Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

‏ބޭރުގެ ޓުއަރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީކުރަން މަޖުބޫރުކުރުން: އެމީހުންގެ ސަރުކާރުގައި ފައިނޭންޝަލް ރެގިއުލޭޓަރުން ލޮބީކޮށްގެން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން ދެވިދާނެ: ރައީސް ނަޝީދު

23 ސެޕްޓެމްބަރު 2026 | ބުދަ 10:02

ބޭރުގެ ޓުއަރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ޚިލާފު، ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި. މި ފިޔަވަޅުގެ ސަބަބުން ރާއްޖެ "ސްވިފްޓް" ނިޒާމުން ވަކިކުރުމުގެ ނުރައްކާ އޮތްއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް ބަދަލުކުރުމަށް ހިންގާ ސިޔާސީ މަޝްރޫއެއްގެ ގޮތުގައި ބޭރުގެ އޮޕަރޭޓަރުން ސިފަކުރައްވާ ކަމަށް ވިދާޅުވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 23 ސެޕްޓެމްބަރު 2026 | ބުދަ 10:02
އާސްކް ސްޕީކަރ ޕްރޮގްރާމްގެ ތެރެއިން (ފައިލް ފޮޓޯ)

އާސްކް ސްޕީކަރ ޕްރޮގްރާމްގެ ތެރެއިން (ފައިލް ފޮޓޯ) | ރައްޔިތުންގެ މަޖިލިސް

ބޭރުގެ ޓުއަރ އޮޕަރޭޓަރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ޚިލާފު، ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމެއް ކަމަށާއި މި ފިޔަވަޅުގެ ސަބަބުން ރާއްޖެ "ސްވިފްޓް" ނިޒާމުން ވަކިކުރުމުގެ ނުރައްކާ އޮތްއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް ބަދަލުކުރުމަށް ހިންގާ ސިޔާސީ މަޝްރޫއެއްގެ ގޮތުގައި ބޭރުގެ އޮޕަރޭޓަރުން ސިފަކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެއްވެސް އޮފީހެއް، މުވައްޒަފެއް ނުވަތަ އެސެޓެއް ނެތި ބޭރުގެ މާރުކޭޓުތަކުގައި ވިއްކުންތައް ހިންގާ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީވާން ޖެހުމަކީ ބައިނަލްއަގުވާމީ ޓެކްސް އުސޫލުތަކާ އަދި އޯއީސީޑީ ގެ ހަމަތަކާ ޚިލާފަށް ރާއްޖޭގެ އިހުތިސާސުން ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން މިއީ ލޯކަލް އެސްޓަބްލިޝްމަންޓެއް ނެތި ބޯޑަރު ހުރަސްކޮށް ޚިދުމަތް ދިނުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ "ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސާވިސަސް" އާ ވެސް ފުށުއަރާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ލޯކަލް  ރިޕްރެޒެންޓޭޓިވުން ބައިތިއްބައި، މަހުން މަހަށް ޓެކްސް ރިޓާން ހުށަހަޅަން މަޖުބޫރު ކުރުމަކީ ބެލެނެވެރި ޖީއެސްޓީ ގާނޫނުގެ ދާއިރާއަށް ވުރެ ބޮޑު ބުރައެއް ކަމަށް ބޭރުގެ އޮޕަރޭޓަރުން ދެކޭ ކަމަށެވެ. އަދި މި ގަވާއިދުތަކާ ދެކޮޅަށް ޖުޑީޝަލް ރިވިއުއަކަށް ދިއުމުގެ އިތުރުން، ޔޫރަޕިއަން ކޮމިޝަނާއި އެ ގައުމުތަކުގެ ސަރުކާރުތައް މެދުވެރިކޮށް ޑަބްލިއުޓީއޯ އަށް މި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

މި މައްސަލައިގެ ނުރައްކާތެރިކަން ބަޔާންކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ބޭރުގެ އޮޕަރޭޓަރުން އެމީހުންގެ ގައުމުތަކުގެ ފައިނޭންޝަލް ރެގިއުލޭޓަރުން މެދުވެރިކޮށް ލޮބީކޮށްފިނަމަ، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ހިންގާ "ސްވިފްޓް" ނިޒާމުން ރާއްޖެ ވަކިކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށާއި، އެއީ ރާއްޖެއަށް ބޮޑު ގެއްލުމަކަށް ވާނެ ކަމެއް ކަމަށެވެ.

ހަމައެއާއެކު، ޔޫރަޕްގެ ގައުމުތަކުގައި ބޭރުގެ އޮޕަރޭޓަރުން ވަކާލާތު ކުރަމުންދަނީ މި ގަވާއިދަކީ ހަމައެކަނި މާލީ ފިޔަވަޅެއް ނޫން  ކަމަށާއި، މިއީ ރާއްޖޭގެ ޓޫރިޒަމްގެ އަސްލު މޮޑެލް ބަދަލުކޮށް ފިކުރީ ގޮތުން ސިނާއަތް އަލުން ބައްޓަންކުރަން ހިންގާ ސިޔާސީ މަޝްރޫއެއްގެ ގޮތުގައި ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. 

"ބޭރުގެ އޮޕަރޭޓަރުން ޔޫރަޕިއަން ކޮމިޝަނާއި އެމީހުންގެ ސަރުކާރުތަކަށް ލޮބީކޮށްގެން ޑަބްލިއު ޓީއޯގެ ފޯރަމްތަކުގައި މި މައްސަލަ އުފުލުން ވަރަށް ގާތް. ބޭރުގެ އޮޕަރޭޓަރުންނަށް އެމީހުންގެ ސަރުކާރުގައި ރަށުގެ ސަރުކާރުގައި ފައިނޭންޝަލް ރެގިއުލޭޓަރުން ލޮބީ ކޮށްގެން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން ދެވިދާނެ. އެބޭފުޅުންނަށް ރާއްޖެ އަށް ސްވިފްޓްގެ ނިޒާމް ޑިސްކަރެކްޓް ކުރުމަށް ލޮބީކުރެވިދާނެ. އަދި ސްވިފްޓްގެ ނިޒާމް ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފްވީމާ ސްވިފްޓްގެ ނިޒާމް ޑިސްކަރެކްޓް ކުރެވޭ އުސޫލުތަކެއް ހުރޭ. ސްވިފްޓްގެ ނިޒާމް ޑިސްކަރެކްޓް ކޮށްފި ނަމަ ރާއްޖެއަށް ލިބޭނޭ ގެއްލުން ވަރަށް ބޮޑު" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ހަމަ މިއާ އެކީގައި ބޭރުގެ އެތައް އޮޕަރޭޓަރުންނެއް ވަރަށް ހައްސާސީ މައްސަލަ އެއް ފާހަގަ ކުރައްވަ އެވެ.

ގާނޫނީ އަދި މާލީ ހުއްޖަތުތަކުގެ އިތުރުން ބޭރުގެ އޮޕަރޭޓަރުން ވެސް މި ގަވާއިދުގެ ފަހަތުގައިވާ ފިކުރީ މޯޓިވޭޝަންތަކަށް އެބަ އަލިއަޅުވާލާ. މިހާރު ރާއްޖޭގެ ސަރުކާރުން ވަނީ މެއިން ސްޓްރީމް ޓުއަރިޒަމް އަކީ ހަރާމް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި. ފާއިތުވި ދެތިން އަހަރުގައި ސަރުކާރުގެ އޮފިޝަލުން ވަނީ ހަލާލު ޓުއަރިޒަމް ތަރައްގީ ކުުރުމާ ބެހޭގޮތުން ފާޅުގައި ވާހަކަ ދައްކާ މި އެޖެންޑާ ދައްކުވައިދޭ ސިޔާސަތުތައް ތައާރަފްކޮށްފައި. އެހެންކަމުން މީރާ ގައި ބޭރުގެ އޮޕަރޭޓަރުން ރަޖިސްޓްރީ ކުރަންޖެހޭ ޝަރުތު މާނަ ކުރެވެނީ ހަމައެކަނި ބޭރު ފައިސާ ހޯދުމުގެ ނިޒާމެއްގެ ގޮތުގައި ނޫންކަމަށް ބޭރުގެ އޮޕަރޭޓަރުން އެބަ ފާހަގަކުރޭ
ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިއީ ބޭރުގެ އޮޕަރޭޓަރުން ދެކޭ ގޮތުގައި މިހާރު އޮތް ފަތުރުވެރިކަމުގެ ސިނާއަތަށް ބުރޫ އަރާ ފިކުރީ ރޮނގުތަކުން އަލުން ބައްޓަން ކުރުމަށް ގަސްތުގައި ކުރާ މަސައްކަތެކެވެ.

ޔޫރަޕްގެ ވެރިރަށްތަކުގައި ބޭރުގެ އޮޕަރޭޓަރުން ވަކާލާތު ކުރުމުގައި ފާހަގަ ކުރަނީ މި ގަވާއިދަކީ ނިއުޓްރަލް މާލީ ފިޔަވަޅެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަމުގެ މޮޑެލް އަށް ބުރޫ އަރާ އަދި ބައިނަލްއަގްވާމީ އޮޕަރޭޝަން އާއި ކޮންސިއުމަރުންގެ މަސްލަހަތަށް ނުރައްކާވާ ފާޅު ސިޔާސީ މަޝްރޫއެއްގެ ގޮތުގައި
ރައީސް ނަޝީދު

އެހެންކަމުން މީރާގައި ރަޖިސްޓްރީވާން ޖެހުމާއި 40 ޕަސެންޓް ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ ރާއްޖޭގެ އިގްތިސާދަށާއި، ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުޙައްމަދު ރަޝީދުއެމްޑީޕީހަލާލު ޓޫރިޒަމް

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކޮންގްރެސް: ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ 100 ވިޔަފާރީގެ ޕްރޮޖެކްޓަށް ވިޔަފާރިވެރިންނަށް އިންވެސްޓުކުރެވޭނެ

23 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކޮންގްރެސް: ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ 100 ވިޔަފާރީގެ ޕްރޮޖެކްޓަށް ވިޔަފާރިވެރިންނަށް އިންވެސްޓުކުރެވޭނެ
23 ސެޕްޓެމްބަރު 2026

ޓެކްސް ގާނޫނާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނުރައްކާ އެބައޮތް: ނަޝީދު

23 ސެޕްޓެމްބަރު 2026
ޓެކްސް ގާނޫނާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނުރައްކާ އެބައޮތް: ނަޝީދު
23 ސެޕްޓެމްބަރު 2026

މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު

23 ސެޕްޓެމްބަރު 2026
މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު
23 ސެޕްޓެމްބަރު 2026

ޕްލާސްޓިކް ހޮޅި އެތެރެކުރަން ސަރުކާރުން ދެއްކީ އެކަށީގެންވާ ސަބަބެއް ނޫން: އެމްޑީޕީ

23 ސެޕްޓެމްބަރު 2026
ޕްލާސްޓިކް ހޮޅި އެތެރެކުރަން ސަރުކާރުން ދެއްކީ އެކަށީގެންވާ ސަބަބެއް ނޫން: އެމްޑީޕީ
22 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!

22 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!
19 ސެޕްޓެމްބަރު 2026

ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު

19 ސެޕްޓެމްބަރު 2026
ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު
19 ސެޕްޓެމްބަރު 2026

އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު

19 ސެޕްޓެމްބަރު 2026
އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު
19 ސެޕްޓެމްބަރު 2026

ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!

19 ސެޕްޓެމްބަރު 2026
ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!

19 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް