Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

25 ސެޕްޓެމްބަރު 2026 | ހުކުރު 12:39

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ބިން ދޫކުރުމަކީ ގައުމު ވިއްކާލުން ފަދަ ކޮރަޕްޝަނުގެ އަމަލެއް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ރައީސް މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެފައި. އަދި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން މި މަޝްރޫއު ކުރިއަށްގެންދަނީ އަސާސީ އެތައް މަޝްރޫއެއް ހުއްޓާލުމަށްފަހު ކަމަށް އޭނާ ފާހަގަކުރެއްވި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 25 ސެޕްޓެމްބަރު 2026 | ހުކުރު 12:39
ކުރީގެ މަޖިލިސް މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިން ޓީވީ ޓޯކްގައި ވާހަަކަ ދައްވަނީ

ކުރީގެ މަޖިލިސް މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިން ޓީވީ ޓޯކްގައި ވާހަަކަ ދައްވަނީ | ރާއްޖެ އެމްވީ

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމާއި ވިއްކުމާ ގުޅޭގޮތުން މި ސަރުކާރުން ނިންމާފައިވާ ނިންމުންތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކަމަށާއި، މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ ކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޓީވީ ޓޯކްގެ މިހަފްތާގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގެ ބިމުން ވެލިފުކެއް އަދި އިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށާއި ދިވެހިންގެ ބަރަށް ރަންކިރިޔަސް ޤައުމު ވިއްކައިނުލައްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު މިއަދު އަމަލުކުރައްވަނީ އެއާ ޚިލާފަށް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަކީ އިސްތިއުމާރީ 'އީސްޓް އިންޑިއާ ކުންފުންޏަށް' ޤައުމުގެ ބިން ވިއްކާލުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރައްވަ އެވެ. އޭނާ ވިދާޅުވީ 99 އަހަރަށް ބިން ކުއްޔަށް ދިނުމަކީ ހަޤީޤަތުގައި އެ ބިން އެއްކޮށް ވިއްކާލުން ކަމަށާއި، މިއަދު އެ އެއްބަސްވުމުގައި ސޮއިކުރާއިރު ވާނުވާ ބަލަން ތިބި އެއްވެސް މީހަކު މީގެ 99 އަހަރު ފަހުން ދުނިޔޭގައި ނުތިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސައިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ ހިއްކަން ފެށިއިރު ދައުލަތުގެ ބަޖެޓުން ލޯލާރިއެއް ވެސް ޚަރަދުނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ކުރީ ސަރުކާރުން 250 ނުވަތަ 300 މިލިއަން ޑޮލަރަށް ހިއްކެން އޮތް ތަނެއް މި ސަރުކާރުން މި ހިއްކަނީ ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް 650 މިލިއަން ޑޮލަރު ޚަރަދުކޮށްގެންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ހިނގަމުންދިޔަ ފެނާއި ނަރުދަމާ ފަދަ އަސާސީ އެތައް މަޝްރޫއެއް ހުއްޓާލައި، ދައުލަތަށް ލިބުނުހާ ފައިސާއެއް މިދިޔަ ދުވަސްތަކުގައި ޚަރަދުކުރީ ފުށިދިއްގަރު ފަޅު ހިއްކުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން މިކަމާ މާބޮޑަށް އަޑުނުއުފުލައި ތިބީ 60،000 ހައުސިންގ ޔުނިޓް އަޅައި، މާލޭގައި ކުލިދައްކައިގެން ގަނަތެޅޭ އާއިލާތަކަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ލިބިދާނެ ކަމުގެ އުންމީދު އޮތުމުން ކަމަށާއި، ނަމަވެސް މި މަޝްރޫއުގެ ސަބަބުން ޤައުމަށް ގެއްލިގެންދިޔަ ފުރުސަތުތަކުގެ އަގު އިންތިހާއަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި މި ބިން މިހާރު ދޫކުރަން އުޅޭ ބޭރުގެ ކުންފުންޏަކީ އެހެން ބޮޑެތި ޤައުމުތަކުގައި ޓައުންތައް ހަދަން ދިޔުމުން ވެސް އެ ޤައުމުތަކުގެ ރައްޔިތުން އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވާ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ތިނަދޫގެ ބިމެއް ކުއްޔަށް ދިން މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ބުނެ މި ސަރުކާރުން ޕީޖީ މެދުވެރިކޮށް އެ ރަށުގެ މޭޔަރުގެ މައްޗަށް ދައުވާކުރާކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ރަސްމާލެ މައްސަލައިގައި ވެސް މިހާރުން މިހާރަށް ދައުވާ ތައްޔާރުކުރަންޖެހޭ ކަމަށެވެ. އަދި 2028 ގައި ނުވަތަ 2033 ގެ ފަހުން އަންނަ ވެރިކަމެއްގައި ވިޔަސް، މި ސަރުކާރު ނިމި ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ފައިބައިވަޑައިގަންނަވާ ދުވަހުން ފެށިގެން މި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ރަސްމާލެ ޑރ. މުހައްމަދު މުއިއްޒުއަލީ ހުސައިން

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟

24 ސެޕްޓެމްބަރު 2026
ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟
24 ސެޕްޓެމްބަރު 2026

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

24 ސެޕްޓެމްބަރު 2026
25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟
24 ސެޕްޓެމްބަރު 2026

އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟

24 ސެޕްޓެމްބަރު 2026
އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
24 ސެޕްޓެމްބަރު 2026

ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު

24 ސެޕްޓެމްބަރު 2026
ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު

23 ސެޕްޓެމްބަރު 2026
ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026
އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟
23 ސެޕްޓެމްބަރު 2026

"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ

23 ސެޕްޓެމްބަރު 2026
"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް