026

ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!

20 އޯގަސްޓު 2026
ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް