Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-ސައުދީ އަރަބިއްޔާ

ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 03:07

ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި، ދެ ގައުމުގެ ގުޅުން އިގުތިސާދީ އައު އުސްމިންތަކަކަށް ގެންދިއުމަށް ބޭނުންފުޅުވާކަން ހާމަކުރައްވަމުން، ސައުދީން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި. ސައުދީ ސަފީރުގެ ފަރާތްޕުޅުން ރައީސަށް ހަނދާނީ ފިލައެއް އެރުވި މި ހަފްލާގައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީކުރުމުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 03:07
ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން، ރާއްޖެ އޮތީ ހަމައެކަނި ތަރައްޤީގެ އެހީތެރިކަން ލިބިގަންނަ ބައިވެރިއެއްގެ ގޮތުގައި ނޫން ކަމަށާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބުދަ ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައިވާ ދެމިގެންވާ މި ގުޅުމަކީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކުރާ އިތުބާރާއި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާން އެ ޤައުމު ތައްޔާރަށް އޮތް ކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި ރާއްޖެއިން 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ވާން ކުރާ މަސައްކަތްތައް ބިނާކުރަން ބޭނުންވަނީ މި ވަރުގަދަ ބިންގަލުގެ މަތީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްޤީގެ ޕާޓްނަޝިޕްތަކަށް މަރުހަބާ ކިޔަން ދިވެހިރާއްޖެ އޮތީ ތައްޔާރަށް
ރައީސް މުއިއްޒު

މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް މިހާރު ފެށެމުންދާއިރު، އިގުތިސާދީ ގުޅުމާއި އިންވެސްޓްމަންޓް އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ދަނީ ފަހިވަމުންނެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމާއި ސިއްޚީ ދާއިރާއާއި މަސްވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސައުދީގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ދެ ޤައުމުގެ ގުޅުމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން، 2004 ގެ ސުނާމީ ކާރިސާއާ ގުޅިގެންނާއި އޭގެ ފަހުން ވެސް މެދުނުކެނޑި ސައުދީން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި އެ ޤައުމަށް އަންނަމުންދާ ހަލުވި ތަރައްޤީ އާއި އިގުތިސާދީ ބަދަލުތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ. 

މި ހަފްލާގެ ތެރެއިން، ސައޫދީ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ. ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް މިއަހަރު ފާހަގަކުރަމުންދަނީ "އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" މި ޝިއާރުގެ ދަށުންނެވެ.

ދިވެހިރާއްޖެ-ސައުދީ އަރަބިއްޔާޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު

23 ސެޕްޓެމްބަރު 2026
ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026
އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް