Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026 | ބުދަ 06:12

މީޑިއާތަކަށް "ގަޓަރ ޕްރެސް" ފަދަ ބަހުގެ ހަމަލާތައް އަމާޒުކުރައްވައި، ނޫސްވެރިންގެ އަގުވައްޓާލުމަށް ރައީސް މުއިއްޒު މަސައްކަތްކުރައްވާފައިވޭ، ނޫސް އިދާރާތައް ބަލައި ފާސްކުރުމާއި ނޫސްވެރިންނަށް ފިޔަވަޅު އެޅުން ފަދަ ކަންކަން ހިނގަމުންދާއިރު، ސަރުކާރުން "އިހުތިރާމް" ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ދައުވަތު ދިނުމަކީ ދެފުއްދެގޮތް އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ސެޕްޓެމްބަރު 2026 | ބުދަ 06:12
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މުޖުތަމައުގެ އެކި ދާއިރާތަކުގެ ބައިވެރިވުމާއެކު، އެކަކު އަނެކަކަށް އިހުތިރާމްކުރާ ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި "އިހުތިރާމް" ކުރިއެރުވުމުގެ ގައުމީ ކެމްޕޭނެއް މިވަނީ ފަށާފަ އެވެ. އަދި މީޑިއާއަކީ ވެސް މި މަސައްކަތުގެ މުހިންމު ބައިވެރިއަކަށް ވާންޖެހޭކަމަށް ބުނެ، ސަރުކާރުން މީޑިއާތަކަށް ވެސް ދައުވަތު ދިނެވެ.

އެހެންނަމަވެސް، މި ސަރުކާރާއި ހުދު ރައީސުލްޖުމްހޫރިއްޔާ މީޑިއާތަކަށް އިހުތިރާމް ކުރައްވަނީ ކިހާ ވަރަކަށްތޯ އެވެ؟

ރައީސް މުޢިއްޒު އަމިއްލަފުޅަށް ވަނީ ތަކުރާރުކޮށް މީޑިއާގެ ބައެއް ފަރާތްތަކަށް ހޫނު ބަހުގެ ހަމަލާދެއްވާފަ އެވެ. ބައެއް ނޫސްތަކަކީ "ގަޓަރ ޕްރެސް" ނުވަތަ ފެންވަރު ދަށް ނޫސްތަކެއްގެ ގޮތުގައި ސިފަކުރައްވައި، ދޮގު ޚަބަރު ފަތުރާކަމުގެ ތުހުމަތު ވަނީ ކުރައްވާފަ އެވެ.

އަދި ނޫސްވެރިންނަކީ ޚަބަރު ފެތުރުމުގެ ބަދަލުގައި ދޭތެރެ ޖައްސައި، ދެބައުޑުވުމުގެ ވާހަކަ ދައްކާ ބައެއްގެ ގޮތުގައި ތަކުރާރުކޮށް ވަނީ ސިފަކުރައްވާފަ އެވެ. ނޫސްވެރިންނަކީ "ގޮސިޕް" ކުރާ ބައެއްކަމަށް ވެސް ވިދާޅުވީ ހުދު ހަމަ އެމަނިކުފާނެވެ.

އެކަން އެކަންޏެއް ނޫނެވެ. މި ސަރުކާރުގެ ދަށުން، ފުލުހުން ވަނީ ނޫސް އިދާރާއަކަށް ވަދެ، ނޫސްވެރިންގެ ސާމާނުތައް ހިފަހައްޓާފަ އެވެ. ކޯޓު އަމުރަކާ ގުޅިގެން ކުރި ރިޕޯޓަކާ ގުޅިގެން ނޫސްވެރިން ޖަލަށްލައި ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

މީޑިއާ އިދާރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، މީޑިއާ ރެގިއުލޭޓް ކުރުމަށް އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން ރެގިއުލޭޓަރަށް ލިބިދޭ ބާރުތަކާ ގުޅިގެން، ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ސަރުކާރަކުން ތަކުރާރުކޮށް ފާޑުކިޔާ މީޑިއާތަކާ ކުރިމަތިލައި، ނޫސް އިދާރާތައް ބަލައި ފާސްކޮށް، ނޫސްވެރިން ޖަލަށްލައި، ޖޫރިމަނާކޮށް، އަދި ސިޔާސީ ބަސްމަގުން މީޑިއާގެ ބައެއް ފަރާތްތަކަކީ އިތުބާރު ނެތް ބައެއްގެ ގޮތުގައި ސިފަކުރަމުންދާއިރު، "އިހުތިރާމް" ކުރިއެރުވުމަށް ނޫސްވެރިންނަށް ދައުވަތު ދިނުމަކީ ސަރުކާރުގެ ދެފުއް ދެގޮތްކަން ހާމަވާ ކަމެއް ނޫންތޯ އެވެ؟

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ނޫސްވެރިކަމަށް ތަކުރާރުކޮށް މަލާމާތްކުރައްވައި، ނޫސްވެރިންނަކީ ދެބައުޑުވާ ބައެއްގެ ގޮތުގައި ސިފަކުރައްވައި، ހިތްޕުޅާނުވާ މީޑިއާ އިދާރާތަކުގެ އަގު ވައްޓާލެއްވުމަށްފަހު، ފަހުން ހަމަ އެ ނޫސްތަކުގެ ދޮރުގައި ޓަކިޖަހައި "އަޅުގަނޑުމެންގެ އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާނަންތޯ؟" އެހުމުން، މިއީ ޖޯކަކަށް ނުވޭތޯ އެވެ؟

ޑރ. މުހައްމަދު މުއިއްޒުއިހުތިރާމް ކެމްޕޭން

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
21 ސެޕްޓެމްބަރު 2026

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

21 ސެޕްޓެމްބަރު 2026
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި
21 ސެޕްޓެމްބަރު 2026

ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!

21 ސެޕްޓެމްބަރު 2026
ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!
20 ސެޕްޓެމްބަރު 2026

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

20 ސެޕްޓެމްބަރު 2026
ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް