Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ގުރު ނެގުން މި މަހު 27 ގައި ބާއްވަނީ

22 އޯގަސްޓު 2026 | ހޮނިހިރު 06:52

މުބާރާތުގައި ބައިވެރިވާ 35 ޤައުމެއް ހަތް ގުރޫޕަކަށް ބަހާލާނެ. ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮލިފައިން ބުރުގެ މެޗުތައް ކުރިއަށް ދާނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު އަށް ވަނަ ދުވަހުން، 20 ވަނަ ދުވަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2026 | ހޮނިހިރު 06:52
މިދިޔަ އަހަރު އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ކުވެއިތު ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ އަހަރު އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ކުވެއިތު ބައްދަލުކުރި މެޗުގެ ތެރެއިން | އޭއެފްސީ

އުޒްބެކިސްތާންގައި 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ މަރުހަލާގެ ގުރު ނެގުން، މި ހިނގާ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މެލޭޝިޔާގެ ވެރި ރަށް ކުއާލަލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައި ބޭއްވުމަށް ނިންމައިފި އެވެ.

އެ ދުވަހުގެ މެންދުރު ފަހު ބާއްވާ މި ރަސްމިއްޔާތުގައި، މުބާރާތުގައި ބައިވެރިވާ 35 ޤައުމެއް ހަތް ގުރޫޕަކަށް ބަހާލާނެ އެވެ. ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮލިފައިން ބުރުގެ މެޗުތައް ކުރިއަށް ދާނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު އަށް ވަނަ ދުވަހުން، 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ސެންޓްރަލައިޒްޑް އުސޫލުން، ކޮންމެ ގުރޫޕެއްގެ މެޗުތައް ވަކި ޤައުމެއްގައި އެވެ. ކޮލިފައިން ބުރުން މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕެއްގެ އެއް ވަނަ ހޯދާ ހަތް ޓީމެވެ.

މި ޓީމުތަކާ އެކު، 2026 ވަނަ އަހަރު ޤަތަރުގައި ބާއްވާ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އޭޝިއާ ތަމްސީލުކުރާ ނުވަ ޤައުމެއް އޮޓޮމެޓިކުން މުބާރާތަށް ކޮލިފައިވާނެ އެވެ. އެ ޤައުމުތަކަކީ އޮސްޓްރޭލިއާ، ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، ޤަތަރު، ސައުދީ އަރަބިއްޔާ، ތަޖިކިސްތާން، އުޒްބެކިސްތާން އަދި ވިއެޓްނާމް އެވެ. މިއީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ 22 ވަނަ މުބާރާތެވެ.

މި މުބާރާތުގެ ފައިނަލް ބުރުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމަށް 13 ޤައުމަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ، ބޫޓާން، ބުރުނާއީ، ކެމްބޯޑިއާ، ޗައިނީޒް ތައިޕޭ، ގުއާމް، ލުބުނާން، މޮންގޯލިއާ، ނޮދަން މަރިއާނާ އައިލެންޑްސް، ފަލަސްޠީން، ފިލިޕީންސް، ސްރީ ލަންކާ އަދި މަކާއޯ ހިމެނެ އެވެ.

ގުރު ނެގުމަށްޓަކައި ޓީމުތައް ފަސް ޕޮޓަކަށް ބަހާލާފައިވާއިރު، މީގެ އިތުރުން މުބާރާތް ބާއްވާ ޤައުމުތަކަށް ޚާއްސަ "ހޯސްޓްސް ޕޮޓް" އެއް ވެސް ވަނީ ތައްޔާރުކޮށްފައި އެވެ. ޓީމުތައް ސީޑު ކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ތިން މުބާރާތުގެ ނަތީޖާ އަށް ބިނާކޮށް ދީފައިވާ ޕޮއިންޓު ތަކުންނެވެ.

މުބާރާތް ބާއްވާ ޤައުމު ތަކުގެ ޕޮޓުގައި ހިމެނެނީ ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އޮމާން، މެލޭޝިޔާ، މިޔަންމާ، ލާއޯސް އަދި ކިރިގިސްތާން އެވެ.

އޭއެފްސީއޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

30 ޖުލައި 2026

އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ

30 ޖުލައި 2026
އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ
09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
07 ޖޫން 2025

މާޒިޔާ އިން އޭއެފްސީ ކުލަބު ލައިސަންސް ހޯދައިފި

07 ޖޫން 2025
މާޒިޔާ އިން އޭއެފްސީ ކުލަބު ލައިސަންސް ހޯދައިފި
31 އޮކްޓޯބަރު 2024

އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޤަތަރުގެ ޢަފީފް އަށް

31 އޮކްޓޯބަރު 2024
އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޤަތަރުގެ ޢަފީފް އަށް
02 މެއި 2024

ލަންކާއިން ފުޓްބޯޅަ ކުރިއަރުވަނީ، އޭއެފްސީގެ ރައީސްގެ ތައުރީފް

02 މެއި 2024
ލަންކާއިން ފުޓްބޯޅަ ކުރިއަރުވަނީ، އޭއެފްސީގެ ރައީސްގެ ތައުރީފް
24 އެޕްރީލު 2024

އެފްއޭއެމްގެ މައްސަލަތަކާމެދު ފީފާ އާއި އޭއެފްސީން ކުލަބުތަކާއި ސަރުކާރާ އެކު މަޝްވަރާކޮށްފި

24 އެޕްރީލު 2024
އެފްއޭއެމްގެ މައްސަލަތަކާމެދު ފީފާ އާއި އޭއެފްސީން ކުލަބުތަކާއި ސަރުކާރާ އެކު މަޝްވަރާކޮށްފި
24 އެޕްރީލު 2024

ބައްސާމަށް އިތުބާރެއްނެތް، ކުލަބުގެ ހުށަހެޅުމަކީ ނޯމަލައިޒް ކުރުން

24 އެޕްރީލު 2024
ބައްސާމަށް އިތުބާރެއްނެތް، ކުލަބުގެ ހުށަހެޅުމަކީ ނޯމަލައިޒް ކުރުން
15 ޖެނުއަރީ 2024

ޓޮމް ހުށަހެޅި އިސްތިއުނާފަށް ގޮތެއް ނިންމަން އެފްއޭއެމުން ފީފާ އަދި އޭއެފްސީ އަށް!

15 ޖެނުއަރީ 2024
ޓޮމް ހުށަހެޅި އިސްތިއުނާފަށް ގޮތެއް ނިންމަން އެފްއޭއެމުން ފީފާ އަދި އޭއެފްސީ އަށް!
14 ޖެނުއަރީ 2024

އެފްއޭއެމް އިންތިޚާބުގެ މައްސަލަ ފީފާ އަދި އޭއެފްސީ އަށް!

14 ޖެނުއަރީ 2024
އެފްއޭއެމް އިންތިޚާބުގެ މައްސަލަ ފީފާ އަދި އޭއެފްސީ އަށް!
02 ނޮވެމްބަރު 2023

އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސަލީމް އަލް ދައުސަރީ

02 ނޮވެމްބަރު 2023
އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސަލީމް އަލް ދައުސަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް