Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސާސީ ޚިދުމަތްތައް

މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު

23 ސެޕްޓެމްބަރު 2026 | ބުދަ 04:08

ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވިއިރު ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިފައި ނުވާތީ، އެއީ ބޮޑު ނާކާމިޔާބީއެއް ކަމަށް ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ. ރައްޔިތުންނަށް ހަގީގީ މާނައިގައި ޚިދުމަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ހުރިކަން އޭނާ ވަނީ ހާމަކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ސެޕްޓެމްބަރު 2026 | ބުދަ 04:08
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު | ރާއްޖެ އެމްވީ

ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދިޔައިރު، ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ވެސް އެންމެ ކުޑަމިނުން ގާއިމުކޮށްދެވިފައި ނެތްކަމަށާއި، މިއީ ވަރަށް ބޮޑު ފެއިލިއަރ އެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ ސިޔާސީ ގިނަ ކަންތައްތަކެއްގައި އުޅުއްވާފައިވާ ކަމަށާއި، ނަމަވެސް ހަގީގީ މާނައިގައި ދިވެހި ރައްޔިތުން ދެކެން ބޭނުންވި ދުވަސްތައް އަދިވެސް ދިވެހިންނަށް ފެނިފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ އާމްދަނީ އިތުރުވެފައިވާއިރު، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ގާއިމުކޮށްދެވިފައި ނުވާކަން ފާހަގަކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، 2010 ވަނަ އަހަރު މަހެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީ 200 މިލިއަން ރުފިޔާގައި އުޅޭއިރު، މިއަދު ދައުލަތުގެ އާމްދަނީއަކީ 4 ބިލިއަން ކަމަށެވެ.

އެހާ ގިނަ ފައިސާ އިތުރުވެގެން ދިޔައިރު، ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ވެސް އެންމެ ކުޑަމިނުން ގާއިމުކޮށްދެވިފައި ނެތް ކަމަށާއި، ހަގީގީ މާނައިގައި ރައްޔިތުން ބިނާކޮށްދިނުމަށް ކަމެއް ކުރެވިފައެއް ނެތް ކަމަށް ވިދާޅުވެ، މިއީ ވަރަށް ބޮޑު ފެއިލިއަރ އެއް ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ސަރުކާރަކީ ވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއްކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

އަބަދުވެސް ފެންނަމުންދަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ވައުދުތައް ފުއްދުމުގައި ފެއިލްވަމުންދާ މަންޒަރު ކަމަށް ވިދާޅުވެ، އިތުރު ހިޔާލާއި ވިސްނުން އަންނަން ޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ. އަދި ހަގީގީ މާނައިގައި ހައްޤުތައް ކަށަވަރުކޮށްދީ، ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ތަހުޒީބުކަން ގެނެވޭނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް ވެސް ކުރިމަތިލެއްވީ ހަގީގީ މާނައިގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި، އެހެންކަމުން މިހާރު ބޭނުންވަނީ ސިޔާސަތު ތަންފީޒުކުރާ ލެވެލްގެ އެންމެ އިސް މަޤާމުކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުން ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

ޑރ. އަހްމަދު ޝަމްހީދުއެމްޑީޕީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް ތިބީ ގައުމު ސަލާމަތްކުރަން މަސައްކަތްކުރަން ތައްޔާރަށް، ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވާނެހެން ހިއެއް ނުވޭ: ޝަމްހީދު

23 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް ތިބީ ގައުމު ސަލާމަތްކުރަން މަސައްކަތްކުރަން ތައްޔާރަށް، ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވާނެހެން ހިއެއް ނުވޭ: ޝަމްހީދު
23 ސެޕްޓެމްބަރު 2026

ޕްލާސްޓިކް ހޮޅި އެތެރެކުރަން ސަރުކާރުން ދެއްކީ އެކަށީގެންވާ ސަބަބެއް ނޫން: އެމްޑީޕީ

23 ސެޕްޓެމްބަރު 2026
ޕްލާސްޓިކް ހޮޅި އެތެރެކުރަން ސަރުކާރުން ދެއްކީ އެކަށީގެންވާ ސަބަބެއް ނޫން: އެމްޑީޕީ
22 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!

22 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!
19 ސެޕްޓެމްބަރު 2026

ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު

19 ސެޕްޓެމްބަރު 2026
ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު
19 ސެޕްޓެމްބަރު 2026

އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު

19 ސެޕްޓެމްބަރު 2026
އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު
19 ސެޕްޓެމްބަރު 2026

ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!

19 ސެޕްޓެމްބަރު 2026
ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!

19 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
17 ސެޕްޓެމްބަރު 2026

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

17 ސެޕްޓެމްބަރު 2026
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި
16 ސެޕްޓެމްބަރު 2026

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް