Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026 | ހޯމަ 17:37

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެރީނާއެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސޮއިކުރި އެއްބަސްވުމަކީ، ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ކުރެވުނު ފުން ދިރާސާތަކެއްގެ ނަތީޖާ ކަމަށް ވަޒީރު ޑރ. މުއްތަލިބު ވަނީ ވިދާޅުވެފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 21 ސެޕްޓެމްބަރު 2026 | ހޯމަ 17:37
ރަސްމާލޭގައި މެރީނާ އެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން ހޯމަ ދުވަހު ސޮއިކުރުން

ރަސްމާލޭގައި މެރީނާ އެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން ހޯމަ ދުވަހު ސޮއިކުރުން | ހައުސިންގ މިނިސްޓްރީ

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ސޮއިކުރި 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުއްތަލިބު ވިދާޅުވީ، މިއީ ވަރަށް ސީރިއަސްކޮށް އަދި އެހާމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަމުގައި ގެންގުޅުއްވާނެ އުސޫލަކީ މިއީ ކަމަށް ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ވަޒީރު ވިދާޅުވި ގޮތުގައި، މި ސޮޔާއެކު ނިންމި ނިންމުމުގެ ފަހަތުގައި ގުނާ ނުލެވޭހާ ގިނަ ވަގުތުގެ ދިރާސާތަކާއި، ތަޖުރިބާ ހޯދުމުގެ ދަތުރުތައް ހިމެނެ އެވެ. އަދި މި މަޝްރޫއު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި ތަސައްވުރާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި އެމަނިކުފާނާއެކު ދިގު މަޝްވަރާތަކެއް ކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ. މީގެއިތުރުން ދާއިރާގެ މާހިރުންނާއި މަސައްކަތުގެ ބައިވެރިންނާ އެކު ކުރެވުނު މަޝްވަރާތަކާއި، މީގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ އަސްލު އަސަރުތަކާއި ލިބޭނެ ކުރިއެރުންތަކާ މެދު ފުންކޮށް ވިސްނަވާފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މިއަދުގެ މި ސޮޔާއެކު ނިންމި ނިންމުމުގެ ފަހަތުގައި، ގުނާ ނުލެވޭހާ ގިނަ ވަގުތުގެ ދިރާސާތަކާއި، ތަޖުރިބާ ހޯދުމުގެ ދަތުރުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާއި ތަސައްވުރާ އެއްގޮތަށް މިކަން ބައްޓަންކުރުމަށް އެމަނިކުފާނާއެކު ކުރެވުނު ދިގު މަޝްވަރާތައް ހިމެނޭ. މީގެ އިތުރުން، ދާއިރާގެ މާހިރުންނާއި މަސައްކަތުގެ ބައިވެރިންނާއެކު ކުރެވުނު މަޝްވަރާތަކާއި، މީގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ އަސްލު އަސަރުތަކާއި ލިބޭނެ ކުރިއެރުންތަކާ މެދު ކުރެވުނު ފުން ވިސްނުންތައް ވެސް މީގެ ތެރޭގައި ހިމެނޭ
ޑރ. އަބްދުﷲ މުއްތަލިބު

މުއްތަލިބު ވިދާޅުވީ ހިތުގައި އޮތް އެންމެ ބޮޑު ޔަގީންކަމަކީ، ރާއްޖޭގެ ގުދުރަތީ ރީތިކަމުން އުފެދޭ އިގުތިސާދީ މަންފާ، މިހާތަނަށް ލިބެމުންދިޔަ މިންވަރަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.

މީގެއިތުރުން، މި މަޝްރޫއަކީ 2040 ވަނަ އަހަރު އަންނަންވާއިރު، ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެއްދެވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ބައްޓަންކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށް ވެސް ވަޒީރު މުއްތަލިބު ފާހަގަކުރެއްވި އެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު އެވެ. 

މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫ އެވެ.

އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އީގަލް ހިލްސްއާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. ސަރުކާރުން ދެކޭގޮތުގައި މިއީ ރާއްޖޭގެ އިގުތިސާދީ މުސްތަގުބަލަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ.

ރަސްމާލެ ޑރ. އަބްދުﷲ މުއްތަލިބުޑރ. މުހައްމަދު މުއިއްޒުމެރީނާ މަޝްރޫއު

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
21 ސެޕްޓެމްބަރު 2026

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
21 ސެޕްޓެމްބަރު 2026

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

21 ސެޕްޓެމްބަރު 2026
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި
21 ސެޕްޓެމްބަރު 2026

ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!

21 ސެޕްޓެމްބަރު 2026
ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!
20 ސެޕްޓެމްބަރު 2026

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

20 ސެޕްޓެމްބަރު 2026
ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
19 ސެޕްޓެމްބަރު 2026

މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން

19 ސެޕްޓެމްބަރު 2026
މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން
19 ސެޕްޓެމްބަރު 2026

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ބަދަލުތަކެއް ގެނެސްފި

19 ސެޕްޓެމްބަރު 2026
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ބަދަލުތަކެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް