Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026 | ބުދަ 09:59

ރަސްމާލެ މަޝްރޫއުގެ ބިން ބޭރުގެ އެއްވެސް ފަރާތަކަށް ދިގު މުއްދަތަށް ކުއްޔަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށް، އެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދޫކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު ވަނީ ހާމަކުރައްވާފައި. ރައީސްގެ ވައުދާ މި ނިންމުން ފުށުއަރާތީ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ސެޕްޓެމްބަރު 2026 | ބުދަ 09:59

ރަސްމާލޭގެ ވެލިފުކެއްވެސް އެންމެ ދުވަހަކަށްވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް! | ރާއްޖެ ޓީވީ

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރަސްމާލެއަކީ ދިވެހިންގެ މިލްކެއްގެ ގޮތުގައި އޮންނާނެ ތަނެއް ކަމަށާއި، އެތަނުން ބިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް ދޫނުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެއިން ހިއްކާ ކޮންމެ ބިމެއްގެ ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާނެ އެއްޗެއް ކަމަށެވެ. އަދި އެއީ އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން ނުވަތަ ހިލޭ ލިބޭނެ ބިމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލޭގެ މަސައްކަތް ކުރިން ހިންގި ގޮތް ކަމުނުގޮސްގެން އެ އެގްރިމެންޓް ބާތިލުކޮށް، މިހާރު އެއްވެސް ފަރާތަކަށް ބިމެއް ކުރު މުއްދަތަކަށް ވިޔަސް ނުވަތަ ދިގު މުއްދަތަކަށް ވިޔަސް ދޭން ނުޖެހޭ ގޮތަށް މަސައްކަތް އަލުން ފަށާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.

ނަމަވެސް، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްކެވި ވާހަކައިން ވަނީ ރައީސް އޭރު ހެއްދެވީ ދޮގުކަން ހާމަވެފަ އެވެ. މިނިސްޓަރު ޒަރީރު ދެއްކެވި ވާހަކައިން ހާމަވީ ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ދަށުން އެ ކުންފުންޏަށް ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަށް ކަމަށެވެ. މިއީ ރާއްޖޭގެ މިހާރުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ބޮޑެތި އިންވެސްޓްމަންޓްތަކަށް ބިން ދޫކުރާ އެންމެ ދިގު މުއްދަތެވެ.

މިނިސްޓަރު ޒަރީރު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް ހިންގާ 200 ނުވަތަ 300 މިލިއަން ޑޮލަރުގެ ބޮޑެތި ރިސޯޓް މަޝްރޫއުތަކަކީ ވެސް ގާތްގަނޑަކަށް 99 އަހަރަށް ލީސްކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާ ޔޫއޭއީގެ ކުންފުންޏަށް ވެސް އެ ބިން ލިބިގެންދާނީ އެފަދަ އުސޫލަކުން ދިގު މުއްދަތަކަށް ކަމަށް މިނިސްޓަރުގެ ވާހަކައިން ވަނީ ސާފުވެފަ އެވެ.

މިކަމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ހާއްސަކޮށް ރަސްމާލޭގެ ވެލިފުކެއް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި، ފިނޭންސް މިނިސްޓަރު ހާމަކުރެއްވި މައުލޫމާތާ ދިމާނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރަސްމާލެ ޑރ. މުހައްމަދު މުއިއްޒުޔޫއޭއީ

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟

23 ސެޕްޓެމްބަރު 2026
އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟
23 ސެޕްޓެމްބަރު 2026

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026
އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟
23 ސެޕްޓެމްބަރު 2026

"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ

23 ސެޕްޓެމްބަރު 2026
"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
21 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު

21 ސެޕްޓެމްބަރު 2026
 ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް