Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް ޔޫއޭއީން ހުރަސްއަޅަން ފަށައިފި

25 ސެޕްޓެމްބަރު 2026 | ހުކުރު 06:00

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ޔޫއޭއީގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް އީރާނުގެ އެއާލައިންތަކަށް ދަތުރުކުރުން މަނާކޮށް، އެ ގައުމުގެ ބޭންކުތަކާއެކު އޮންނަ މާލީ މުއާމަލާތްތައް ވަނީ ހުއްޓާލައިފި. މި ނިންމުމުގެ ސަބަބުން އީރާނުގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް އީރާނު ސަރުކާރުން މިހާރު ދަނީ ޑިޕްލޮމެޓިކް ފެންވަރުގައި މަޝްވަރާ ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 25 ސެޕްޓެމްބަރު 2026 | ހުކުރު 06:00
އީރާނުގެ ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓް އިންފޮމޭޝަން ބޯޑެއް

އީރާނުގެ ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓް އިންފޮމޭޝަން ބޯޑެއް | އޭޕީ

އީރާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އީރާނުގެ އެއާލައިންތަކުން ކުރަމުންދިޔަ ދަތުރުތައް ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން (ޔޫއޭއީ) ހުއްޓާލައިފި އެވެ. ޔޫއޭއީން މި ފިޔަވަޅު އަޅާފައި މި ވަނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަމުންދާ އެހެން ގައުމުތަކާ އެކުގަ އެވެ.

މި ކަމާ ގުޅޭ ގޮތުން ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއް އެ ގައުމުގެ ރަސްމީ ޚަބަރު ފަތުރާ ޑަބްލިޔުއޭއެމް ނޫސް އޭޖެންސީން ބުރާސްފަތި ދުވަހު ވަނީ އާންމުކޮށްފަ އެވެ. "ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އީރާނުގެ އެއާލައިންތަކުން ޔޫއޭއީއަށް އަދި ޔޫއޭއީން ފުރައިގެން ދާ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފައިވާކަން އިއުލާނުކޮށްފައި" އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި، މި ނިންމުމަކީ "އީރާނުގެ އެއާލައިންތަކަށް ދުނިޔޭގެ އެއާޕޯޓްތައް ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް" ނިންމި ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

Advertisement - worldAdvertisement

އެމެރިކާގެ ދަތިކުރުމުގެ އާ ފިޔަވަޅުތަކުގެ އިންޒާރާއެކު، އީރާނުގެ އެއާލައިންތަކަށް ޖާގަ ދިނުން ހަނިކޮށް ނުވަތަ ދަތުރުތައް މެދުކަނޑާލި ގައުމުތަކުގެ ތެރޭގައި ޔޫއޭއީގެ އިތުރުން އޮމާން، އިރާގު، އަޒަރުބައިޖާން، ޖޯޖިއާ އަދި ތުރުކުމެނިސްތާން ހިމެނެ އެވެ. ޔޫއޭއީގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ދުބާއީއަކީ އީރާންގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ، އަދި އެ ގައުމާ ވިޔަފާރީގެ ބަދަހި ގުޅުންތަކެއް އޮންނަ، އީރާނުގެ އެއާލައިންތަކުން ކޮންމެ ދުވަހަކު ގިނަ ދަތުރުތަކެއް ކުރަމުން އައި މުހިންމު މަންޒިލެކެވެ. ނަމަވެސް، ޓިކެޓް ދޫކޮށްފައި ވަނިކޮށް، ބުރާސްފަތި ދުވަހުގެ ހެނދުނު ތެހެރާނުން ދުބާއީއަށް ފުރަން އޮތް އީރާން އެއާޓުއާގެ ދަތުރެއް ފުރަން ކުޑަތަންވެފައި ވަނިކޮށް ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާޏައިގެ ތެރެއިން އީރާނުގެ މިސައިލްތަކާއި ޑްރޯން ހަމަލާތައް ތަކުރާރުކޮށް އަމާޒުވި ޔޫއޭއީން ވަނީ، ވޭތުވެދިޔަ މަހު އީރާނާއެކު އޮތް ވިޔަފާރީގެ އަދި މާލީ މުއާމަލާތްތައް ވެސް މެދުކަނޑާލާފަ އެވެ. މިއާއެކު، މަނީ ލޯންޑަރިން، ޓެރަރިޒަމް އަދި ހަތިޔާރު ފެތުރުމާ ދެކޮޅު ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އީރާނުގެ ބޭންކް މިއްލީއާއެކު މާލީ މުއާމަލާތުތައް ހިންގުން ޔޫއެއީގެ މަރުކަޒީ ބޭންކުން ބުދަ ދުވަހު ވަނީ ހުއްޓާލާފަ އެވެ.

އެމެރިކާގެ މާލީ ވުޒާރާއިން މި މަހުގެ ކުރީކޮޅު ވަނީ އީރާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަމާޒުކޮށް ވަރުގަދަ ފިޔަވަޅުތަކެއް އިއުލާނުކޮށްފަ އެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާނުގެ 27 އެއާލައިނަކަށާއި، އެ އެއާލައިންތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެތައް ކުންފުންޏަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ އީރާނުގެ ވައިގެ ގުޅުންތައް އެއްކޮށް ކަނޑާލުމެވެ. އަދި، އީރާނުގެ އެއާލައިންތަކަށް ޚިދުމަތްދޭ ކޮންމެ އެއާޕޯޓަކަށް ނުވަތަ ކުންފުންޏަކަށް އެމެރިކާ ޑޮލަރުގެ ނިޒާމު ބޭނުންކުރުން ހުއްޓުވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ވެސް އެމެރިކާއިން ވަނީ ދީފަ އެވެ.

ޔޫއޭއީއަށް އަލުން ދަތުރުތައް ފެށުމަށާއި އަޅާފައިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ތަރުޖަމާނު މަޖީދު އަޚަވާން ވިދާޅުވި އެވެ. "މި ހުރަސްތައް ނައްތާލައި، އަލުން ދަތުރުތައް ފެށުމަށް ޓަކައި ޑިޕްލޮމެޓިކް އަދި ވައިގެ ދަތުރުފަތުރާ ގުޅޭ މަޝްވަރާތައް ދަނީ ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ތެހެރާނުން ދުޝާންބޭއަށް ބުރާސްފަތި ދުވަހު ދަތުރުކުރި ފްލައިޓެއް ތުރުކުމެނިސްތާނުން ވެސް އަނބުރާ ފޮނުވާލާފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ. "ތުރުކުމެނިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ އީރާނުގެ ބޯޓަށް ދިނުމަށް އެ ގައުމުން އިންކާރުކުރުމުން، އެ ބޯޓަށް ދަތުރު ކުރިއަށް ނުގެންދެވި އަނބުރާ ދާން މަޖުބޫރުވި،" އީރާނުގެ އައިއާރްއެންއޭ ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އަޚަވާން ވިދާޅުވި އެވެ.

އެމެރިކާގެ ފިއްތުންތަކަށް ބޯނުލަނބާ ދެ ގައުމު ކަމަށްވާ ޗައިނާ އަދި އަރްމީނިއާއަށް އީރާނުގެ ކުދި ބައެއް އެއާލައިންތަކުން އަދިވެސް ދަތުރުކުރަމުންދާއިރު، ބައެއް އެއާލައިންތަކަށް ތުރުކީވިލާތަށް ކުރާ ދަތުރުތައް އަދިވެސް ހުޅުވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެމެރިކާޔޫއޭއީދަތިކުރުމުގެ ފިޔަވަޅުތައްދުބާއީ

އެންމެ ހިނގާ

1

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

4

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟

23 ސެޕްޓެމްބަރު 2026
އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026
ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
21 ސެޕްޓެމްބަރު 2026

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026
އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި
21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
21 ސެޕްޓެމްބަރު 2026

ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު

21 ސެޕްޓެމްބަރު 2026
ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް