Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީސް

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026 | ހޯމަ 08:05

ރައީސް މުއިއްޒަށް ގަޛުފުކުރި ކަމަށް ބުނާ "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އައިޝަތު އީޝާ އަޝްރަފްގެ މައްޗަށް ކުރާ ތަހުގީގު ފުރިހަމަކުރުމަށް ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފި. މި މައްސަލައިގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާއިރު، އީޝާގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ ތަހުގީގު ފުރިހަމަކޮށް އަލުން ހުށަހެޅުމުން ކަމަށް އެ އޮފީހުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ސެޕްޓެމްބަރު 2026 | ހޯމަ 08:05
އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުވަނީ

އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުވަނީ | ސަން އޮންލައިން

އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހާޒިރުކުރި އައިޝަތު އީޝާ އަޝްރަފްގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފި އެވެ.

 ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް ފުރާފައިވާ އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުކޮށްފައިވަނީ 2026 މާރޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގަޛުފުކޮށް، އައިޝާ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްރީގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށެވެ. 

Advertisement - newsAdvertisement

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މައްސަލައިގެ ތަހުޤީޤު ފުރިހަމަކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ. އެ ލަފަޔާ އެއްގޮތަށް ތަހުޤީޤު ފުރިހަމަކޮށް އަލުން މައްސަލަ ހުށަހެޅުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައިގެ އަދާހަމަ ހޯދުމަށް ފުލުހުންނާ ސުވާލު ކުރިނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. 

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ވެސް ސުވާލުކޮށްފަ އެވެ. އަދި މިހާރު އެ މީހުންގެ މައްޗަށް ވަނީ ގަޛުފުގެ ދައުވާ ވެސް އުފުލާފަ އެވެ.

އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ އެއް މަސްދުވަސްކުރިން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ސަރުކާރުގެ މިނިސްޓަރަކު ފޯނުން ގުޅައި އިންޒާރުދިން ކަމަށް ދާދި ފަހުން އީޝާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއްކަން ހާމަކޮށްފައެއް ނުވެ އެވެ. 

ޑރ. މުހައްމަދު މުއިއްޒުޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްއައިޝާ ޑޮކިއުމެންޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
21 ސެޕްޓެމްބަރު 2026

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

21 ސެޕްޓެމްބަރު 2026
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި
21 ސެޕްޓެމްބަރު 2026

ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!

21 ސެޕްޓެމްބަރު 2026
ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!
20 ސެޕްޓެމްބަރު 2026

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

20 ސެޕްޓެމްބަރު 2026
ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
20 ސެޕްޓެމްބަރު 2026

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި

20 ސެޕްޓެމްބަރު 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި
20 ސެޕްޓެމްބަރު 2026

އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް

20 ސެޕްޓެމްބަރު 2026
އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް
19 ސެޕްޓެމްބަރު 2026

މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން

19 ސެޕްޓެމްބަރު 2026
މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން
19 ސެޕްޓެމްބަރު 2026

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ބަދަލުތަކެއް ގެނެސްފި

19 ސެޕްޓެމްބަރު 2026
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ބަދަލުތަކެއް ގެނެސްފި
19 ސެޕްޓެމްބަރު 2026

ޤައުމު އިސްކުރާ އެއްވެސް މީހަކު ޕީއެންސީގެ ފަލްސަފާއާ ދެކޮޅު ނުވާނެ: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2026
ޤައުމު އިސްކުރާ އެއްވެސް މީހަކު ޕީއެންސީގެ ފަލްސަފާއާ ދެކޮޅު ނުވާނެ: ރައީސް މުއިއްޒު
19 ސެޕްޓެމްބަރު 2026

ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި

19 ސެޕްޓެމްބަރު 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް