Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-ސައުދީ އަރަބިއްޔާ

ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު

23 ސެޕްޓެމްބަރު 2026 | ބުދަ 16:52

ސައޫދީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ގައުމަކީ ރާއްޖެއިން އަބަދުވެސް އިތުބާރުކުރާ ގާތް ބައިވެރިއެއްކަން ފާހަގަކުރެއްވި. ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން ކުރިއަށް އޮތް ތަނުގައި އިގުތިސާދީ ގޮތުންނާއި ތަރައްގީގެ މަޝްރޫއުތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި. އަދި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ދާއިމީ މަންފާލިބޭނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރައީސް އެދިވަޑައިގެންނެވި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ސެޕްޓެމްބަރު 2026 | ބުދަ 16:52
ރައީސް މުއިއްޒު ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވަނީ- ޖޫން 2025

ރައީސް މުއިއްޒު ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވަނީ- ޖޫން 2025 | ރައީސް އޮފީސް

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވެ،  ދެ ގައުމުގެ އިުތިސާދީ ގުުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ސައުދީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައޫދު އާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައޫދު އަށް ފޮނުއްވި ތަހުނިޔާގެ މެޖެސެޖުގަ އެވެ. 

Advertisement - newsAdvertisement

ރަސްގެފާނަށާއި ވަލީއަހުދު ރައީސް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ސައުދީ އަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ ގަދަރުވެރި ބައިވެރިއެއްކަން ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމަކީ، އިސްލާމީ އުސޫލުތަކާއި މުޅި އިސްލާމީ އުންމަތުގެ ލާބައާއި އެއްބައިވަންތަކަމަށް، ދެ ގައުމުން ވެސް ދޭ އަހައްމިއްޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ބަޔާންކުރައްވައި، މި ގުޅުން އިތުރަށް ބަދަހިވަމުން ދަނީ ދެގައުމުގެ މެދުގައި އޮތް ފުރިހަމަ އިހްތިރާމާއި އެއްބާރުލުމާއި ގާތް ގުޅުމުގެ ޒަރީއާއިން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމާއި،އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އެގުޅުމުގެ ޒަރީއާއިން ދެމެހެއްޓެނިވި މަންފާތަކެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވި އެވެ.

ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތައް ލިބޭނެފަދަ މަޝްރޫއުތަކަށް ވުނަކުރުމުގެ ތެރެއިން، ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ދާއިމީ މަންފާކުރާނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ދިވެހިރާއްޖެ-ސައުދީ އަރަބިއްޔާޑރ. މުހައްމަދު މުއިއްޒުސަޢޫދީ ޤައުމީ ދުވަސް

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

5

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026
އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
21 ސެޕްޓެމްބަރު 2026

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

21 ސެޕްޓެމްބަރު 2026
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް